Jump to content

ފުރަގަސް ފަރާތު ދޮރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގެ ބައިތައް ދައްކައިދޭ ޞޫރައެއް

މިއީ އިންސާނާގެ ފުރަގަސްފަރާތް ނިމޭ ހިސާބުގައިވާ ދޮރެކެވެ. ނުވަތަ ހުޅުވުމެވެ. އިންސާނުން ބޮޑު ކަމުދާއިރު ބޮޑު ކަމުދާ ތަކެތި ބޭރުވަނީ މިހޮއި ނުވަތަ ލޯވަޅު ގެ ޒަރީޢާއިންނެވެ.ފުރަގަސް ފަރާތު ދޮރު ނުވަތަ (އިނގިރޭސި ބަހުން: Anus) އަކީ ފުރަގަސް ފަރާތް(Rectum) އިން ބޭރަށް ހުޅުވިފައި އިންނަ ދޮރެވެ. ނުވަތަ ބޮޑުކަމުދާ ތަކެތި ބޭރުވާ ލޯ ވަޅުއެވެ. ފުރަގަސް ފަރާތު ދޮރު ހުޅުވިި ފޭވެ، ކައިރިވެ، ދިއުން ކޮންޓްރޯލް ކުރަނީ ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން ހުންނަ ސްފިންކްޓަރ މަސްތައް އިންނެވެ. ފުރަގަސް ފަރާތު ދޮރުގެ މައިގަނޑު ވަޒީފާ އަކީ ބޮޑު ކަމުދިއުމުގެ ތެރޭގައި ބޮޑު ކަމުދާ ތަކެތި ފުރަގަސް ފަރާތު ދޮރު ހުރަސް ކޮށް ހަށިގަނޑުން ބޭރު ކުރުމެވެ.

ފުރަގަސް ފަރާތު ދޮރު(އިނގިރޭސި ބަހުން: Anus) އަކީ ފުރަގަސް ފަރާތް އަދި ފުރަގަސް ފަރާތު މަގު އިން ބޭރަށް ހުޅުވިފައި އިންނަ ދޮރެވެ.ނުވަތަ ފުރަގަސް ފަރާތުން ބޭރަށް ހުޅުވިފައި އިންނަ ހުޅުވުމެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ހަށިގަނޑުން ބޮޑުކަމުދާ ތަކެތި ބޭރުކުރާ ލޯވަޅެވެ. ފުރަގަސް ފަރާތު ދޮރު ހުޅުވި، ފޭވެ، ކައިރިވެދިއުން ކޮންޓްރޯލް ކުރަނީ ފުރަގަސް ފަރާތު ދޮރުގެ މަތިން ފުރަގަސް ފަރާތު މަގު ގެ ވަށައިގެން ހުންނަ ސްފިންކްޓަރ ތަކުންނެވެ.

ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގެ ބައިތައް ދައްކައިދޭ ޞޫރައެއް

ފުރަގަސް ފަރާތު ދޮރުގެ މައިގަނޑު ވަޒީފާ އަކީ ބޮޑުކަމުދިއުމުގެ ތެރޭގައި ބޮޑުކަމުދާ ތަކެތި ފުރަގަސް ފަރާތު ދޮރު ހުރަސްކޮށް ހަށިގަނޑުން ބޭރުކުރުމެވެ. އިންސާނަކު ބޮޑުވެގެން އައިސް ފުރާވަރަށް އެރުމުން ހަށިގަނޑުގެ ތަފާތު ހިސާބު ތަކުން އިސްތަށި ފަޅާ އުޞޫލުން ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން ހުންނަ ހަންގަނޑުގައި ވެސް އިސްތަށި ފަޅައެވެ.

ސާފުކުރުން[އުނިއިތުރު ގެންނަވާ]

ފުރަގަސް ފަރާތު ދޮރާއި އޭގެ ވަށައިގެންވާ ހިސާބު ބޮޑުކަމުގޮސް ނިމުމުން ރަގަޅަށް ސާފުކުރަން ޖެހެއެވެ. މިގޮތުން ސާފުކުރަންވާނީ ފެން، އަދި ސައިބޯނި ފަދަ އެއްޗެއް ބޭނުންކޮށްގެންނެވެ. ސާފުކުރަންވާނީ މާބާރު ގަދަ ސާބޯންޏެއް ބޭނުންކޮށްގެނެއް ނޫނެވެ. ބާރުގަދަ ސާބޯނިތައް ބޭނުންކުރުމުން އެހިސާބުގަނޑުގެ ހަންގަނޑު ހަލާކުވާގޮތް ދިމާވެއެވެ. މިގޮތަށް ސާފުކުރަން ޖެހެނީ ފުރަގަސް ފަރާތު ދޮރު ހިމެނޭ ހިސާބަކީ ތެތް ހިސާބަކަށް ވެފައި، އެހިސާބު ނުތާހިރުކޮށް ހުރެއްޖެނަމަ ފަސޭހައިން ބެކްޓީރިޔާ އަށަގަނެ، ތަފާތު އިންފެކްޝަން ތަކަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވާނެތީ އެވެ.

ބަލިތައް[އުނިއިތުރު ގެންނަވާ]