Jump to content

ނައިޓްރޯޖަން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ނައިޓްރޯޛަން އަކީ ކެމިކަލް އުންސުރެކެވެ. މިއުންޞުރުގެ އެޓަމިކް ނަންބަރަކީ 7 އެވެ. އަދި މިއުންޞުރުގެ އިގިރޭސި ރަމްޒު އަކުރަކީ N އެވެ. އެޓަމިކް މާސް އަކީ 14.00674µ އެވެ. މިއީ ކުލަހެއް، ވަހެއް، ރަހައެއް ނެތް ގޭހެކެވެ. ޖައްވުގައި ހިމެނޭ ގޭހުގެ 78 އިންސައްތަ އަކީ ނައިޓްރޯޖަން އެވެ. އެމޯނިޔާ، އޯގަނިކް ނައިޓްރައިޓްސް، ސަޔަނައިޑް، އަދި ނައިޓްރިކް އެސިޑް ފަދަ ކެމިކަލް ތަކުގައި ނައިޓްރޯޖަން އެކުލެވިގެން ވެއެވެ.

ނައިޓްރޯޖަން އެންމެ ފުރަތަމަ ހޯދީ ސްކޮޓްލޭންޑް ގެ އިލްމް ވެރިއެއް ކަމުގައިވާ ޑެނިއަލް ރުތަފޯޑް އެވެ. އެއީ 1772 ވަނަ އަހަރު ގައެވެ.