ވެނެޒުއޭލާ
Bolivarian Republic of Venezuela[1] República Bolivariana de Venezuela ފަންވަތް:Es icon | |
---|---|
ވެރިރަށް and largest city | Caracas |
ރަސްމީ ބަސްތައް | Spanish[2] |
National language | Spanish [2] |
ނަސްލު ގުރޫޕުތައް | 67% Mestizo, 21% White, 1% Amerindian, 9% others (Africans, Arabs, Asians)[ރެފަރެންސް ބޭނުންވޭ] |
ޑިމޮނިމް | Venezuelan |
ސަރުކާރު | Federal presidential republic |
Nicolás Maduro | |
Ramón Carrizales | |
• from Spain | 5 July 1811 |
• from Gran Colombia | 13 January 1830 |
• Recognized | 30 March 1845 |
ސަރަޙައްދު | |
• Total | 916,445 km2 (353,841 sq mi) (33rd) |
• Water (%) | 0.32[3] |
އާބާދީ | |
• July 2009 estimate | 26,814,843 (40th) |
• 2001 census | 23,054,985 |
• Density | 30.2/km2 (78.2/sq mi) (173rd) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $359.210 billion[1] (31st) |
• ބޮލަކަށް ޖެހެނީ | $12,806[1] (63rd) |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $319.443 billion[1] (31st) |
• ބޮލަކަށް ޖެހެނީ | $11,388[1] (53rd) |
ޖިނީ (2007) | 42.2[2] Error: Invalid Gini value |
އެޗްޑީއައި (2007) | 0.844[3] Error: Invalid HDI value (58th) |
ފައިސާ | Bolívar fuerte[4] (VEF) |
ޓައިމް ޒޯން | UTC-4:30 |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | +58 |
އައިއެސްއޯ 3166 ކޯޑް | VE |
އިންޓަރނެޓް ޓީއެލްޑީ | .ve |
^ The "Bolivarian Republic of Venezuela" has been the full official title since the adoption of the new Constitution of 1999, when the state was renamed in honor of Simón Bolívar. ^ The Constitution also recognizes all indigenous languages spoken in the country. ^ Area totals include only Venezuelan-administered territory. ^ On 1 January 2008 a new bolivar, the bolívar fuerte (ISO 4217 code VEF), worth 1,000 VEB, was introduced. |
ބޮލިވޭރިއަން ރިޕަބްލިކް އޮފް ވެނެޒުއޭލާއަކީ ދެކުނު އެމެރިކާ ބައްރުގެ އުތުރު އައްސޭރީގައި އޮންނަ ޓްރޮޕިކަލް ޤައުމެކެވެ. ދެކުނު އެމެރިކާގެ މައި ބައްރާ ގުޅިފައިވާ ވެނެޒުއޭލާއަށް ނިސްބަތްވާ އެތައް ރަށެއް ކެރީބިއަން ކަނޑުގައިވެއެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
[އުނިއިތުރު ގެންނަވާ]ވެނެޒުއޭލާގެ ރަސްމީ ބަހަކީ ބްރެޒިލް ފިޔަވައި ދެކުނު އެމެރިކާގައި ހުރި އެހެން ޤައުމުތަކެކޭ އެއްފަދައިން އިސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން ވެނެޒުއޭލާގެ މީހުންނަށް ކިޔަނީ ވެނެޒުއޭލަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކަރަކާސްއެވެ. ވެނެޒުއޭލާގެ ވެރިރަށަކީ ވެސް ކަރަކާސްްއެވެ. ވެނެޒުއޭލާއަކީ ފެޑެރަލް ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 28 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 42 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.9 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ve. އެވެ. ކޯލިން ކޯޑަކީ +58 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ބޮލިވާރް ފުއެރްތޭއެވެ.
ނަން
[އުނިއިތުރު ގެންނަވާ]“ވެނެޒުއޭލާ” މި ނަން ނެގިފައިވަނީ ވެނެޒުއޯލާ މި ބަހުންނެވެ. މި ނަން ދިނީ އިޓަލީގެ މީހެކެވެ. އެއީ އޭނާގެ އަމިއްލަ ސިޓީ ކަމުގައިވާ އިޓަލީގެ ވެނިހަށް ނިސްބަތްކޮށެވެ. ވެނެޒުއޯލާގެ މާނައަކީ ކުޑަ ވެނިހެވެ.
ޖުޣުރާފީ
[އުނިއިތުރު ގެންނަވާ]ވެނެޒުއޭލާގެ އިރުމަތީގައި އޮތީ ގުޔާނާއެވެ. ދެކުނުގައި އޮތީ ބްރެޒިލްގެ ކޯރެކެވެ. ހުޅަނގުގައި އޮތީ ކޮލަންބިޔާއެވެ. ޓްރިނިޑާޑް އެންޑް ޓޮބޭގޯ އާއި ގްރެނާޑާ އާއި ސަންތި ލޫޫސިޔާ އާއި ބާާބަޑޮޮސް ފަދަ ރަށްރަށް އޮތީ ވެނެޒުއޭލާގެ އުތުރުގައެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]ވެނެޒުއޭލާގައި މީހުން ދިރިއުޅެން ފަށާފައިވާކަމަށް އާސާރީ ހެކިތަކުން ދައްކަނީ މީގެ 15 ވަރަކަށް ސާސްކަފު ކުރިން ކަމަށެވެ. އެންމެ ފުރަތަމައަށް އިސްޕޭނުގެ އިސްތިޢުމާރުގެ ދަށަށް ގޮސްފައިވަނީ މީލާދީން 16 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. ވެނެޒުއޭލާއަށް އިސްޕޭނުގެ ކިބައިން މިނިވަންކަން ހޯއްދަވައި ދެއްވުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅަކީ ސިމޯން ބޮލިވަރއެވެ. ސިމޯން ބޮލިވަރއަކީ ހަމަ އެކަނި ވެނެޒުއޭލާ މިނިވަންކުރެއްވުމުގައި މަސައްކަތްކުރެއްވި ބޭފުޅެއް ނޫނެވެ. ވެނެޒުއޭލާގެ އިތުރުން ކޮލަންބިޔާ އާއި ޕެނަމާ އާއި އިކުއެޑޯ އާއި ބޮލީވިއާ އާއި ޕެރޫ ވެސް މިނިވަންވެފައިވަނީ ސިމޯން ބޮލިވަރގެ މަސައްކަތުންނެވެ. ވެނެޒުއޭލާގެ ރަސްމީ ނަމުގައި “ބޮލިވޭރިއަން ރިޕަބްލިކް އޮފް ވެނެޒުއޭލާ” އޭ އޮންނަނީ ވެސް މި ސަބަބަށް ޓަކައެވެ. ސިމޯން ބޮލިވަރ ގެ ޝަރަފަށް ޓަކައެވެ. އިސްޕޭނުގެ ކިބައިން 5 ޖުލައި 1811 ގައި މިނިވަންވުމަށް ފަހުގައި ވެނެޒުއޭލާ އޮތީ ގްރޭން ކޮލަންބިޔާގެ ބައެއްގެ ގޮތުގައެވެ. ގްރޭން ކޮލަންބިޔާއާ ވަކިވެ، މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުވީ 1830 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ވެނެޒުއޭލާގެ މިނިވަންކަން ރަސްމީ ގޮތުން ރެކޮގްނައިޒް ކުރެވިފައިވަނީ 30 މާރޗް 1945 ގައެވެ. 1998 ވަނަ އަހަރުން ފެށިގެން ވެނެޒުއޭލާގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ އޫގޯ ޗާވޭޒްއެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]ދެކުނު އެމެރިކާ ބައްރަށް ބަލާއިރު ވިހާ ރޭޓް އެންމެ ރަނގަޅު އެއް ޤައުމަކީ ވެނެޒުއޭލާއެވެ. 1930 ވަނަ އަހަރުން ފެށިގެން ވެނެޒުއޭލާގެ ބޯހިމެނުމުން އެ ޤައުމުގެ ތަފާތު ނަސްލުތަކުގެ މީހުން އެނގޭކަށެއް ނޯވެއެވެ. އެހެން ކަމުން އެ ޤައުމުގެ މީހުންގެ ނަސްލުތަކުގެ ހިސާބުގައި ގެންގުޅެވެމުން އަންނަނީ އަންދާސީ ޢަދަދެކެވެ. އާބާދީގެ 67% މީހުންނަކީ މެސްޓިޒޯއިންނެވެ. ނުވަތަ ޔޫރަޕު މީހުންނާއި އެމެރިންޑިޔަނުންގެ މަސްހުނި ނަސްލެވެ. 21% މީހުންނަކީ ދޮން މީހުންނެވެ. 1% އަކީ އެމެރިންޑިޔަނުންނެވެ. 9% އަކީ އެފްރިކާ، އޭޝިޔާ، އަދި ޢަރަބި ނަސްލުގެ މީހުންނެވެ. ވެނެޒުއޭލާގެ އާބާދީގެ 97% އަކީ ކްރިސްޓިޔަނުންނެވެ. ސަގާފަތު ވެނެޒުއޭލާގެ ހެރިޓޭޖަށާއި އާޓަށާއި ސަގާފަތަށް ވަރަށް ބޮޑަށް ކެރީބިއަން އަސަރު ފޯރާފައިވެއެވެ. ހަމަ އެހެންމެ އިސްޕޭނާއި އެފްރިކާ އަދި ޢަރަބިންނާއި އެމެރިންޑިޔަނުންގެ ސަގާފަތުގެ އަސަރު ވެސް ވެނެޒުއޭލާގެ ސަގާފަތުން ފާހަގަ ކުރެވެއެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]ވެނެޒުއޭލާއަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ. މީގެ އިތުރުން ރަނާއި ޖަވާހިރާއި ދަގަނޑު އެ ޤައުމުން ނަގައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 12806 ޑޮލަރެވެ.
- ↑ 1.0 1.1 1.2 1.3 "Venezuela". International Monetary Fund. Retrieved 1 October 2009.
- ↑ Cite error: Invalid
<ref>
tag; no text was provided for refs namedCIA
- ↑ Human Development Report 2009. The United Nations. Retrieved 5 October 2009