ހެނބަދޫ (ނ. އަތޮޅު)
މި ރަށަކީ ނ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ. ހެނބަދޫއަކީ އަތޮޅުގެ އެންމެ ހުޅަނގު އުތުރުގައިއޮންނަ ރަށެވެ. އަތޮޅުވެރިކަންކުރާ ރަށާ އިރުބިތުން އެންމެ ދުރީވެސް ހެނބަދޫއެވެ. ހެނބަދޫއަކީ ވަރަށް ރީތި ކުޑަކުޑަރަށެކެވެ. ހެނބަދޫއާއި އެންމެ ކައިރިން އޮންނަނީ މިއަތޮޅު ކެނދިކުޅުދޫއެވެ.
މީހުން[އުނިއިތުރު ގެންނަވާ]
މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.
އިޤްތިޞާދު[އުނިއިތުރު ގެންނަވާ]
އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ. އާބާދީގައި 623 މީހުން ހިމެނޭ މިރަށުގައިވެސް ތަރައްޤީގެ ގޮތުން ވަރަށްގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން ދެއެވެ. އެގޮތުން މަސްވެރިކަމާ ދަނޑުވެރިކަން އަދި ފަތުރުވެރިކަމުގެ ދާއިރާގަޔާ ގެދޮރު ޢިމާރާތްކުރުމުގެ ދާއިރާގއިވެސް މަސައްކަތްކުރާ އުމުރުގެ މީހުން ހަރަކާތްތެރިވެއެވެ.
އިތުރުފާލަންތައް[އުނިއިތުރު ގެންނަވާ]