ލުނބޯ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ލުނބޯ

ލުނބޯ(އިނގިރޭސި ބަހުން: Lime) އަކީ ނާރިނގު އާއިލާގެ ހުތްމޭވާއެކެވެ. ބައެއްކަހަލަ ކާތަކެތީގައި ހުތް ރަހަލެއްވުމަށާއި ބޭސްވެރިކަމަށް މިބޭނުން ކުރެއެވެ. މިއީ ދިވެހިން ކެއުމުގައި އެކި ބޭނުންތަކުގައި ހުތުގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ.ލުބޯގެ ތަފާތު ވައްތަރުތައް ހުރެއެވެ.

ލުބޯގައި ވިޓަމިންސީ އެކުލެވިގެން ވެއެވެ. އަދި ފްލޭވަނޮއިޑް ކަމްޕައުންޑް ތައް ވެސް ހުރެއެވެ. މިކަމުގެ ސަބަބުން ކެންސަރު ފެތުރިގެން ދިއުން ކުޑަކޮށްދެއެވެ. އެއީ ފްލޭވަނޮއިޑް ގެ ސަބަބުން ކެންސަރުގެ ސެލްތައް ފެތުރުން ކުޑަކޮށްދޭތީ އެވެ. އެހެންކަމުން ލުނބޯ އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާއެއް ކަމުގައި ވަނީ ބެލވިފައެވެ.