ނާރިނގު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ނާރިނގު
ނާރިނގު

ނާރިނގު(ސައިންޓިފިކް ނަން: Citrus sinensis)ނުވަތަ (އިނގިރޭސި ބަހުން: Orange)އަކީ ހުތް މޭވާ އެކެވެ. ދިވެހި ބަހުން އޮރެންޖް، އަދި ފޮނި ލުނބޯ ވެސް ކިޔަނީ ހަމަ ނާރިނގު އަށް ނިސްބަތް ކޮށެވެ. ނާރިނގު ފުރަތަމަ ފެނިފައިވަނީ ދެކުނު އޭޝިޔާގެ ގައުމު ތަކުންނެވެ. ދުނިޔޭގައި މިހާރު އެންމެ ގިނައިން ނާރިނގު ހައްދަނީ ބްރެޒިލްގައެވެ. ބަނބުޅަބޮސް އަކީ ވެސް މިއާއިލާގެ މޭވާ އެކެވެ. މީގެ އިތުރުން ލުނބޯ، ގޮމަށި އަދި ނިޔަނދުރު ފަދަ މޭވާ ތަކަކީ އެތަކެތީގެ ހުތްކަމުގެ ސަބަބުން މަޝްހޫރު މޭވާ ތަކެވެ. މިހުރިހާ މޭވާތަކުން ވެސް ޖޫސް ހަދައިގެން ބޭނުން ކުރެއެވެ.

ނާރިނގު ގެ ވެސް ތަފާތު ވައްތަރު ހުރެއެވެ. ދިވެހި ބަހަށް ނާރިނގު ނެގިފައިވަނީ ސާންސްކްރިތު، ފާރިސީ، ނުވަތަ އަރަބި ބަހުން ކަމަށް ލަފާކުރެވެއެވެ. ސަބަބަކީ މިދެންނެވި ބަސްތަކުން ނާރިނގު އަށް ކިޔާނަން ދިވެހި ބަހުން މިކިޔާ ނާރިނގު އާއި އެއްގޮތް ކަމެއް ހުންނާތީ އެވެ.