ރިފްޓް ވެލީ ހުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ރިފްޓް ވެލީ ހުން (އިނގިރޭސި ބަހުން: Rift Valley Fever) އަކީ ކިއުލެކްސް އަދި އީޑްސް މިދެބާވަތުގެ މަދިރީގެ ސަބަބުން ފެތުރޭ ބައްޔެކެވެ. މިބަލި އާންމުކޮށް ފެންނަނީ އިރުމަތީ އަދި ދެކުނު އެފްރިކާގެ ހިސާބުތަކުންނެވެ. ބަލި ޖެހެނީ ފްލީބޯ ވައިރަސް(އިނގިރޭސި ބަހުން: Phlebo virus) އާއި ތަޣައްޔަރުވެފައިވާ މަދިރިއެއް އިންސާނާގެ ހަށިގަނޑުން ލޭބުއިމުގެ ތެރޭގައި މިވައިރަސް ހަށިގަނޑަށް ވާޞިލް ވުމުންނެވެ.

ރިފްޓް ވެލީ ހުން ޖެހުމުން ހުންއައުން، ބޮލުގައި ރިހުން، ހޮނޑުލުން، މޭނުބައިކުރުން، ހިތްނުތަނަވަސްވުން، ދާހިއްލުން، ހުޅުތަކުގައި ރިހުން، މަސްތަކުގައި ރިހުން، އަދި ލޮލަށް ބާރުކުރުން، ފަދަ އުދަގޫތައް މެދުވެރި ކުރުވައެވެ. ކެއްސާއިރު ލޭއައުން، ބޮޑުކަމުދާއިރު ލޭއައުން، ސިކުނޑި ދުޅަވުން، އަދި ރެޓިނާގައި ލޭހިލުން، ފަދަ އަލާމާތްތައް ފެނުމަކީ މަދުން ނަމަވެސް ކުރިމަތިވެދާނެ ކަންތައްތަކެވެ.