Jump to content

ފީއަލި (ފ. އަތޮޅު)

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ފީއަލި ފީއަލި

ޚުލާސާ މައުލޫމާތު
އަތޮޅު ނިލަންދެއަތޮޅު އުތުރުބުރި
އޮންނަތަން
އަކަމިން
އާބާދީ 965
ދިގުމިން 525މ
ފުޅާމިން 425މ
މާލެ އާއި ހުރި ދުރުމިން 113ކމ
އިދާރީ މައުލޫމާތު
ރަށު ކަތީބު އިބްރާހީމް ޝަރީފް
ރަށު އޮފީސް ފޯން ނަމްބަރު 6740039 (960+)
ރަށު ފެކްސް ނަމްބަރު 6740039 (960+)

ފީއައްޔަކީ ނިލަންދެ އަތޮޅު އުތުރުބުރީގެ ރަށްތަކުގެ ތެރެއިން ޖިއޮގްރަފީގެ ގޮތުން ރަށްތައް އެތުރިފައިވާ އިރު އެންމެ އުތުރަށް އޮތް ރަށެވެ.މިރަށަކީ ޒަމާނުއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް ޘަޤާފީ އެކިއެކި ކުޅިވަރުތައް ކުޅެމުންދާ ރަށެކެވެ. މިރަށުގައި ކުޅެމުންދާ ކުޅިވަރުގެ ތެރޭގައި ބޮޑުބެރު، ލަނގިރި، މާފަތި ނެށުން، ދަނޑި ޖެހުން ހިމެނެއެވެ.

ފީއައްޔަކީ ނިލަންދެ އަތޮޅު އުތުރުބުރީގެ ރަށްތަކުގެ ތެރެއިން ޖިއޮގްރަފީގެ ގޮތުން ރަށްތައް އެތުރިފައިވާ އިރު އެންމެ އުތުރަށް އޮތް ރަށެވެ. އަދި މިއީ މީހުން އުޅޭ އެހެން ރަށްތަކާއި ޚާއްޞަކޮށް ވެރިރަށް ނިލަންދޫ އާއި އެންމެ ދުރުގައި އޮތް މީހުން އުޅޭ ރަށްވެސް މެއެވެ. ބިމުގެ ބޮޑުމިނުގެ ގޮތުން އެންމެ ކުޑަ ރަށަކީ ވެސް މިއީ އެވެ. މި ރަށަކީ އަތޮޅުވެރިކަންކުރާ ރަށް ނިލަންދުއާއި އެންމެ ދުރުގައި އޮންނަ އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން އެންމެކުޑަ ރަށެވެ.

ފީއަލީގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. މިގޮތުން ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ފާނައިގެ މަސްވެރިކަމުގައި ފީއަލީ މީހުން ހަރަކާތްތެރި ވެއެވެ. މީގެ އިތުރުން ބައެއް ރިސޯޓްތަކުގަޔާއި، މާލޭގެ އެކިއެކި ވަޒީފާތަކުގައި ވެސް ފީއަލީ މީހުން އުޅޭކަން ފާހަގަ ވެއެވެ. ރަށުގައި ސައިހޮޓާ ހިންގުން، ވިޔަފާރި ހިންގުން ފަދަ މަސައްކަތްތަކުގައި ވެސް މަދު ބަޔަކު ނަމަވެސް ހަރަކާތްތެރި ވެއެވެ.

މިރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން ހިމެނެއެވެ. އެންމެ ގިނަ މީހުން ކޮށްއުޅެނީ ފާނައިގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތާއި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.

ފަޅު ފުންކުރުމާއި ބަނދަރު ހެދުން

[އުނިއިތުރު ގެންނަވާ]

މިރަށަކީ މިއަތޮޅުގެ އެންމެ އޮޑި ދޯނިފަހަރު ގިނަ ފަޅުގެ ދަތިކަން ބޮޑު ރަށަކަށް ވުމާއިއެކު މި ރަށުގައި 200×300 ފޫޓުގެ ބަނދަރެއް ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދެއެވެ. 10 ޖުލައި 2007 ގައި މަސައްކަތް ފެށި މިބަނދަރަކީ ރަނގަޅު ފެންވަރަކަށް ސަރުކާރުން ހައްދަވާ ދެއްވާ ބަނދަރެކެވެ. މިރަށަކީ އޮޑި ދޯނިފަހަރު ގިނަ ރަށަކަށް ވުމާއިއެކު، ބަނދަރު 250× 500 ފޫޓަށް ބޮޑު ކުރުމަށްޓަކައި ބަނދަރަށް ބޮޑުކުރަންޖެހޭ ބައި މ. މާފަންނުވިލާ އަލްފާޟިލް ޤާސިމް އިބުރާހިމްގެ އެހީގައި ކުރެވޭތޯ މިރަށުގެ ރައްޔިތުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ފީއަލީ އޮފީސް

[އުނިއިތުރު ގެންނަވާ]

މިހާރު ފީއަލީ އޮފީސް ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ އޮފީހެކެވެ. ފީއަލީ ކޯޓާއި ރަށްވެހިގެ ހިމެނޭ ގޮތަށް ޢިމާރާތް ކޮށްދެއްވި މި އޮފީސް ހުޅުވައި ދެއްވީ 11 ނޮވެމްބަރ 1992 ގައި އޭރުގެ އެޓޮލްސް މިނިސްޓަރ އޮނަރަބްލް އަލްފާޟިލް އިލްޔާސް އިބުރާހިމެވެ. މީގެ ކުރިން ފީއަލީ އޮފީސް ހިންގާފައިވަނީ މިރަށު ރައްޔިތުންގެ ޢިމާރާތެއްގައެވެ. އޭރު ކޯޓާއި ރަށްވެހިގެވެސް ހުރީ އެ ޢިމާރާތުގައެވެ

ފ.އަތޮޅު މަދަރުސާ ހުންނަނީ ފ.ފީއަލީގައެވެ. ފ.އަތޮޅު މަދަރުސާ އަކީ ޖަޕާން ސަރުކާރުގެ އެހީގައި ރާއްޖެތެރޭގައި ބިނާކުރެވުނު ސުކޫލު ތަކުގެ ތެރޭގައި ހިމެނޭ ސުކޫލެކެވެ. ފ.އަތޮޅު މަދަރުސާގައި ސާނަވީ ތަޢުލީމު ތަޢާރަފް ކުރެވި ކޮމާރސް ސްޓްރީމަށް ކިޔަވައިދެމުން ގެންދާތާ ގާތްގަނޑަކަށް 6 އަހަރު ވެދާނެއެވެ. ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކޮށްދެއްވި އަތޮޅު މަދަރުސާ ހުންނަނީ ފީއަލީގައެވެ. މި މަދަރުސާ 4 މާރޗް 1982 ގައި ހުޅުވައި ދެއްވީ އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްފާޟިލް މުޙަންމަދު ޒާހިރު ޙުސެއިނެވެ. އަތޮޅުމަދަރުސާގައި 1998 ވަނަ އަހަރުގެ ނިޔަލަށް ކިޔަވައި ދެމުން ގޮސްފައިވަނީ ގްރޭޑް 05 އަދި ގްރޭޑް7 ގެ ފެންވަރަށެވެ.

1999 ވަނަ އަހަރުންފެށިގެން ސެކަންޑަރީއަށް ކިޔަވައިދޭން ފެށި މިމަދަރުސާގައި މިހާރު ގްރޭޑް 10 އަކަށް ކިޔަވައިދެމުން ދެއެވެ. ޖީ.ސީ.އީ އޯލެވެލް ފުރަތަމަ ހަދާފައިވަނީ 2001 ވަނަ އަހަރު 12 ކުދިންނެވެ. މިމަދަރުސާގެ ދަރިވަރުންނަށް ކޮމްޕިއުޓަރުގެ ތަޢުލީމު އުނގަންނައި ދިނުމަށްޓަކައި ކޮމްޕިއުޓަރ ލެބެއް ހުރެއެވެ. ކޮމްޕިއުޓަރލެބު ފުރަތަމަ ފަށާފައިވަނީ ފީއަލީގެ ރައްޔިތުން މި މަދަރުސާއަށް ހަދިޔާކުރި 8 ކޮމްޕިއުޓަރ ސިސްޓަމުންނެވެ.

އަތޮޅު މަދަރުސާ ޢިމާރާތް ކުރުމުގެ ކުރިން ފީއަލީގައި ތަޢުލީމު ދެމުން ގޮސްފައިވަނީ މިރަށުގެ ރައްޔިތުން ފަނުންހަދާފައިވާ މަދަރުސާއެއްގައި ވަރަށް އާދައިގެ ގޮތަކަށެވެ. ފީއަލީގައި ޕްރީސްކޫލް ހިންގަމުން ދަނީ ފީއަލީގެ ޖަމްޢިއްޔާއެއް ކަމުގައިވާ ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުންނެވެ. އެ ޖަމްޢިއްޔާގެ ފަރާތުން ޕްރީސްކޫލު ހިންގަމުން ދާތާ މިހާރު 12 ވަރަކަށް އަހަރު ވެދާނެއެވެ. މީގެ އިތުރުން މިރަށުގެ ބައެއް މީސްމީހުން ކުޑަކުދިންނަށް ކިޔަވައިދޭ ޤުރުއާން ކުލާސްވެސް ހިންގަމުން ދެއެވެ.

ފީއަލީގައި ދާދި ފަހުން ވަނީ ޞިއްޙީ މަރުކަޒެއް ގާއިމް ކުރެވިފައެވެ. މިޞިއްޙީ މަރުކަޒު ޚިދުމަތް ދިނުމަށްޓަކައި މިހާރު ދާއިމީ ގޮތެއްގައި ޑަކްޓަރަކާއި 2 ނަރުހުން އަދި 1 ޕްރައިމަރީ ހެލްތު ކެއަރ ދޭނެ ފަރާތްތައް ޞިއްޙީ މަރުކަޒުގައި ތިބެއެވެ. މީގެ އިތުރުން ލެބޯޓަރީގެ ޚިދުމަތް ވެސް ވަރަށް އަވަހަށް ދެވެން ފެށޭނެ ކަމަށް ވެއެވެ. ފީއަލީގައި ޞިއްޙީޚިދުމަތް ދިނުމުގެ މަސައްކަތް ކުރިން ކުރަމުން ގޮސްފައިވަނީ ފަރުދީ ގޮތެއްގައި ދިވެހި ބޭސްވެރިއެކެވެ. ފީއަލީގައި ރަސްމީގޮތުން ޢާއިލާގެ އެހީތެރިންގެ ފެންވަރުގައި ޞިއްޙީ ޚިދުމަތް ދޭން ފަށާފައިވަނީ 02 އޯގަސްޓް 1983 ގައެވެ. 17 ސެޕްޓެމްބަރ 2003ގައި ފީއަލީ ހެލްތް ޕޯސްޓް ހުޅުވުމާއި ހަމައަށް މިޚިދުމަތް ދެމުން ދިޔައީ ފީއަލީ އޮފީހުގައެވެ. ފީއަލީގައި ސަރުކާރުން ޢިމާރާތްކޮށްދެއްވި ހެލްތުޕޯސްޓް ހުޅުއްވައިދެއްވީ އެއިރުގެ ހެލްތު މިނިސްޓަރ އޮނަރަބްލް އަލްފާޟިލް އަޙްމަދު ޢަބްދުﷲއެވެ.

21 ފެބްރުއަރީ 2006 ން ފެށިގެން ފީއަލީ ހެލްތުޕޯސްޓް ވަނީ ޞީއްޙީމަރުކަޒަކަށް ބަދަލުކުރައްވާފައެވެ. ފީއައްޔަކީ ރާއްޖޭގެ ނިސްބަތުން ތެލަސީމިއާ ކުދިން އެންމެ ގިނަ ރަށެވެ. މިރަށުގައި ތެލަސީމިއާ ބަލީގެ 07 ކުދިން ތިބެއެވެ. ފީއަލީގައި ހެލްތުޕޯސްޓެއްގެ ޚިދުމަތް ލިބެން ފެށުމާއިއެކު މިރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއްގައި ބޭސް ހޯދައިދިނުމުގެ ގޮތުން މިރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ބޭސްފިހާރައެއް ހިންގަމުން ދެއެވެ.

ފީއަލީގައި ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި މިރަށު ޞިއްޙީމަރުކަޒުގައި ޑޮކްޓަރަކާއި ނަރުހުންގެ ޚިދުމަތް ލިބެމުން ދެއެވެ. އަދި މިމަރުކަޒުގައި އާދައިގެ ކުދި ބަލިތަކުގެ ޓެސްޓު ހެދޭނޭ ލެބޯރޓްރީއެއް ހުރެއެވެ. މީގެ އިތުރުން ތެސީމިއާ ކުދިންގެ ގަޔަށް ލޭ އެޅުމުގެ ޚިދުމަތްވެސް މިހާރު މިމަރުކަޒުން ލިބެން ހުރެއެވެ. މިހާރު މިމަރުކަޒުގައި އެމްބިއުލާންސްގެ ޚިދުމަތްވެސް ލިބެމުން ދެއެވެ.

އެންމެފުރަތަމަ މިރަށުގައި ކަރަންޓްދޭން ފެށީ 1983 ވަނަ އަހަރުގެ ސެޕްޓެމްބަރ 18 ވަނަ ދުވަހު އަމިއްލަ ދެފަރާތަކުން ވަރަށް އާދައިގެ ގޮތަކަށެވެ. އެދުވަސްވަރު ކަރަންޓުގެ ޚިދުމަތް ލިބެމުންދިޔައީ އިރުއޮއްސި 6:00 ން ރޭގަނޑު 11:00 އަށެވެ. މިރަށުގައި ރައްޔިތުންގެ ގޮތުން ކަރަންޓްދޭން ފެށީ 08 އޯގަސްޓް 1999 ގައެވެ. އެއިރު އިރުއޮއްސި 6:00 ން ހެނދުނު 8:00 އަށް ދޭންފެށި ކަރަންޓްގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައިވަނީ 01 ޖެނުއަރީ 2000 ގައެވެ. ފީއަލީގައި ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ރައްޔިތުން އިމާރާތް ކުރި އިންޖީނުގެ ކުޑަވެ ކަރަންޓު ދިނުމަށް ދަތިވާތީ ރަނގަޅު ފެންވަރުގެ އިންޖީނުގެއެއް ޢިމާރާތްކޮށް އެ ޢިމާރާތުގައި ކަރަންޓުގެ ޚިދުމަތްދޭންފެށީ 31 މާރޗް 2007 ގައެވެ. މިރަށުގެ ކަރަންޓްގެ ޚިދުމަތް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ބޮޑަތި އެހީތަކެއް ވެދެއްވާފައި ވުމުގެއިތުރުން އަމިއްލަ ބައެއް ފަރާތްތަކުންވެސް އެހީވެ ދެއްވާފައި ވެއެވެ.

އިތުރުފާލަންތައް

[އުނިއިތުރު ގެންނަވާ]


ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް