އައްޑުއަތޮޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސ. އަތޮޅު ސ. އަތޮޅު

ޚުލާޞާ މަޢުލޫމާތު
އިދާރީ ނަން: ސ. އަތޮޅު
އަތޮޅުގެ ނަން: އައްޑުއަތޮޅު
އޮތްތަން: 0° 36' ދ and 0° 44' ދ
އިނގިރޭސި ކޯޑު: S
އަކުރު: S (ސ)
ވެރިރަށް: ހިތަދޫ
އާބާދީ: 28707
ރަށްތަކުގެ ޢަދަދު: 23
މިޙުން އުޅޭ ރަށްތައް: 6
އަތޮޅުވެރިޔާ: -
މީހުން އުޅޭ ރަށްތައް
ފޭދޫ ހިތަދޫ ހުޅުދޫ މަރަދޫ މަރަދޫފޭދޫ މީދޫ
ފަޅު ރަށްތައް

އަބޫހެރަ ބޮނޑަ ހަޖަރާ ބޮނޑަހެރަގަނޑަ ދިގިހެރަ ފަހިކެޑެހެރަގަނޑަ ގަން ގައުކެނޑި ގެސްކަޅަހެރަ ހަންކެޑެ ހަންކެޑެހަޖަރާ ހެރަތެރެ ހިކަހެރަ ކަފަތަޅާހެރަ ކަނޑިހެރަ ކެޑެވާހެރަ ކޯހެރަ ކޮޑަކަނޑިހެރަގަނޑަ މާހެރަ މާމެންދޫ މަޑިހެރަ މުލިކެޑެ ސަވާހެލި ވަށަހެރަ ވިލިގިލި

ފަތުރުވެރި ރަށްރަށާއި، ވައިގެ ބަނދަރުތަކާއި، ސިނާއީ ރަށްތައް ބެލެވެނީ ފަޅު ރަށްރަށުގެ ގޮތުގައެވެ.

އައްޑުއަތޮޅަކީ ދިވެހިރާއްޖެ އެންމެ ދެކުނަށް އޮތް އަތޮޅެވެ. މިއަތޮޅުގައި އޮތް 23 ރަށުގެ ތެރެއިން މީހުން ދިރިއުޅެނީ ހަ ރަށުގައެވެ. އެއީ މީދޫ، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުދޫ މި ހަރަށެވެ. އައްޑުއަތޮޅަކީ މާލެ ފިޔަވައި ދިވެހިރާއްޖޭގައި އޮތް އެންމެ އާބަދީ ބޮޑު އަތޮޅެވެ. ޮ އައްޑުއަތޮޅުގައި ރަށުގެ އަދަދު މަދު ކަމުގައިވިއަސް، ރާއްޖޭގެ އެހެނިހެން އަތޮޅު ތަކާއި އަޅާ ބަލާއިރު ރަށްތައް ބޮޑެވެ. ގިނަ ރަށްތައް ވަނީ ހުޅަނގު ފަރާތު ފަރުތަކާއި ގުޅިފައެވެ. މިރަށްތައް ވަނީ ކޯސްވޭ ނުވަތަ މަގުތަކުގެ އެހީގައި ގުޅުވާލެވިފައެވެ. ހުދޫ އާއި މީދޫ އަކީ ވަކިން އޮތް އެކަހެރި އެހެނަސް ވަރަށް ބޮޑު އަދި މުހިންމު ތާރީޚެއް ހިއްސާ ކުރާ ދެރަށެވެ. މިދެރަށް އިދާރީ ގޮތުން އެއްކޮށްލުމަށް ކުރެވުނު މަސައްކަތް މިހާތަނަށް ނާކާމިޔާބު ވެފައި ވިއަސް، ބައެއް ފަހަރު މިދެރަށަށް ނިސްބަތް ކުރުމުގައި 'ހުޅުމީދޫ' މިނަން ބޭނުން ކުރެވެއެވެ. މީދޫގެ އާއިލާތަށް ދިރާސާ ކުރަށްވާ ސޭފުގޭ އިބްރާހިމްދީދީ ވިދާޅު ވަނީ އައްޑޫގެ ހުރިހާ ރައްތަކެއްވެސް ފަޅު ވުމަށް ފަހު އަލުން އާބާދު ކުރުމުގައި މީދޫގެ ހިއްސާ ބޮޑު ކަމުގައެވެ.

ބަސް[އުނިއިތުރު ގެންނަވާ]

އައްޑުއަތޮޅު މީހުންގެ ބަހުރުވައަކީ އައްޑޫބަހެވެ. ދިވެހިރާއްޖޭގެ ރަސްމީ ދިވެހި ބަހާއި މި ބަހުރުވައިގެ ގުޅުން ވަރަށް ކުޑައެވެ. ދެކުނުގެ ރަށްތަކުގެ މީހުން ވާހަކަ ދައްކައި އުޅޭ ބަހުރުވައާއި ގާތް ކަން ހުރި މިބަހުރުވައަކީ ތާރީހީ ގޮތުން މުހިންމު ބަހުރުވައެކެވެ. އެހެނީ ވަރަށްގިނަ ދުވަސް ތަކެއް ވަންދެން އައްޑޫ ބަހަކީ ދެކުނުގެ ރަށްތަކުގެ މީހުން މައުލޫމާތު ބަދަލު ކުރުމުގައި ލިންގުއެ ފްރޭންކާ ނުވަތަ 'ގުޅުވައިދޭ' ބަހުރުވައިގެ ގޮތުން ބޭނުން ކުރި ބަހެވެ. މިގޮތުން މުލަކާއި ހުވަދޫ މީހުން މިބަސް ބޭނުން ކުރިކަން ވަނީ އެނގިފައެވެ. މިސާލަކަށް ހުވަދޫ މީހަކާއި މުލަކު މީހަކު ދިމާ ވެއްޖެ ނަމަ އެމީހުން ވާހަކަ ދައްކާ އުޅެނީ އައްޑޫ ބަހުންނެވެ. ކަން މިހެން އޮތަސް ވަކިވެގަތް ސުވާދީވް ސަރުކާރުން ރަސްމީ ލިޔެކިޔުން ތަކުގައި ބޭނުން ކުރީ ރަސްމީ ދިވެހި ބަހެވެ. -

އިނގިރޭސިން އައްޑޫގައި[އުނިއިތުރު ގެންނަވާ]

އިނގިރޭސިންގެ ކަނޑުގެ މަރުކަޒު ގަމުގައި[އުނިއިތުރު ގެންނަވާ]

އިނގިރޭސިންގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް 1941 ވަނަ އަހަރު އައްޑުއަތޮޅު ގަމުގައި ގާއިމު ކުރިއެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއެވެ. މިތަނަށް ކިޔާފައިވަނީ port T އެވެ. ނަމަވެސް 1957 ވަނަ އަހަރުން ފެށިގެން މިތަނުގެ ނަންވަނީ އާރު.އޭ.އެފް މިނަމަށް ބަދަލު ކޮށްފައެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރު މިތަން ބޭނުން ކޮށްފައިވަނީ ދުޝްމިނުންނަށް ފާރަލާ 'ލޮލެއްގެ' ގޮތުގައެވެ. ހަޤީޤީ ކަނޑުގެ ސިފައިންގެ މަރުކަޒު ގާއިމް ކުރެވުނީ British Eastern Fleet އަށް އެހީތެރި ވުމަށްޓަކައެވެ. 5 ޖެނުއަރީ 1946 ގައި ބްރިޓިޝް ލޯޔަލިޓީ ވަނީ ހިތަދޫގެ އިރުދެކުނު ފަރާތަށް ފައްތާލެވިފައެވެ. ދުވަސްތަކަކަށްފަހު އެއިން ކަނޑަށް ތެޔޮތަކެއްބޭރުވިކަމުގައިވިއަސް، މިހާރު އެއީ ފީނާ މީހުންގެ މަޤްބޫލު މަންޒިލެކެވެ. 1957ގައި އެތަން ރޯޔަލް އެއާރ ފޯސްގެ ނަމަށް ބަދަލު ވުމަށްފަހުވެސް 1971 ވަނަ އަހަރު އިނގިރޭސިން ގަމުން ފޭބުމާއި ހަމައަށް މިތަން ބޭނުން ކުރެވުނެވެ. ގަމުގައި އިނގިރޭސިން ތިބުމަށްޓަކައި ގަމުގެ ހަޤީޤީ އަހުލުވެރިން ކަމުގައިވާ މިހާރުގެ ފޭދޫގެ ރައްޔިތުން ވަނީ ހިތަދުއަށާއި މީދޫގެ 'ގަންބުރިއެ މަގު' ކިޔާ ސަރަހައްދަށް ބަދަލު ކޮށްފައެވެ. ފަހުން މީދޫގައި ތިބި ގަމުގެ މީހުން ހިތަދުއަށް ބަދަލުވީ އާއިލާ މީހުންނާއި އެކު ވުމަށާއި ހިތަދޫގެ ބިން ގޮވާން ކުރުމަށް ރަގަޅުކަމުން ކަމުގައި މީދޫ ބަނޑިހިގޭ އަބްދުލް ޤަނީ ވިދާޅުވިއެވެ. ކަންމިހެން އޮތަސް އެމީހުން ވަނީ ހިތަދޫން ބަދަލުކުރެވި މިހާރުގެ ފޭދޫއަށް ރައްވެހި ކުރެވިފައެވެ. ފޭދޫގައި އޭރު ތިބި މީހުން މަރަދޫން ބައަކަށް ފޮނުވާލެވުމުން 'މަރަދޫ ފޭދޫ' އިދާރީ ގޮތުން އުފެދުނީ ކަމުގައި ބުނެވެއެވެ. (އަބްދުލް ޤަނީ، 2008) އެއިގެ ކުރިން މަރަދޫ ފޭދޫ އެއް ނޯންނަކަމުގައިވެސް ޤަނީ ވިދާޅުވިއެވެ. އިނގިރޭސިން އައްޑޫގައި ތިބުމުގެ ސަބަބުން އަތޮޅަށްވަނީ ތައުލީމީގޮތުންނާއި އުމްރާނީގޮތުން އެތަކެއް ކުރިއެރުން ލިބިފައެވެ. އެމީހުންގެ އިނގިރޭސި ބަހުގެ ފެންވަރު ވަރަށް ކުރިއަރައި ދިޔަމެއެވެ.

އިނގިރޭސިން މީދޫގައި[އުނިއިތުރު ގެންނަވާ]

ހުޅުމީދޫގައި ތިބީ އިނގިރޭސިންގެ ކުލީ ސިފައިންނެވެ. އެއީ އިންޑިއާ ހިސާބުގެ މީހުންނެވެ. އެމީހުން ތިބީ މާއެޅެ ސަރަހައްދުގައެވެ. އެތާގައި ހަސްފަތާލޭ ކިޔުނު ތަނަކާއި އެތަނުގެ ޑަކުތަރާއި އަދި އުސް ދަގަނޑުގޭ ކިޔާ ވޮޗް ހައުސް އެއްވާކަމުގައި މީހުން ބުނެތެވެ. ރަށުގެ މީހުން އެމީހުންދެކެ ވަރަށް ބިރުގަނެއެވެ. އެހެނަސް އެމީހުން ވަރަށް ހެޔޮކަމުގައިވެސް ކިޔާއުޅެއެވެ. އެގޮތުން ކާތަކެތި ބަހާ އުޅުނެވެ. ރަށުގައި އެމީހުންގެ ބީރައްޓެހިކަން ބޮޑު ކަމުން ރަށައް އަރާ އުޅެނީ ވަރަށް މަދުންނެވެ. ފެން ނަގަނީ މޫސާގެ ފަންނު މިސްކިތުންނެވެ. އެތަނަށް އައިސް އުޅުނީ ރަށްވަށާ އެމީހުން ކޮށި 'ލޮރި' މަގުން ލާފައެވެ. މީދޫގައި މިހާރުވެސް ބަޑި ބުރުޒުގެ ދެބުރުޒު އެބަހުއަޓެވެ. އަދި ބިންގަރާހެއްވެސް އެބަހުރިމެއެވެ. އެތަން ތަން ވަނީ ވަރަށް އަނިޔާ ލިބި ހައިބަތު ކުޑަވާން ކައިރި ވެފައެވެ. އެއިން އެއް ބުރުޒު ރަށް ގިރުމުގެ ސަބަބުން ވަނީ މޫދުތެރޭގައޭ ދެންނެވުން ދޮގަކާށް ނުވާނެއެވެ.

އައްޑޫ ކަނޑު[އުނިއިތުރު ގެންނަވާ]

ހުވަދު އަތޮޅާއި އައްޑޫ އަތޮޅު ދެމެދުގައި ވަނީ އައްޑޫ ކަނޑެވެ. މުސްކުޅި ފަރަންސޭސި ޗާރޓުގައި މިކަނޑަށް ނަންދެވިފައިވަނީ 'Courant d'Addoue' މިނަމުންނެވެ. އަދި އިނގިރޭސި ކަނޑުގެ ޗާރޓުތަކުގައި މި ކަނޑަށް އީކުއޭޓަރަލް ޗެނަލް އޭ ވެސް ކިޔެއެވެ. އެއީ ދެބައި ހަމަ ނުވަތަ އީކުއޭޓަރ، އައްޑޫކަނޑުގެ މެދުތޭރޭން ދަތުރު ކުރާތީއެވެ.