ތިލަދުންމަތީ ދެކުނުބުރި
| ޚުލާޞާ މަޢުލޫމާތު | |
| އިދާރީ ނަން: | ހދ. އަތޮޅު |
| އަތޮޅުގެ ނަން: | ތިލަދުންމަތީ ދެކުނުބުރި |
| އޮތްތަން: | 6° 48' ނ and 6° 30' ނ |
| އިނގިރޭސި ކޯޑު: | B |
| އަކުރު: | HDh (ހދ) |
| ވެރިރަށް: | ކުޅުދުއްފުށި |
| އާބާދީ: | 22,845 |
| ރަށްތަކުގެ ޢަދަދު: | 35 |
| މިޙުން އުޅޭ ރަށްތައް: | 13 |
| އަތޮޅުވެރިޔާ: | މުހަންމަދު ދީދީ |
| މީހުން އުޅޭ ރަށްތައް | |
| {{{islands}}} | |
| ފަޅު ރަށްތައް | |
|
ބޮޑުނާގޮށި ދަފަރު ފަސްގަނޑު ދޮރުކަނޑުހުރާ ފެންބޯހުރާ ހިރިނައިދޫ ހޮނޑާފުށި ހޮނޑައިދޫ އިންނަފުށި ކަނަމަނަ ކައްޓަލަފުށި ކޭލަކުނު ކުޑަމުރައިދޫ ކުޑަނާގޮށި މުއިރި ރަސްފުށި ރުއްފުށި ވައިކަރަމުރައިދޫ ވެލިގަނޑު ފަތުރުވެރި ރަށްރަށާއި، ވައިގެ ބަނދަރުތަކާއި، ސިނާއީ ރަށްތައް ބެލެވެނީ ފަޅު ރަށްރަށުގެ ގޮތުގައެވެ. | |
ތިލަދުންމަތީ ދެކުނުބުރި އަކީ ދިވެހިރާއްޖޭގައި އުތުރުން ފެށިގެން އޮތް 2 ވަނަ އަތޮޅެވެ. މިއަތޮޅުގައި ވެރިކަން ކުރަނީ އަތޮޅުގެ އެންމެ ބައިބޯ ރަށް، ކުޅުދުއްފުށީގައެވެ. މި އަތޮޅުގެ ހަނިމާދޫ ގައި ސަރަހައްދީ ވައިގެ ބަނދަރެއް އޮވެއެވެ. ހަނިމާދޫ އޮންނަނީ ވެރިކަން ކުރާރަށް ކުޅުދުއްފުއްޓާ 20 ކިލޯމިޓަރު ރާސްތާއެއް ގައެވެ. ކުރީން މި އަތޮޅުގައި ވެރިކަން ކުރަމުން އައީ ނޮޅިވަރަންފަރުގައެވެ. ވެރިކަންކުރާރަށުގެ ގޮތުގައި ކުޅުދުއްފުށި ސަރުކާރުން ހަމަޖެއްސެވީ 6 މެއި 1992 ގައެވެ. އަތޮޅުގައި އޮންނަނީ ޖުމްލަ 35 ރަށެވެ. އޭގެތެރެއިން މީހުން ދިރި އުޅެނީ 16 ރަށުގައެވެ. ހދ.އަތޮޅުވެރިޔާ އަކީ އަލްފާޟިލް މުޙަންމަދު ދީދީއެވެ.
އަތޮޅުގައި ރައްޔިތުން ދިރުއޅުމަށްޓަކައި ކޮށްއުޅޭ މައިގަނޑު މަސައްކަތް ތަކުގެތެރޭގައި މަސްވެރިކަން، ދަނޑުވެރިކަން، ރޯނުވެށުން، ފަންގެވިނުން، ވަޑާންކުރުން، ސަރުކާރުގެ ވަޒީފާ އަދާކުރުން، ވިޔަފާރިކުރުން، މާލެދަތުރުކުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުން، ބޯޓުދަތުރުކުރުން، ރޭނުމާއި، ސިމެންތީގެ މަސައްކަތް އަދި ކަނބުރުވެރިކަން ހިމެނެއެވެ.
ކުޅުދުއްފުށީގައި ސަރުކާރުން ހިންގާ ދެ ޕްރައިމަރީ އިސްކޫލާއި އެއް ސެކަންޑަރީ އިސްކޫލުހުރެއެވެ. މީގެ އިތުރުން ރައްޔިތުން ހިންގާ ދެ ޕްރީ ސްކޫލް ހުރެއެވެ. ރަށުގައި ސިއްޚީ ޚިދުމަތް ދެމުންގެންދަނީ ސަރުކާރު ހޮސްޕިޓަލަކުންނެވެ.