ވަންދޫ (ތ. އަތޮޅު)
ވަންދޫއަކީ އަތޮޅުގެ ހުޅަނގުބިތުގައި މިއަތޮޅު އެންމެ ހުޅަނގުން އޮންނަ ކަނޑޫދޫގެ އިރުދެކުނުން އޮންނަރަށެވެ.
ޖިއޮގްރަފީ
[އުނިއިތުރު ގެންނަވާ]މިއަތޮޅުގެ މީހުން ދިރިއުޅޭ ރަށްތައް ހަތަރުދުންޏަށް ބެހިފައިވާއިރު އެއްވެސް ދުންޏަކާ ނުގުޅި ވަކިންއޮންނަ މިރަށަކީ އަތޮޅުގެ ވެރިކަންކުރާރަށް ވޭމަންޑޫ އާއި 11 ނޯޓިކަލް މޭލު ދުރުގައިވާ ރަށެކެވެ. ރަށްޖިއޮގުރަފީ ގޮތުން އޮތް GPS ޕޮޒިޝަނަކީ 72.56.30E, 02.17.25N އެވެ. ބޮޑުމިނުގައި 23 ހެކްޓަރހުރި މިރަށަކީ މިހާރު ބަނދަރު ހަދައި ނިމިފައިވާ ރަށެކެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]ތާރީޚީ ނަޒަރަކުން ބަލާއިރު ، އެއްޒަމާނެއްގައި ރާއްޖޭގެ މަސްހޫރުވި ވަންދޫ ނެވި މުހައްމަދު ހިމެނެއެވެ. މިނެވި މުޙައްމަދަކީ އެއިރު ރާއްޖޭގައިހުރި އެންމެ މުއްސަދި މީހާކަމަށް ބުނެވެއެވެ. 1911 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ބޯހިމެނިއިރު ވަންދުއަކީ މިއަތޮޅުގެ އާބާދީ އެންމެ ބޮޑު 580 މީހުން ދިރިއުޅޭ ބޭރުން މުދާގެންނަ ނައުފަހަރު މާލެދިޔުމުގެ ކުރިން ފުރަތަމަ ބަނދަރުކުރަނީ ވަންދޫގައިކަމަށް ބުނެވެއެވެ.
އާބާދީ
[އުނިއިތުރު ގެންނަވާ]ވަންދޫއަކީ އާބާދީގައި 371 މީހުން ހިމެނޭ ދިރިއުޅުމަށް މައިގަނޑު މަސައްކަތެއްގެ ގޮތުގައި މަސްވެރިކަންކުރާ ، ބަނދަރު ހެދި ، ޕްރައިމަރީ އަދި ސެކަންޑަރީ ތަޢުލީމް ދެމުންގެންދާ ރަށެކެވެ.