މަނަދޫ (ނ. އަތޮޅު)
ޚުލާސާ މައުލޫމާތު | |
އަތޮޅު | މިލަދުންމަޑުލު ދެކުނުބުރި |
އޮންނަތަން | |
އަކަމިން | |
އާބާދީ | 1580 |
ދިގުމިން | 1650 m |
ފުޅާމިން | 950 m |
މާލެ އާއި ހުރި ދުރުމިން | 176 km |
އިދާރީ މައުލޫމާތު | |
ރަށު ކަތީބު | ސަޢީދު ޤާސިމް |
ރަށު އޮފީސް ފޯން ނަމްބަރު | 6560029 960+ |
ރަށު ފެކްސް ނަމްބަރު | 6560029 960+ |
ނ. މަނަދޫ ( މިލަދުންމަޑުލު ދެކުނުބުރީ ވެރިކަންކުރާރަށް )[އުނިއިތުރު ގެންނަވާ]
މަނަދޫއަކީ އަތޮޅުގެ މެދުތެރޭގައި އޮންނަރަށެކެވެ. ނ. އަތޮޅުގެ ވެރިކަންކުރާ ރަށަކީވެސް މަނަދޫއެވެ. މަނަދޫގައިހުންނަ ސަރުކާރުގެ މުހިންމު އޮފީސްތަކަށް ބަލާލާއިރު ނ. އަތޮޅު އަތޮޅުއޮފީސް، ނ. އަތޮޅު އަތޮޅުހޮސްޕިޓަލް، ނ. އަތޮޅު އަތޮޅުމަދަރުސާ، ނ. އަތޮޅު ޕޮލިސް ސްޓޭޝަން ހިމެނެއެވެ. މަނަދޫގެ އާބާދީގައި 1575 މީހުން ދިރިއުޅެމުންދާއިރު ތަރައްޤީގެގޮތުން މަސްވެރިކަންކުރުމާއި، ދަނޑުވެރިކަމާއި، ފަންގިވިނުން، ރޯނުވެށުމާއި، ގެދޮރު ޢިމާރާތްކުރުމާއި، އަދި ފަތުރުވެރިކަމުގެދާއިރާގައި މަސައްކަތްކުރާ? ޢުމުރުގެމީހުން ހަރަކާތްތެރިވަމުންދެއެވެ. މަނަދޫގައިހުރި އަތޮޅުހޮސްޕިޓަލުން ދެވޭޚިދުމަތްތަކުގެތެރޭގައި ލޭއަޅައިދިނުމުގެ ޚިދުމަތް، އީ.ސީ.ޖީ. ހަދައިދިނުމުގެ ޚިދުމަތް، ލެބޯޓްރީގެ އެކިއެކި ޓެސްޓްތައް ހަދައިދިނުން، އެކިކަހަލަ ކުދިއޮޕަރޭޝަންތައް ކޮށްދިނުމުގެ ޚިދުމަތް، އަދި ތަފާތު ބަލިބައްޔަށް ފަރުވާދިނުން ހިމެނެއެވެ. މަނަދޫގައިހުންނަ ނ. އަތޮޅުމަދަރުސާއަކީ ގްރޭޑް 1 އިންފެށިގެން ގްރޭޑް 10 އަށް ތަޢްލީމްދެވެމުންދާ މަދަރުސާއެކެވެ. މިމަދަރުސާގައި ބޭރުރަށްރަށުގެ ކުދިންވެސް ތަޢްލީމް ޙާޞިލްކުރަމުންދެއެވެ. މަނަދޫއަކީ ސަރުކާރުން ފަޅުކޮނެ ބަނދަރު ހައްދަވައިދެއްވާފައިވާ ރަށެކެވެ. މަނަދޫއާ އެންމެކައިރިއަށް އޮންނަނީ މިލަދޫއެވެ.
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަކީ ތާރީޚީ ގޮތުން ބަލާއިރު އާސާރީ ތަރިކަތަކެއް ހުރި ރަށެއްކެވެ. ތާރީޚީ އާސަރުތައް ބެލެހެއްޓުމަށް ދޭންޖެހޭ ފަރުވާތެރިކަން ނުދިނުމުގެ ސަބަބުން އެތަންތަން ނެތިދަނީއެވެ. ގިނަ މީހުންނަކަށް މަނަދޫގައި ތާރީޚީ ތަރިކަތަކެއް ހުރިކަމެއްވެސް ނޭނގެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވާފައިވާ ދިވެހިރާއްޖޭގެ އާސާރީ ތަންތަނާބެހޭ މައުލޫމާތު ފޮތުގައި މަނަދޫގެ ބައެއް ތަންތަނުގެ ވާހަކަ ލިޔުއްވާފައިވެއެވެ. އެހެންނަމަވެސް މާބޮޑު ތަފްސީލެއް ނެތެވެ. މި މަޒުމޫނުގައި މަނަދޫގެ ތާރީޚާއި ތާރީޚީ ތަރިކަތަކާމެދު ފުން ނަޒަރެއް ދެވޭނެއެވެ.
މަނަދޫ ކަތީބު އަލްފާޟިލް ސައީދު ޤާސިމް
ރަށުގެ ބޮޑުމިން: 92.20 ހެކްޓަރ
ދިގުމިން:1650މީޓަރ
ފުޅާމިން: 950މިޓަރ
މާލެއާ ދެމެދުގައި ހުރި ދުރުމިން: 175.72ކިލޯމީޓަރ
ލޮންޖިޓިއުޑް:73?24'38"E
ލެޓިޓިއުޑް: 05?45' 46"N
ރަށުގެ ފޯނު، ފެކްސް ނަމްބަރ: 6560029
ކަތީބު: ސަޢީދު ޤާސިމް މާލްރޯޑް ނ. މަނަދޫ
ރަށް: މަނަދޫ[އުނިއިތުރު ގެންނަވާ]
730 އަންހެނުންގެ ޖުމްލަ
842 ފިރިހެނުންގެ ޖުމްލަ
1572 ރަށުގެ އާބާދީގެ މުޅިޖުމްލަ
618 ކުޑަކުދިން ( 18 އަހަރުންދަށް )
365 ފުރާވަރު (10-19 އަހަރު)
464 ޒުވާނުން(13-34 އަހަރު)
900 މަސައްކަތްކުރާއުމުރު (15-64 އަހަރު)
728 ދަރިމައިވާޢުމުރު (15-49 އަހަރު)
74 މުސްކުޅި އުމުރު (65 އަހަރުންމަތި)
މަނަދޫގައި އާމްދަނީ ހޯދުމަށް ކުރެވޭ މަސައްކަތްތައް[އުނިއިތުރު ގެންނަވާ]
މަސްވެރިކަން
އިމާރާތް ކުރުމުގެ މަސައްކަތް
ވަޑާން ކުރުން
ދަނޑުވެރިކަން
ފަންގިވިނުން
ރޯނުވެށުން
މަނަދޫގައި އާމްދަނީ ލިބެންހުންނަތަންތަން[އުނިއިތުރު ގެންނަވާ]
ތަންތަން އަދަދު
ފިހާރަ (އަމިއްލަ) 16
ސައި ހޮޓާ 2
ވަޑާންގެ 3
ފާރމަސީ (އަމިއްލަ) 1
ފާރމަސީ(ރައްޔިތުންގެ) 1
މަނަދޫ ތަޢުލީމީ މަރުކަޒުތައް[އުނިއިތުރު ގެންނަވާ]
ސްކޫލް އަދަދު
ނ. އަތޮޅު މަދަރުސާ 1
ނާސަރީ ސްކޫލް (އަމިއްލަ) 1
އެންމެ މައްޗަށް ކިޔަވައިދެނީ ގްރޭޑް 10
މަނަދޫގެ ކަރަންޓް[އުނިއިތުރު ގެންނަވާ]
ސަރުކާރު / ރައްޔިތުން
24ގަޑިއިރު
ޖަނަރޭޓަރގެ ކެޕޭސިޓީ
68 ، 85 ، 40 ، 85
މަނަދޫގެ ސިއްޙީ ޙިދުމަތްދޭ ތަންތަން[އުނިއިތުރު ގެންނަވާ]
ނ. އަތޮޅު ހޮސްޕިޓަލް ހުންނަނީ މަނދޫ ގައެވެ. ނ. އަތޮޅު ޞިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލަކަށް ބަދަލުވީ ( ތާރީޚް ) ގައެވެ. ނ. އަތޮޅު ޞިއްޙީ މަރުކަޒު ހުޅުވައި ދެއްވީ 18 ޑިސެމްބަރ 1990 ގައި އޭރުގެ މިނިސްޓަރ އޮފް ހެލްތު އޮނަރަބުލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީއެވެ. ޞިއްޙީ މަރުކަޒުގެ ކުރިން ހުރީ ހެލްތު ސެންޓަރެކެވެ. އެތަން ހުރީ ނ. އަތޮޅުގޭގެ ކުރިންމަތީގައެވެ. އޭރު އެތަނުގައި ހުންނަވަނީ ޖަމާޢަތުގެ ޞިއްޙީ އެހީތެރިއެކެވެ. ނ. އަތޮޅު ހޮސްޕިޓަލްގައި މިހާރު އެކްސްރޭގެ ޚިދުމަތާއި ލެބޯޓްރީ ޓެސްޓްތައް ކުރެވެއެވެ.
ނ. އަތޮޅު ހޮސްޕިޓަލް/ ސަރުކާރު
މަނަދޫގައި މަސައްކަތް ކުރައްވާ ޞިއްޙީ މުވައްޒަފުން މިޑް ވައިވްސް 2 ޑޮކްޓަރުން 3 ފާމަރސިސްޓުން 1 ނަރުހުން 6 ކޮމިއުނިޓީ ހެލްތް ވޯކާރސް 2 ފެމިލީ ހެލްތް ވޯކާރސް 2 ފާމަސިސްޓްސް ރައްޔިތުންގެ1 ދިވެހި ބޭސްވެރިން 4
މަނަދޫގެ ބިމާބެހޭ މަޢުލޫމާތު[އުނިއިތުރު ގެންނަވާ]
ގެވަޅުގެ ގޮތުގައި ދެވިފައިވާ ބިންބިމުގެ އަދަދު 319
ގެދޮރު އިމާރާތްކޮށްފައިވާ ތަންތަން 237
ގެދޮރު އިމާރާތް ނުކުރެވިހުރި ތަންތަން 1
މަނަދޫގައި ގެވަޅު ލިބެންހުރި އަދަދު 784
މިސްކިތް (އަންހެނުންގެ) 2
މިސްކިތް (ފިރިހެނުންގެ) 2
މަނަދޫގައި ދުއްވާ ވެހިކަލްތައް[އުނިއިތުރު ގެންނަވާ]
ބައިސްކަލް 88 އަމިއްލަ
އެމްބިއުލާންސް 1 ސަރުކާރު
ޕިކަޕް 2 އަމިއްލަ
ބައިސްކަލް 5 ސަރުކާރު
ސައިކަލް 7 އަމިއްލަ
މަނަދޫގައި ދުއްވާ ކަނޑު އުޅަނދުފަހަރު[އުނިއިތުރު ގެންނަވާ]
ލޯންޗް 2 ރިސޯރޓްގައި ބޭނުންކުރާ
ބޮއްކުރާ 5 ރިސޯރޓްގައި ބޭނުންކުރާ
އިންޖީން ދޯނި 6 މަސްވެރިކަން
ވަދު ދޯނި 11 މަސްވެރިކަން
ރިޔާ ދޯނި 1 މަސްވެރިކަން
ޔޮޓް ދޯނި 1 ރިސޯރޓްގައި ބޭނުންކުރާ
ސަތަރި ދޯނި 6 މާލެއާއި އަތޮޅުތަކުގެއި ދުއްވުމަށް
ބޮޑެތި ހާދިސާތައް[އުނިއިތުރު ގެންނަވާ]
ސުނާމީ ކާރިސާ
2004 ޑިސެމްބަރ 26 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މަނަދޫއަށްވެސް ރާޅު އަރާފައިވެއެވެ. އެހެން ނަމަވެސް އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައެއް ނުވެއެވެ. އަދި ސުނާމީއާ ގުޅިގެން މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނުކަމަކަށްވެސް ރެކޯޑް ކުރެވިފައެއްނުވެއެވެ. ތިރީގައިވާ ފޮޓޯތަކަކީ ސުނާމީ ކާރިސާގައި މަނަދޫއަށް ސުނާމީ ރާޅު އެރިވަގުތުގެ ފޮޓޯތަކެކެވެ.
ގެލެރީ[އުނިއިތުރު ގެންނަވާ]
މަނަދުއާ ގުޅޭ ފާލަންތައް[އުނިއިތުރު ގެންނަވާ]
ނ. މަނަދޫގައި ތާރީޚީ ތަރިކަތަކެއް
މަނަދޫ އޮފިޝަލް ވެބްސައިޓް
އަބްދުﷲ ސަޢީދުގެ ހޯމްޕޭޖް
ނ.އަތޮޅު އޮފީހުގެ ވެބްސައިޓް