މަނި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ހުރަސް އެއްގެ ތެރޭގައި ހަށިގަނޑުން ބޭރުކުރެވިފައިވާ މަނި

މަނި ނުވަތަ (އިނގިރޭސި ބަހުން: Semen) އަކީ އިންސާނުންނަށް ބަލާއިރު އިންސާނުންގެ އޮށް ގެ ތެރޭގައި އުފެދޭ ދަރިފަނި އެކުލެވޭ ހުދުކުލައަކަށް ހުންނަ ދިޔައެކެވެ. ހަށިގަނޑުން މިދިޔަ ބޭރުކުރުމަށްކިޔަނީ ވަރާލުން ނުވަތަ މަނި ބޭރުކޮށްލުން(Ejaculation) މިހެންނެވެ.

އާންމު ގޮތެއްގައި މަނި ހުންނަނީ ހުދު ކުލައަށެވެ. ނަމަވެސް ރީނދޫ ކުލައަށް ވެސް މަނި ހުރެދާނެއެވެ. މަނީގައި ލޭހުރިނަމަ އޭގެ ކުލަ މަޑު ރަތްކުލައަކަށް ބަދަލުވެއެވެ. މަނި ބޭރުކޮށްލުމަށްފަހު ފުރަތަމަ މަނި ގަނޑުވެއެވެ. އެއަށްފަހު އަނެއްކާ ދިޔާވެއެވެ. މިގޮތަށް ގަނޑުވުމުން އަންހެނާގެ ޖިންސީ ގުނަވަނުގެ ތެރޭގައި މަނިތައް ހިފެހެއްޓިފައި ހުރުމަށް އެހީތެރި ވެދެއެވެ. އަދި އެއަށްފަހު ދިޔާވުމުން މަނި ރަހިމުގެ ތެރެއަށް ގޮސް، ބިހާ ބައްދަލުވުމަށް ކުރާ ދަތުރުކުރުމަށް ފަސޭހަވެގެން ދެއެވެ.