މީދޫ (އައްޑުއަތޮޅު)
Meedhoo
މީދޫ | |
|---|---|
| ޤައުމު | ދިވެހިރާއްޖެ |
| Geographic atoll | Addu Atoll |
| Administrative atoll | Addu City |
| ބޮޑުމިން | |
| • Total | 2.0495 km2 (0.7913 sq mi) |
| Dimensions | |
| • Length | 2,350 km (1,460 mi) |
| • Width | 1,625 km (1,010 mi) |
| އާބާދީ (2013) | |
| • Total | 2,806 |
| • Density | 1,400/km2 (3,500/sq mi) |
| Time zone | UTC+05:00 (MST) |
އައްޑު އަތޮޅުގެ އެހެނިހެން ރަށްރަށާއި ދުރުގައި އޮންނަ މީދޫ އަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ރަށްރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. މީދޫ މީހުންގެ އިޤްތިސާދު ބިނާވެގެންވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ މައްޗަށެވެ. މީދޫ އަކީ ތާރީހީގެ ގޮތުން މުއްސަނދި އަދި އައްޑު އަތޮޅުގައި މީހުން ދިރިއުޅެމުން އަންނަތާ އެންމެ ގިނަ ދުވަސްވީ އެއް ރަށެވެ. މިރަށުގައި މިހާރު ގާތްގަނޑަކަށް 2،500 މީހުންގެ އާބާދީ އެއް ދިރިއުޅެމުން އާދެއެވެ. ސަންސްކްރިތު ބަހުން މީދޫގެ މާނައަކީ ބޮޑު ރަށެވެ.
މީދޫ މަޝްހޫރުވެފައިވަނީ އެރަށަކުން ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު އިލްމުވެރިން އުފަންވި ރަށް ކަމުގައެވެ. މިގޮތުން އަދި 16ވަނަ ޤަރުނުގައި މީދޫގެ ހަތް ބޭކަލަކު މާލޭގައި ފަނޑިޔާރު (ޤާޒީ) ކަން ކުރައްވާ ފައިވެއެވެ.
ތާރީޚް
[އުނިއިތުރު ގެންނަވާ]އިސްލާމްވުން
[އުނިއިތުރު ގެންނަވާ]މީދޫ އިސްލާމް ދީނުގެ ހިޔާވަހިކަމަށް އައީ 12ވަނަ ޤަލލޖހލމުކޖކރުނުގައި ޔޫސުފް ނާއިބް ނަމަކަށް ކިޔުނު އަރަބި ދަރުރުވެރިއެއްގެ އަތްމައްޗަށެވެ. އަދި މާތް ﷲ އަށް އަޅުކަން ކުރާނެ މިސްކިތެއްވެސް މީދޫގައި މީނާ ބިނާ ކުރިއެވެ.
އާބާދީ
[އުނިއިތުރު ގެންނަވާ]2006 ވަނަ އަހަރު ސ.މީދޫގެ މުޅި ޖުމްލަ އާބާދީ އަކީ 2511 އެވެ. އެއީ 18 އަހަރުން ދަށުގެ 407 އަންހެން ކުދިންނާއި 388 ފިރިހެން ކުދިން، 18 އަހަރާއި 65 އަހަރުގެ 768 އަންހެނުންނާއި 787 ފިރިހެންނުން، 65 އަހަރުން މަތީގެ 69 އަންހެނުންނާއި 92 ފިރިހެނުންނެވެ. މުޅި ޖުމްލަ 1244 އަންހެނުންނާއި 1267 ފިރިހެނުންގެ އާބާދީއެކެވެ.