ގޮމަށި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ގޮމަށި

ގޮމަށިނުވަތަ (އިނގިރޭސި ބަހުން: lemon) ލުނބޯ ޢާއިލާގެ އެއްޗެކެވެ. މިހުންނަނީ ލުނބޮޔަށްވުރެ ދިގުބުރަކަށެވެ. ގޮމަށިގަހަކީ ލުނބޮގަހަށްވުރެވާކޮށް ހެދޭއެއްޗެކެވެ. ލުނބޯޔަށްވުރެ ގޮމަށިއަޅާލެއް ގިނައެވެ. ތޮށީގައި ހިތިވަސްގަދައެވެ. ގޮމަށީގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ.

ގޮމަށި އާންމުކޮށް ބޭނުންކުރަނީ ޖޫސް ހެދުމަށެވެ. ނަމަވެސް ބައެއް ކަހަލަ ކާތަކެތި ހެދުމުގައި ވެސް ބޭނުންކ ުރެއެވެ. ގޮމަށީގެ ޕީއެޗް ހުންނަނީ 2-3 ހިސާބުގައެވެ. ގޮމަށީގައި އެކުލެވޭ އެންމެ މުހިއްމު މާއްދާ އަކީ ވިޓަމިން ސީ އެވެ.