ކެޔޮދޫ (ވ. އަތޮޅު)
| ޚުލާޞާ މަޢުލޫމާތު | |
| އަތޮޅު | ފެލިދެ އަތޮޅު |
| އޮންނަ ތަން | |
| އަކަމިން | |
| އާބާދީ | |
| ދިގުމިން | މ |
| ފުޅާމިން | މ |
| މާލެއާ ހުރި ދުރުމިން | ކމ |
| އިދާރީ މަޢުލޫމާތު | |
| ރަށު ކައުންސިލުގެ ރައީސް | {{{council_president}}} |
| ރަށު ކައުންސިލު އިދާރާގެ ފޯނު ނަންބަރު | (960+) |
| ރަށު ކައުންސިލު އިދާރާގެ ފެކްސް ނަންބަރު | (960+) |
ފެލިދެ އަތޮޅުގެ އާބާދީ އެންމެ ބޮޑު ރަށަކީ ކެޔޮދޫ އެވެ. ކެޔޮދުއަކީ މިއަތޮޅުގެ ވެރިކަން ކުރާ ރަށް ފެލިދުއާއި ޖެހިގެން ދެކުނަށް އޮންނަ ރަށެވެ. މިއީ ޖުޣުރާފީ ގޮތުން 4 ވަނަ ރަށެވެ. ކެޔޮދުއަކީ މިއަތޮޅުގެ އާބާދީއެންމެ ބޮޑުރަށެވެ. މިރަށުގެ އާބާދީއަކީ 692 އެވެ. އަންހެނުންގެ ޖުމުލައަކީ 334 އެވެ. ފިރިހެނުންގެ ޖުމުލައަކީ 358 އެވެ. މިރަށުގެ ބިމުގެ ބޮޑުމިނަކީ 7.30 ހެކްޓަރ އެވެ. މިރަށުގައި މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަމެވެ. މީގެއިތުރުން ފަތުރުވެރިކަމާ ގުޅުން ހުރި މަސައްކަތްތަކާއި ވިޔަފާރިވެސް ކުރެއެވެ.
62 ގޭގައި މީހުން ދިރިއުޅޭ މި ރަށުގައި 24 ގަޑިއިރަށް ކަރަންޓްގެ ޚިދުމަތް ދެމުންގެންދެއެވެ. މި ޚިދުމަތަކީ ރައްޔިތުންގެ ގޮތުން ދެމުންގެންދާ ޚިދުމަތެކެވެ.
ތައުލީމަށް ބަލާއިރު މިރަށުގައި ގްރޭޑް 10ށް ކިޔަވައިދޭ ސްކޫލެއް ހުރެއެވެ. ކިޔަވާކުދިންގެ އާބާދީއަކީ 130 އެވެ. އެކަށީގެންވާ ޓީޗަރުންނާއި ބޭނުންވާ އެހެނިހެން މުހިއްމު ވަޞީލަތްތައް އެބަހުއްޓެވެ. ސްކޫލަކީ ރައްޔިތުންގެ އެހީތެރިކަމާ އެއްބާރުލުމާއެކު ވަރަށް ރަނގަޅަށް ހިންގަމުން ގެންދާ ސްކޫލެކެވެ.
އިޤްތިޞާދީ ނަޒަރަކުން ބަލާއިރު އިމްޕޯރޓް މުދާ ވިއްކުމުގެ ހުއްދަދެވިފައިވާ 41 ފިހާރަ މިރަށުގައި ހުރެއެވެ. މީގެތެރޭގައި ގިނައީ ފަތުރުވެރިންނަށް ތަކެތި ވިއްކާ ފިހާރަތަކެވެ. ކެޔޮދުއަކީ ޒަމާނުއްސުރެ މަސްވެރިކަން ކުރާ ރަށެކެވެ. މިއަތޮޅުގެ ރަށްރަށަށް ބަލާއިރު މަސްވެރިކަމަށް އެންމެ ބޮޑަތި އިންވެސްޓްތަކެއް ކޮށްފައިވާ އަދި އެންމެ ފުޅާ ދާއިރާއެއްގައި މިކަން ކުރާ ރަށަކީ ކެޔޮދުއެވެ. މިހާރުވެސް މަސްވެރިކަމަށް ބޭނުންކުރާ އެންމެ ބޮޑު އުޅަނދު އޮތީ ކެޔޮދޫގައެވެ.
ކެޔޮދޫގެ އަންހެނުންނަކީ އެރަށުގެ އިޤްތިޞާދުގެ ވަރަށް ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެކެވެ. އެރަށުގައި ހުރި ޓްވަރިސްޓް ފިހާރަތައް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވަނީ އަންހެނުންނެވެ. މީގެ އިތުރުން ފަންގިވިނުމުގެ މަސައްކަތަކީވެސް ކެޔޮދޫގެ އަންހެނުން އިތުރު އާމްދަނީ ހޯދުމަށް ކުރަމުން ގެންދާ މަސައްކަތެކެވެ.
ކެޔޮދޫގެ ރައްޔިތުންނަކީ ވަރަށް އެކުވެރި ބަޔެކެވެ. ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހިތްހެޔޮކަމާއެކު މަރުޙަބާ ކިޔާ ބަޔެކެވެ. މުރާލި އަދި ރަށް ތަރައްޤީކުރުމުގައި ހީވާގިކަމާއެކު މަސައްކަތްކުރާ ބަޔެކެވެ.
އިތުރުފާލަންތައް
[އުނިއިތުރު ގެންނަވާ][ފެލިދެ އަތޮޅުގެ މައި ވެބްސައިޓް]
