ސެލް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ސެލް އަކީ ކޮންމެ ދިރޭއެއްޗެއްގެ އަޞްލެވެ. އިންސާނާގެ ހަށިގަނޑު ވެސް އުފެދިފައިވަނީ އެތައް ބައިވަރު ސެލްތަކެއް އެއްވެގެންނެވެ. އަދި މިއިން ކޮންމެ ސެލް އަކަށް ވެސް އެއަށް ޚާއްޞަ ވަޒީފާއެއް ލިބިފައި ވެއެވެ.

ގުނަވަނެއް އުފެދިގެން އަންނަނީ ގުޅުންހުރި ނުވަތަ އެއްވައްތަރުގެ ސެލްތަކެއް އެއްވެގެންނެވެ. މިސާލަކަށް ފުރަމޭ ގައި ހުންނަ ސެލް ތަކަށް ކިޔަނީ ހެޕަޓޮސައިޓް އެވެ. އެހެން ކަމުން ފުރަމޭ އުފެދިފައިވަނީ އެތައް ބައިވަރު ހެޕަޓޮސައިޓް ތަކެއް އެއްވެގެންނެވެ.

ނިޒާމެއް އުފެދެނީ ގުޅުންހުރި ގުނަވަންތަކެއް އެއްވެގެންނެވެ. މިސާލަކަށް ކުޑަކަމުދާ ނިޒާމް އުފެދިފައިވަނީ ގުރުދާ، ގުރުތާ، މަސާނާ، އަދި ކުޑަކަމުދާ ހޮޅި ފަދަ ގުނަންތައް ގުޅި ލާމެހިގެންނެވެ.


އެއްވެސް އިންސާނެއްގެ ގައިގައި އަޞްލު ސެލްއެއް ނުހުންނާނެއެވެ. މިކަން ވަނީ ދިވެހިރާއްޖޭގެ ސައިންޓިސްޓުން ސާބިތުކޮށްދީފައެވެ. އަދި އެކަން ނަފީކުރެވޭ އެއްވެސް ކަހަލަ ހެއްކެއް އެއްވެސް ސައިންޓިސްޓަކަށް ގެނެވިފައެއް ނެތެވެ.