ކެންދޫ (ބ. އަތޮޅު)

ވިކިޕީޑިއާ އިންވިކިޕީޑިއާ
Kendhoo
Inhabited island
ފައިލު:Kendhoo from north east.jpg
Skyline of Kendhoo
ކެންދޫ (ބ. އަތޮޅު) is located in MaldivesLua error in މޮޑިއުލް:Location_map at line 422: No value was provided for longitude.
Location in Maldives
CountryMaldives
Geographic atollMaalhosmadulu dekunuburi
Administrative atollBaa Atoll
Distance to Malé133.67 km (83.06 mi)
Area
 • Total0.145 km2 (0.056 sq mi)
Dimensions
 • ދިގުމިން0.600 km (0.373 mi)
 • ފުޅާމިން0.350 km (0.217 mi)
Population (2018)[1]
 • Total1,300
 • Density9,000/km2 (23,000/sq mi)
Time zoneMST (UTC+05:00)


ކެންދޫ

މި ރަށަކީ އާބާދީގައި 1300 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އަތޮޅުގެ އުތުރު ބިތުގައި އަތޮޅުވެރިކަންކުރާ ރަށް އޭދަފުއްޓާ އެންމެ ދުރުގައި އޮންނަ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން އެންމެ ކުޑަ ރަށެވެ.

މީހުން[އުނިއިތުރު ގެންނަވާ]

ބ ކެންދޫ/ B Kendhoo

މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މުސްލިމުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.

ކައުންސިލް[އުނިއިތުރު ގެންނަވާ]

މިހާރު ކައުންސިލްގެ އިދާރާ ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ އޮފީހެކެވެ. އެކިފަހަރުމަތިން މަރާމާތުކުރެވި ޚިދުމަތް މިހާރުވެސް ދެމުން ގެންދަނީ މިތަނުގައެވެ.ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުން އުފެދުމާއިއެކު މިއިދާރާގެ ޖާގާއިގެ ދަތިކަންވަނީ ވަރަށްބޮޑުވެފައެވެ. ރަށް ތަރައްޤީވަމުން އަންނަ ވަރަކަށް ރަށު ކައުންސިލް އިދާރާއިން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައްވެސް ފުޅާކުރަންޖެހިފައެވެ. އެގޮތުން 2013 ވަނައަހަރުން ފެށިގެން އައިޑީ ކާޑު ހެދުމުގެ މަސައްކަތްވެސް މިއިދާރާއިންކޮށްދެއެވެ.

ތަޢުލީމު[އުނިއިތުރު ގެންނަވާ]

ކެންދޫސްކޫލްގައި ގްރޭޑް 10 ކިޔަވައިދެމުންގެންދެއެވެ. ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވެ އެއްދުވަހުން އަނެއްދުވަހަށް ދަނީ ކުރިއަރަމުންނެވެ. ކެންދޫގައި އެއް ޕްރީސްކޫލް ުރެއެވެ. އެ ޕްރީ ސްކޫލް ހިންގަމުން ގެންދަނީ އަމިއްލަ ޖަމްއިއްޔާއަކުންނެވެ.

ޞިއްހަތު[އުނިއިތުރު ގެންނަވާ]

މިރަށުގައި ބަލިމީހުންނަށް ފަރުވާ ކުރުމަށްޓަކައި ސަރުކާރުން ހައްދަވައިދެއްވާފައިވާ ރަނގަޅު ފެންވަރެއްގެ ސިއްޙީ މަރުކަޒަކާއި ޑޮކްޓަރެއްގެ ޙިދުމަތް ލިބެން ހުރެއެވެ. 16ގަޑިއިރު ޚިދުމަތް ދެމުންގެންދާ މިމަރުކަޒުގައި ލެބޯޓްރީއަކާއި ބަލިމީހުން އުފުލުމަށްޓަކައި އެމްބިއުލާންސެއްގެ ޚިދުމަތްވެސް ދެއެވެ. މިރަށުގައި 2 ބޭސްފިހާރަ ހުރެއެވެ.

މިރަށަކީ އިހުޒަމާނުއްސުރެ ދިވެހި ބޭސްވެރިކަމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންއަންނަ ރަށެކެވެ. ރާއްޖޭގެ އެކިހިސާބުތަކުން ދިވެހި ބޭސްކުރުމަށްޓަކައި ވަރަށް ގިނަ މީހުން ރަށަށް އާދެއެވެ.

ކެންދޫ ޞިއްޙީމަރުކަޒު Kendhoo Health Centre

ރަށުގެ ސާފުތާހިރުކަމާއި އާންމުންގެ ރައްކާތެރިކަމަށްޓަކައި ހިންގޭ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒުގެ ފަރާތުން މަދިރި އުފެދި އާލާވާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލުމާއި މަދިރިން ރައްކާތެރިވާނޭ ގޮތްތަކާއި ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައްވެސް ހިންގައެވެ.

ތާރީޚް[އުނިއިތުރު ގެންނަވާ]

މި އީ ރާއްޖޭގެ ޤަދީމީ ތާރީޚީ ރަށެކެވެ. އެގޮތުން ކެންދޫ މަޝްހޫރުވެފައިވަނީ ރާއްޖެއިން ފުރަތަމަ އިސްލާމްވި ރަށުގެ ގޮތުގައެވެ. ރާއްޖެ އިސްލާމް ކުރެއްވި ޔޫސުފް ބަރުބަރީ ފުރަތަމަ ވަޑައިގަތީ ކެންދުއަށެވެ. ކެންދުއަށް ވަޑައިގެން ކެންދޫގެ މީސްތަކުންނަށް އިސްލާމްދީނަށް ގޮވައިލެއްވުމުގައި ރަށުގައި މަޑުކުރެއްވި ވަގުތު ކޮޅުގައި ނަމާދުފުޅު ކުރެއްވުމަށް ހުންނެވިތަން ނުވަތަ އެމަޤާމް ފާހަގަ ކުރުމުގެ ގޮތުން ބިނާއެއްވަނީ ހަދާފައެވެ. އެތަނަށް ދީފާއިވާ ނަމަކީ (ތަބްރޭޒްގެފާނުގެ މާޤާމް) މަގާންފުޅެވެ. އެއީ އެބޭކަލުގެ ހަނދާނުގައި ކެންދޫ ރައްޔިތުން ބިނާކުރެއްވިތަނެކެވެ.

އެމަޤާމަކީ އެރަށު މީހުން ވަރަށް ހުރުމަތްތެރިކޮށްހިތާ ތަނެކެވެ. ތަބްރޭޒްގެ ފާނުގެ އަސްލު ނަންފުޅަކީ މައުލާނަލް ޙާފިޟު އަބުލްބަރަކާތު ޔޫސުފް ބަރުބަރީ ކަމުގައި އެވޭލާ ޒަމާނުއްސުރެ ދޫމަތިން ކިޔަމުން އަންނާތީ ، ދިވެހިރާއްޖޭގެ ކަންކޮޅުތަކުންވެސް މި ދެންނެވިގޮތަށް އެމަޤާމު މަޝްހޫރުވެފައިވެއެވެ. އެމަޤާމު ފުރަތަމަ ޢިމާރަތްކުރެވުނީ ކޮންދުވަސް ވަރެއްގައި ކަން ތާރިޚީ ގޮތުން އެނގޭކަށް ނެތެވެ. ވޭތިވެދިޔަ ދިގު ޒަމާންތަކުގައި އެމަޤާމް އެތައް ފަހަރަކު މަރާމާތުކޮށް އައު ކުރެވިފައިވެއެވެ. މި މަސައްކަތް ކުރަމުން ގެންދަނީ ކެންދޫގެ ރައްޔިތުންނެވެ. ކެންދޫގައި ހުންނަ އިސްވެދެންނެވުނު މަޤާމުފުޅަކީ ތާރިޚީ ގޮތުން މުޚިއްމު ތަނެއްގެ ގޮތުގައި ސަރުކާރުން ބައްލަވާ ތަނަކަށް ނުވާކަމާއި ، ރާއްޖޭގައި ހުރި އާސާރީ ތަންތަންކަމަށް ސަރުކާރުން ބައްލަވާ ތަނުގެ ލިސްޓްގައި ހިމަނުއްވާފައިވާ ތަނަކަށް ނުވާތީ 2000 ވަނަ އަހަރުގެ ފަހުން އެމަޤާމުފުޅު ބެލެހެއްޓުން ކެންދޫގެ ރައްޔިތުންވަނީ ދޫކޮށްލައްވާފައެވެ.އެހެން ނަމަވެސް މަޤާމުފުޅު ބައުވެ ވީރާނާ ވަމުންދެއެވެ.

މިރަށުގައި މިހާރު ތިބި މީހުންގެ ތެރޭގައި ލުންފަރެންސް ފަޅުކޮށްފައި ފޭބި މީހުން ހިމެނެއެވެ. ރާއްޖޭގައި ރަސްކަން ކުރި " މާލެއި" އާއިލާގެ ރަސްކަމުގެ ތެރޭން މި ރަށުގެ ބޭކަލުން ވަޒީރުންގެ ތިއްބެވިއެވެ.އަދި ބައެއް ބޭކަލުން އެ އާއިލާގެ ބޭފުޅުން ކައިވެނި ބައްލަވައިގެން އުޅުއްވިކަންވެސް އެނގެއެވެ. މި ބޭކަލުންގެ ތެރޭގައި " ކެންދޫ ވެންގެ ހެލި ކަލޯ " ހިމެނެއެވެ.

އިޤްތިޞާދު[އުނިއިތުރު ގެންނަވާ]

ރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ފަންގިވިނުމެވެ. ރަށުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށްވުރެ ގިނައީ ކައިރި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. ރޭނުމާއި ވަޑާމުގެ މަސައްކަތަކީވެސް މިރަށުގައި މީގެ ކުރީގައި ރަށުގެ މީހުން އާމްދަނީ ހޯދުމަށް ކޮށްއުޅުނު މަސައްކަތްތަކެއް ނަމަވެސް މިހާރު މިމަސައްކަތްތަކުގައި ގިނައިން ހަރަކާތްތެރިވަނީ ބިދޭސީންނެވެ. މަސްވެރިކަން ކުރަނީ މޫސުމަށް ބަލައި އެއިރެއްގައި އޮންނަ އެންމެ ރަނގަޅަށް ނަފާ ލިބޭ މަސްވެރިކަމެކެވެ. އެގޮތުން އެކިދުވަސްވަރު ބޮޑުކަންނެލީގެ މަސްވެރިކަމާއި، ހިބަރުވެރިކަމާއި ފަރުމަހުގެ މަސްވެރިކަމާއި ދޮށީގެ މަސްވެރިކަން ކުރެއެވެ.ގިނަމީހުން ކޮށްއުޅެނީ ފަރުމަހުގެ މަސްވެރިކަމެވެ. މަހުގެ ވިޔަފާރިއާއި ކާބޯތަކެތި ވިއްކުމުގެ ވިޔަފާރިކުރާ ގިނަ ފަރާތްތަކެއްވެސް ދިރިއުޅޭ މިރަށުގައި މާލެދަތުރުކުރާ ބޮޑު ބޯޓަކާއި މީހުން މާލެއާ ރަށާދެމެދު ދަތުރުފަރުތު ކުރުމަށް އަމިއްލަފަރާތެއްގެ ފެރީ ލޯންޗެއްގެ ޚިދުމަތްވެސް ލިބެއެވެ. މީގެ އިތުރުންވެސް އެއްރަށުން އަނެއްރަށަށް ފަސިންޖަރުން އުފުލައިދޭ އަމިއްލަ ފަރާތްތަކުން ޙިދުމަތްދޭ ލާންޗްތައް ހުރެއެވެ.

ކެންދޫއަކީ އިގްތިސާދީގޮތުންނާއި އުމްރާނީގޮތުންވެސް ކުރިއަރަމުން އަންނަ ބިންކުޑަ މިދެންނެވިފަދަ ހުރިހާ މަސައްކަތްތަކެއްވެސް ކުރަމުން އަންނަ ހަލަބޮލި ރަށަކަށްވާއިރު ހިތާމަޔާއެކު ފާހަގަކޮށްލަންޖެހޭ އެއްކަމަކީ ރަށުގައި ދިރިއުޅެން ޒުވާނުންނަށް ގޯތިނުލިބުމެވެ.


ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް


  1. "Table PP5: Resident Population by sex, nationality and locality (administrative islands), 2014" (PDF). Population and Households Census 2014. National Bureau of Statistics. p. 34. Retrieved 12 August 2018.