ދެނެވަޑައިގަންނަވަމުތޯ؟؟ (އަރުޝީފް)
މިސަފްހާގައި އެކުލެވިގެންވާނީ ކޮންމެ މަހަކު މައި ސަފްހާގައި އެކުލެވިފައިވާ ދެނެވަޑައިގަންނަވަމުތޯ؟؟ ބައިގައި އަޅުގަނޑުމެން ހިމަނާފައިވާ މައުލޫމާތެވެ. ވިދާޅުވެލައްވާށެވެ!
ފިހުރިސްތު
02/2007 - ދެނެވަޑައިގަންނަވަމުތޯ؟؟؟ |
---|
|
03/2007 - ދެނެވަޑައިގަންނަވަމުތޯ؟؟؟ |
---|
|
04/2007 - ދެނެވަޑައިގަންނަވަމުތޯ؟؟؟ |
---|
* ފުރާ ފުރިހަމަވެފައިވާ އިންސާނެއްގެ ހަށިގަނޑުގައިވާނީ 206 ކަށިގަނޑެވެ. އެހެންނަމަވެސް ކުޑަކުއްޖެއްގެ ހަށިގަނޑު އެކުލެވިފައިވަނީ 300 ކަށި ކޮޅުގެ މައްޗަށެވެ. ކުއްޖާ ބޮޑުވަމުން އަންނަ ވަރަކަށް އެއްކަށިކޮޅު އަނެކައްޗާއި ގުޅި އެކަތިގަނޑަކަށް ވެއެވެ.
|
05/2007 - ދެނެވަޑައިގަންނަވަމުތޯ؟؟؟ |
---|
* ދުނިޔޭގައި 2700އަށް ވުރެ ގިނަ ބަހުރުވައިން މީހުން ވާހަކަ ދައްކައެވެ.
|
06/2007 - ދެނެވަޑައިގަންނަވަމުތޯ؟؟؟ |
---|
|
07/2007 - ދެނެވަޑައިގަންނަވަމުތޯ؟؟؟ |
---|
|
03/2012 ދެނެވަޑައިގަންނަވަމުތޯ؟؟؟ |
---|
ދުނިޔެ އޭގެ ނާރެސްމަތީގައި ފުރިހަމަ ބުރެއް ޖެހުމަށް ނަގަނި އެއް ދުވަހެވެ. އަދި އިރުގެ ވަށައިގެން ދުނިޔެ ބުރެއް ފުރިހަމަ ކުރަނީ އަހަރު ދުވަހުންނެވެ. ނަމަވެސް މިކަންކަން ހިނގާ ވަގުތުތައް ހީކުރާހައި ބަރާބަރެއް ނޫނެވެ. އެހެންކަމުން ކަލަންޑަރު އަހަރަކި 365 ދުވަހާއި 5 ގަޑިއިރާއި 48 މިނިޓު އަދި 45 ސިކުންތެވެ. މި އިތުރުވާ ގަޑިއާއި ސިކުންތު ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އިތުރު ދުވަހެއްގެ ގޮތުގައި، ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ ގޮތުގައި، ގުނަނީ އެވެ. މިހެން ދިމާވާ އަހަރަށް ކިޔަނީ ލީޕް އަހަރެވެ. އެހެންކަމުން ކޮންމެ 4 އަހަރުން 1 އަހަރަކީ ލީޕް އަހަރެކެވެ.
2012 ވަނަ އަހަރަކީ ވެސް ލީޕް އަހަރެކެވެ. ހަމަ މިފަދައިން 2008، 2004 އަދި 2000 ވަނަ އަހަރަކީ ވެސް ލީޕް އަހަރެވެ. ޗައިނާ މީހުންގެ ކަލަންޑަރުގައި ކޮންމެ 3 އަހަރަކުން އެއް އަހަރު ލީޕް މަހެއް އޮވެއެވެ. އެ މަހަށް ދޭ ނަމަކީ އޭގެ ކުރީ މަހުގެ ނަމެވެ. ޔަހޫދީންގެ ކަލަންޑަރުގައި ކޮންމެ 19 އަހަރުގެ ބުރެއްގައި 7 ލީޕް އަހަރު އޮވެއެވެ. މީލާދީ ކަލަންޑަރުގެ ލީޕް ދުވަހު އުފަންވުމުގެ ފުރުސަތު ކަމަށް ބަލަނީ ކޮންމެ މިލިއަނަކުން 680 މީހުން ކަމަށެވެ. އެހެން ކަމުން 4 މިލިއަނަށް ވުރެ ގިނަ މީހުން (މިހާރު ދުނިޔޭގެ އާބާދީ އަކީ 7 ބިލިއަން) އެމީހުންގެ އުފަންދުވަހަކީ ލީޕް ދުވަސް، ނުވަތަ ފެބްރުއަރި މަހުގެ 29 ވަނަ ދުވަހެވެ. އަހަރުގެ އެނޫން ކޮންމެ ދުވަހެއްގައި 19 މިލިއަން މީހުންގެ އުފަން ދުވަސް ފާހަގަ ކުރެވެއެވެ. ކަނބަލުން ނޭވެ. ތިޔަ ކަނބަލުންނަށް ލޯބިވެރިންގެ ދުވަހު ކައިވެނީގެ ހުށަހެޅުން ނުލިބިއްޖެ ނަމަ، ކަންބޮޑު ނުވާށެވެ. ފެބްރުއަރީ 29 އަކީ ތިޔަ ކަނބަކލުން ފިރިހެނުންގެ ފަރާތުން އެދެންވީ ދުވަސް ކަމުގައި ސަގާފީ ގޮތުން ގަބޫލުކުރެއެވެ. |
03/2014 ދެނެވަޑައިގަންނަވަމުތޯ؟؟؟ރިޔާދޯނި އެންމެ ފުރަތަމަ އުފެއްދީ މިސްރުގައެވެ. އެންމެ ފުރަތަމަ ހޮޓެލްޗެއިން އަކީ ހިލްޓަން އެވެ. ޔުނައިޓެޑް ސްޓޭޓްސްގެ ފުރަތަމަ ވެރިރަށަކީ ނިއުޔޯކެވެ. އިނގިރޭސި ބަހުގެ ފުރަތަމަ ރަދީފް ލިޔެވުނީ 1755 ގައެވެ. 1 މިލިއަން މީހުން ފުރަތަމ ހަމަވި ސިޓީއަކީ ލަންޑަނެވެ. ފުރަތަމަ ރޭލުގެ އެންމެ ބާރު ދުވެއްޔަކީ ގަޑިއަކު 8 ކިލޯމީޓަރު (ގަޑިއަކު 5 މޭލު) އެވެ. ކަރުދާހު ފައިސާ އެންމެ ފުރަތަމަ ބޭނުންކުރެވުނީ ޗައިނާ ގައެވެ. ދަރިވައްޓަލުން ހުއްދަކުރި ފުރަތަމަ ގައުމަކީ އައިސްލެންޑް އެވެ. އަންހެނުންނަށް ވޯޓްލުން ހުއްދަކުރި ފުރަތަމަ ގައުމަކީ ނިއުޒިލެންޑް އެވެ. ދަތްއުނގުޅާ ބުރުސް އުފެއްދީ 1498 ގައެވެ.
|
---|
03/2017 ދެނެވަޑައިގަންނަވަމުތޯ؟؟؟ |