ހޮޅުދޫ (ނ. އަތޮޅު)
| ޚުލާޞާ މަޢުލޫމާތު | |
| އަތޮޅު | މިލަދުންމަޑުލު ދެކުނުބުރި |
| އޮންނަ ތަން | 73? 15' 34" E05? 45' 17" N |
| އަކަމިން | |
| އާބާދީ | 2028 |
| ދިގުމިން | 630މ |
| ފުޅާމިން | 380މ |
| މާލެއާ ހުރި ދުރުމިން | 176.57ކމ |
| އިދާރީ މަޢުލޫމާތު | |
| ރަށު ކައުންސިލުގެ ރައީސް | {{{council_president}}} |
| ރަށު ކައުންސިލު އިދާރާގެ ފޯނު ނަންބަރު | 6560009 (960+) |
| ރަށު ކައުންސިލު އިދާރާގެ ފެކްސް ނަންބަރު | 6560009 (960+) |
މި ރަށަކީ ނ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ.ހޮޅުދުއަކީ އަތޮޅުގެ ހުޅަނގު ދެކުނުން ތަންކޮޅެއް އެތެރެއަށް ވަދެލާފައި އޮންނަ ރަށެކެވެ. ހޮޅުދޫގެ އާބާދީއަކީ 2023 އެވެ.
މީހުން
[އުނިއިތުރު ގެންނަވާ]މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.
ތައުލީމް
[އުނިއިތުރު ގެންނަވާ]ހޮޅުދޫގެ ރައްޔިތުންނަކީ ޅަދަރީންނަށް ތަޢްލީމް އުގަންނައިދިނުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއްކޮށް ތަފާތުހޭދައެކަމަށްކޮށްގެން މެދުނުކެނޑި ދިގުމުއްދަތެއްވަންދެން ހޮޅުދޫގެ ރައްޔިތުންގެނަމުގައި ހޮޅުދު މޭނާސްކޫލް ހިންގުމުގެ ބުރަމަސްއޫލިއްޔަތު އަދާކޮށްފައިވާ ބައެކެވެ. އެހެންކަމުންމިހާރު އެސްކޫލަށް މިވަނީ މެދުނުކެނޑި 60 އަހަރުގެދިގު ރާސްތާއެއް ފަހަނައަޅާގޮސްފައެވެ. މިހާރު ހޮޅުދޫ މޭނާސްކޫލަކީ ސަރުކާރުގެ ޚަރަދުގައި ހިންގަމުންގެންދާ ސްކޫލެކެވެ. މިސްކޫލްގައި އަތޮޅުން ބޭރު ރަށްރަށުގެ ކުދިންނާއި، އަތޮޅުތެރޭގެ ވަރަށްގިނަ ރަށްރަށުގެކުދިން ތަޢްލީމް ޙާޞިލްކުރަމުން ގެންދާކަމީ މޭނާސްކޫލަށް ލިބޭވަރަށްބޮޑު ޝަރަފެކެވެ
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ.ހޮޅުދޫގެ ތަރައްޤީއަށްޓަކައި? މަސްވެރިކަމާއި، ދަނޑުވެރިކަން، ގެދޮރު ޢިމާރާތްކުރުމާއި، ކޮންޓްރެކްޓް މަސައްކަތްކުރުން، އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޢުމުރުގެ މީހުން ހަރަކާތްތެރިވަމުން ގެންދެއެވެ
ސަރުކާރުގެ އިމާރާތްތައް
[އުނިއިތުރު ގެންނަވާ]ހޮޅުދޫގައިހުރި ސަރުކާރުގެ މުހިންމު ޢިމާރާްތަކުގެ ތެރޭގައި ހޮޅުދޫ ސިއްޙީމަރުކަޒު، ހޮޅުދޫ މޭނާސްކޫލް، ހޮޅުދޫ ސްޓެލްކޯ އިންޖީނުގެ، ހޮޅުދޫ އޮފީހާއި، ހޮޅުދޫ ކޯރޓް،ހޮޅުދޫ ރަށްވެހިގެ ހިމެނެއެވެ.
ފަޅުކޮނުމާއި ބަދަރު ހެދުން
[އުނިއިތުރު ގެންނަވާ]ހޮޅުދޫއަކީ ސަރުކާރުން ފަޅުކޮނެ ބަނދަރު ހައްދަވައިދެއްވާފައިވާ ރަށެކެވެ. ހޮޅުދޫއާއި އެންމެ ކައިރިއަށް އޮންނަނީ ފޮއްދޫއެވެ
އިތުރުފާލަންތައް
[އުނިއިތުރު ގެންނަވާ]