Jump to content

އެންޑަކްރިން ނިޒާމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Major endocrine glands. (Male right, female on the right.) 1. Pineal gland 2. Pituitary gland 3. Thyroid gland 4. Thymus 5. Adrenal gland 6. Pancreas 7. Ovary 8. Testes

އެންޑަކްރިން ނިޒާމް އަކީ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ހިމެނޭ ތަފާތު އެންޑަކްރިން ގްލޭންޑްތައް ޝާމިލްވާ ނިޒާމް އެެވެ. އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގްލޭންޑްތަކުން ތަފާތު އެތައް ހޯރމޯންތަކެއް ބޭރުކުރެއެވެ. އެންޑަކްރިން ނިޒާމް ގައި ތަފާތު ގްލޭންޑް ތަކުގެ އިތުރުން އިންސާނާގެ ހަށިގަނޑުގެ އެތެރޭގެ ބައެއް ގުނަވަންތައް ވެސް ހިމެނެއެވެ.

އެންޑަކްރިން ނިޒާމް އަކީ އިންސާނާގެ ހަށިގަނޑުގެ އެތެރޭގައި ހިނގާ ކެމިކަލް ރިއެކްޝަންތައް ކޮންޓްރޯލްކުރުން، އުފެދި ބޮޑުވުން، އަދި ތަފާތު ޓިޝޫ ތަކުގެ މަސައްކަތް ފުރިހަމަ ކުރުމުގައި ބައިވެރިވާ ނިޒާމެކެވެ. މީހާގެ އުޅުމާއި ސުލޫކާއި ވެސް އެންޑަކްރިން ނިޒާމް އާ ގުޅުން ވެއެވެ. އެންޑަކްރިން ގްލޭންޑް ތަކާ ގުޅޭ ޢިލްމަށް ކިޔަނީ އެންޑަކްރިނޮލޮޖީ އެވެ.

އެންޑަކްރިން ނިޒާމްގެ ވަޒީފާ[އުނިއިތުރު ގެންނަވާ]

ޙަގީގީ އެންޑަކްރިން ގްލޭންޑް ތަކުގައި ޑަކްޓް އެއް ނުހުރެެއެވެ. އަދި މިގްލޭންޑް ތަކުން ސީދާ ލޭހޮޅީގެ ތެރެއަށް ތަފާތު ހޯރމޯންތައް ދޫކުރެއެވެ. އަދި މިގޮތަށް ދޫކުރެވޭ ހޯރމޯންތައް ލޭގެ އާރުގެ ތެރޭގައި ދައުރުވެއެވެ. އަދި މިގޮތަށް ދޫކުރެވޭ ހޯރމޯންތައް އެހޯރމޯން އެއް އަމާޒު ކުރެވިފައިވާ ގުނަވަނަކަށް ވާޞިލްވެ، އޭގެ މަސައްކަތް ފަށައެވެ.

ކުރިންވެސް ބުނިހެން އިންސާނާ ބޮޑުވުން، މިޒާޖާއި އުޅުން، ސުލޫކް، ޓިޝޫތަކުގެ މަސައްކަތް، އަދި މެޓަބޮލިޒަމް ކޮންޓްރޯލް ކުރުމުގައި ހޯރމޯންތައް އެހީތެރި ވެދެއެވެ.

ބަލިތަކާއި އެންޑަކްރިން ނިޒާމް[އުނިއިތުރު ގެންނަވާ]

އެންޑަކްރިން ނިޒާމް އާ ގުޅުންހުރި ބަލިތަކަކީ ވަރަށް ޢާންމު ބަލިތަކަށް މިއަދު ވަނީ ވެފައެވެ. މިސާލަކަށް ހަކުރު ބަލި، ތައިރޮއިޑް ގްލޭންޑްގެ ބަލިތައް، އަދި އާދަޔާ ޚިލާފަށް ފަލަވުން ފަދަ ބަލިތައް ނެގިދާނެއެވެ. އެންޑަކްރިން ނިޒާމްގެ ބަލިތައް ކުރިމަތިވަން ދިމާވާ ސަބަބު ތަކުގެ ތެރޭގައި ފުރިހަމަގޮތެއްގައި ހޯރމޯން ވަކި ގްލޭންޑް އަކުން ދޫނުކުރުން، ދޫކުރެވުނު ހޯރމޯންއަށް އޭތި އަމާޒުކުރެވުނު ގުނަވަން އެކަށޭނަ ގޮތެއްގައި އިޖާބަ ނުދިނުން، އެންޑަކްރިން ގްލޭންޑް އެއް ހަލާކުވުން، އާދަޔާ ޚިލާފަށް އެންޑަކްރިން ގްލޭންޑް އެއް ސައިޒުން ބޮޑުވުން، އަދި މިނޫން ކަންތައްތައް ވެސް ހިމެނެއެވެ.

އެންޑަކްރިން ގްލޭންޑް އެއްގެ މަސައްކަތް ފުރިހަމަކުރުން ދަށްވާ ކަންތައްތަކުގެ ތެރޭގައި ގްލޭންޑް އަކުން ހޯރމޯން ދޫކުރުން މަދުވުން، އުފެދުމުގައި ގްލޭންޑް ނެތުން، ގްލޭންޑް ހަލާކުވުން، ފަދަ ކަންތައްތައް ހިމެނެއެވެ. އެންޑަކްރިން ގްލޭންޑް އެއްގެ މަސައްކަތް ފުރިހަމަކުރުން އިތުރުވެ ހަލުއިވެގެންދާ ކަންތައްތަކުގެ ތެރޭގައި ގްލޭންޑް އަކުން ހޯރމޯން ދޫކުރުން އިތުރުވުން، ގްލޭންޑް އެއް މާބޮޑަށް މުރާލިވެ، ހީވާގިވުން، އަދި އޭގެ މަސައްކަތްތައް އިތުރުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

އެންޑަކްރިން ގްލޭންޑް ތަކަށް ވަރަށް ގިނައިން ކެންސަރު ޖެހޭކަން ވެސް ފާހަގަ ކުރެވެއެވެ. މިގޮތުން އެންޑަކްރިން ނިޒާމް އާއި ގުޅުން ހުރި ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ތައިރޮއިޑް ގްލޭންޑް ކެންސަރު، އަދި އުރަމަތީގެ ކެންސަރު ފަދަ ބާވަތްތައް ފާހަގަކޮށްލެވެއެވެ.

ހޯރމޯންތަކުގެ ކެމިސްޓްރީ[އުނިއިތުރު ގެންނަވާ]

ހޯރމޯންތައް އުފެދިފައި ހުންނަނީ އަންނަނިވި މާއްދާތަކުންނެވެ.

އަމިނޯ އެސިޑްތައް[އުނިއިތުރު ގެންނަވާ]

  • ތައިރޮކްސިން އުފެދިފައި ހުންނަނީ ތައިރޯސިން(Tyrosine) ކިޔާ އަމިނޯ އެސިޑަކުންނެވެ.
  • މިލަޓޯނިން އުފެދިފައި ހުންނަނީ ޓްރިޕްޓަފާން(Tryptophan) ކިޔާ އަމިނޯ އެސިޑަކުންނެވެ.

ޕެޕްޓައިޑް ނުވަތަ ޕްރޮޓީންތައް[އުނިއިތުރު ގެންނަވާ]

ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން، ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން، ލޫޓީއިނައިޒިންގ ހޯރމޯން ފަދަ ހޯރމޯންތަކަކީ ކާބޯހައިޑްރޭޓް އެކުލެވޭ ގްލައިކޯޕްރޮޓީން ތަކެކެވެ. ޕްރޮޓީން ހޯރމޯންތައް ބޭހުގައި ގޮތުގައި ދޭނަމަ ދެނީ ހަމައެކަނި އިންޖެކްޝަންގެ ޒަރީޢާއިންނެވެ. އެއީ ގުޅަ ބޭހުގެ ގޮތުގައި ނަގައިފިނަމަ ހަޖަމުކުރާ ނިޒާމް ގެ ތެރޭގައި އެބޭހެއްގެ ހަރަކާތް ނެތިކޮށްލާތީ އެވެ. ނުވަތަ އިންއެކްޓިވް އެއްޗަކަށް ހަދާލާތީ އެވެ.

ސްޓީރޮއިޑް ހޯރމޯން[އުނިއިތުރު ގެންނަވާ]

ސްޓީރޮއިޑް ހޯރމޯން އުފެދެނީ ސްޓީރޮއިޑް ޗޮލެސްޓްރޯލް(Steroid cholesterol) އިންނެވެ. ސްޓީރޮއިޑް ހޯރމޯންތަކުގެ ތެރޭގައި އެޑްރީނަލް ގްލޭންޑް އިން ދޫކުރާ ހޯރމޯންތައް އަދި އުރަވަޅި އާއި، ބިސްރަވަ އިން ދޫކުރާ ހޯރމޯންތައް ހިމެނެއެވެ.

އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގްލޭންޑް، ގުނަވަންތައް[އުނިއިތުރު ގެންނަވާ]

ހައިޕޯތަލަމަސް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހައިޕޯތަލަމަސް

ހައިޕޯތަލަމަސް ނުވަތަ (އިނގިރޭސި ބަހުން: Hypothalamus) އަކީ ނާރުތަކުގެ ނިޒާމް ، އެންޑަކްރިން ނިޒާމް އާ ގުޅުވާލަދޭ ފާލަމެކެވެ. މިދެނިޒާމް ގުޅުވާދެނީ އެންޑަކްރިން ނިޒާމްގައި ހިމެނޭ ޕިޓޫއިޓަރީ ގްލޭންޑް ގެ އެހީގައެވެ. ހައިޕޯ ތަލަމަސް އިންނަނީ ސިކުނޑިގެ ތެރޭގައި ބްރޭން ސްޓެމް(Brain stem) ގެ މަތިން ތަލަމަސް(Thalamus) ގެ ތިރީގައެވެ.

ހައިޕޯތަލަމަސް އިން ދޫކުރާ ހޯރމޯންތައް

ޕިނިއަލް ގްލޭންޑް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕިނިއަލް ގްލޭންޑް

ޕިނިއަލް ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Pineal gland) އަކީ ސިކުނޑި ތެރޭގައި އިންނަ ކުޑަ އިންޑަކްރިން ގްލޭންޑް އެކެވެ. ކުޑަ ފެހި އޮށެއް ވަރުގެ މިގްލޭންޑް އިންނަނީ ސިކުނޑި ގެ ދެފަޅި ދެމެދުން މެދުތެރެއާއި ކައިރީގައެވެ. މިގްލޭންޑް އިން ބޭރުކުރާ ހޯރމޯން އަކީ މިލަޓޯނިން އެވެ.

ޕިނިއަލް ގްލޭންޑް އިން ދޫކުރާ ހޯރމޯން ތިރީގައި މިވަނީއެވެ

ޕިޓޫއިޓަރީ ގްލޭންޑް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕިޓޫއިޓަރީ ގްލޭންޑް

ޕިޓޫއިޓަރީ ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Pituitary gland) އަކީ ސިކުނޑިގެ ބުނޑުގަނޑުގައި ނުވަތަ ދަށުގައި އިންނަ ފެހި އޮށެއްގެ ވަރުވާ އިންޑަކްރިން ގްލޭންޑް އެކެވެ. މިގްލޭންޑް އިންނަނީ ސެލާ ޓާސިކާ(Sella turcica) ކިޔާ ކަށިން އުފެދިފައިވާ ހުސްތަނެއްގެ ތެރޭގައެވެ. މިބުނި ކަށީގެ ހޮހަޅަ އިންނަނީ ބޮލުގެ ނާށިގަނޑުގެ ތެރޭގައި އެތެރެން ހުންނަ ކަށިގަނޑުތަކުގެ ތެރޭގައި ހިމެނޭ ސްފީނޮއިޑް ކަށިގަނޑު(Sphenoid bone) ގެ ތެރޭގައެވެ. ޕިޓޫއިޓަރީ ގްލޭންޑް އިން އެހެން އިންޑަކްރިން ގްލޭންޑްތައް ހީވާގިކޮށް މުރާލިކުރާވާ ހޯރމޯންތައް ދޫކުރެއެވެ

ކުރިމަތީ ޕިޓޫއިޓަރީ ލޯބް

ފަހަތު ޕިޓޫއިޓަރީ ލޯބް

މެދުތެރޭ ޕިޓޫއިޓަރީ ލޯބް

ތައިރޮއިޑް ގްލޭންޑް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ތައިރޮއިޑް ގްލޭންޑް

ތައިރޮއިޑް ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Thyroid gland) އަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު އެންޑަކްރިން ގްލޭންޑް އެވެ. ތައިރޮއިޑް ގްލޭންޑް އިންނަނީ ކަރުގެ މެދެއްހާ ހިސާބުން އެޑަމްސް އެޕަލްގެ ތިރީގައެވެ. ތައިރޮއިޑް ގްލޭންޑް އިން އުފައްދައި ދޫކުރާ ހޯރމޯންތަކުން ހަށިގަނޑުގައި ހަކަތަ އެންދުން އަދި ޕްރޮޓީން އުފެއްދުން ފަދަ މަސައްކަތްތަކުގައި ބައިވެރިވެއެވެ.

ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ހޯރމޯންތައް

ޕަރަތައިރޮއިޑް ގްލޭންޑް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕަރަތައިރޮއިޑް ގްލޭންޑް

ޕަރަތައިރޮއިޑް ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Parathyroid) އަކީ ކަރުގައި ތައިރޮއިޑް ގްލޭންޑް ގެ ފަހަތުގައި އިންނަ ކުޑަ އެންޑަކްރިން ގްލޭންޑް އެކެވެ. މަދުން ނަމަވެސް ތައިރޮއިޑް ގްލޭންޑްގެ ތެރޭގައި ޕަރަތައިރޮއިޑް ގްލޭންޑް ހުންނަކަން ފާހަގަ ކުރެވެއެވެ. މިގްލޭންޑް އިން އުފައްދައި ދޫކުރާ މައިގަނޑު ހޯރމޯން އަކީ ޕަރަތައިރޮއިޑް ހޯރމޯން އެވެ. އާއްމު ގޮތެއްގައި 4 ޕަރަތައިރޮއިޑް ގްލޭންޑް ހުރެއެވެ. ނަމަވެސް ބައެއް މީހުންގެ 6 ނުވަތަ 8 ޕަރަތައިރޮއިޑް ގްލޭންޑް ހުރުމަކީ ވެސް ވެދާނެ ގޮތެކެވެ.

ޕަރަތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ހޯރމޯން

ހިތް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހިތް

ހިތް ނުވަތަ (އިނގިރޭސި ބަހުން: Heart)މިއި އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ގުނަވަނެވެ. ހިތަކީ ހިތަށް ޚާއްޞަ މަސްތަކަކުން އުފެދިފައި އޮންނަ ގުނަވަނެކެވެ. ހަށިގަނޑު އެކި ހިސާބުތަކަށް ބޭނުންވާ ލޭ ފޮނުވައިދެނީ ހިތުން ކުރިފަޅައި ނިކުމެފައިވާ ބޮޑު ލޭނާރަކުންނެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ ކާޑިއެކް (Cardiac)މިބަހުން ދޭހަވަނީ ހިތާއި ގުޅުންހުރި މިހެންނެވެ. ހިތް އުފެދިފައިވަނީ ކުރިންވެސް ބުނިހެން ހިތަށް ޚާއްޞަ މަހުގެ ވައްތަރަކުންނެވެ. އެއީ ހިތު މަސް(Cardiac muscle) އެވެ.

ހިތުން ބޭރުކުރާ ހޯރމޯންތައް

މައިދާ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މައިދާ

މައިދާ ނުވަތަ (އިނގިރޭސި ބަހުން: Stomach) އަކީ ތޮޅިއެއްގެ ބައްޓަމަށް އެތެރެ ހުސްކޮށްއޮންނަ މަޑު މަސް އިން އުފެދިފައިވާ ގުނަވަނެކެވެ. ކާތަކެތި ހަފައި ދިރުވުމަށްފަހު، އަންނަ ހަޖަމުކުރުމުގެ ދެވަނަ މަރުޙަލާ ފުރިހަމަ ކުރަނީ މައިދާގެ ތެރޭގައެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ ގެސްޓްރިކް، ގެސްްޓްރޯ(Gastric/Gastro) މިބަސްތަކުން ދޭހަކޮށްދެނީ ބަނޑާއި ގުޅުންހުރި، ނުވަތަ މައިދާއާ ގުޅުންހުރި މިހެންނެވެ.

މައިދާ އިން ދޫކުރާ ހޯރމޯންތައް

ކުޑަ ގޮހޮރު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކުޑަ ގޮހޮރު

ކުޑަ ގޮހޮރު ނުވަތަ (އިނގިރޭސި ބަހުން: Small intestine) އަކީ ހަޖަމުކުރާ ނިޒާމް ގައި މައިދާ އަދި ބޮޑު ގޮހޮރު އާ ދެމެދުގައިވާ ގުނަވަނެކެވެ.

ކުޑަ ގޮހޮރު އެކުލެވިގެންވަނީ 3 ބައެއްގެ މައްޗަށެވެ. އެބައިތައް ތިރީގައި މިވަނީ އެވެ.

  • ކުޑަ ގޮހޮރު ގެ ފުރަތަމަ ބައި ނުވަތަ ޑުއަޑީނަމް(Duodenum)
  • ކުޑަ ގޮހޮރު ގެ މެދުބައި ނުވަތަ ޖެޖޫނަމް(Jejunum)
  • ކުޑަ ގޮހޮރު ގެ ފަހުބައި ނުވަތަ އިލިއަމް (Ileum)

ކުޑަ ގޮހޮރު އިން ދޫކުރާ ހޯރމޯންތައް

ފުރަމޭ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފުރަމޭ

ފުރަމޭ ނުވަތަ (އިނގިރޭސި ބަހުން: Liver) އަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ.މިއީ ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމް(Metabolism) ގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ތަފާތު އެތައް ވަޒީފާތަކެއް މިގުނަވަނުން އަދާކުރެއެވެ. އޭގެ ތެރޭގައި ގްލައިކަޖަން(Glycogen) ރައްކާކުރުން، ޕްލާޒްމާ ޕްރޮޓީން(Plasma protein) އުފެއްދުން، އަދި ލޭގެ ތެރޭގައި ހުންނަ ވިހަސާފުކުރުން ހިމެނެއެވެ.

ފުރަމޭ އިން ދޫކުރާ ހޯރމޯންތައް

ޗިސްމޭ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޗިސްމޭ

ޗިސްމޭ ނުވަތަ (އިނގިރޭސި ބަހުން: Pancreas) އަކީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ. އަދި އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގްލޭންޑް އެއް ވެސް މެއެވެ. ޗިސްމޭ އަކީ އެކްސަކްރިން އަދި އެންޑަކްރިން ގްލޭންޑް އެއްގެ ގޮތުގައި ބެލެވޭ ގުނަވަނެކެވެ. އެކްސަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވެނީ ހަޖަމުކުރާ އެންޒައިމްތައް ހިމެނޭ ޗިސްމޭ ޖޫސް އުފައްދައި ދޫކުރާތީއެވެ. އެންޑަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވެނީ ތަފާތު ހޯރމޯންތައް އުފައްދައި ދޫކުރާތީ އެވެ.

ޗިސްމޭ އިން ދޫކުރާ ހޯރމޯންތައް

ގުރުދާ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ގުރުދާ

ކޮންމެ އިންސާނެއްގެ ހަށިގަނޑުގެ ތެރޭގައި ދެ ގުރުދާ ނުވަތަ (އިނގިރޭސި ބަހުން: Kidneys) އަކީ ވެއެވެ.އެއީ ކޮންމެ ފަރާތެއްގައި ގުރުދާ އެކެވެ. ތޮޅި-އޮށެއްގެ ބައްޓަމަށް ސާބޯނި ބުރިއެއް ވަރުވާ ގުރުދާ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި އޮންނަނީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަންތަކުގެ ފަހަތުގައެވެ. އެއީ ގާތްގަނޑަކަށް މޭކަށިތައް ނިމޭ ހިސާބު ގައެވެ. އަދި މައިބަދައިގެ ކަށިތަކުގެ ތެރޭގައި ހިމެނޭ ލަމްބާރ ވާޓެބްރާ ތައް ހުންނަ ހިސާބާއި ކައިރީގައެވެ. ގުރުދާގެ ވަށައިގެން މަތީގައި ކޮންމެވެސް ވަރަކަށް ޕެރިނެފްރިކް ފެޓް އޭ ކިޔޭ ސަރުބީގެ ވައްތަރެއް ޖަމާވެފައި ހުރެއެވެ. މިބުނި ފެޓްގެ ތެރޭގައި ކޮންމެ ގުރުދާއެއްގެ މަތީގައި އެޑްރީނަލް ގްލޭންޑް(Adrenal gland)އޭ ކިޔޭ ހޯރމޯން ބޭރުކުރާ ގޮށެއް އިދެއެވެ.

ގުރުދާ އިން ދޫކުރާ ހޯރމޯންތައް

އެޑްރީނަލް ގްލޭންޑް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އެޑްރީނަލް ގްލޭންޑް

އެޑްރީނަލް ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Adrenal glands) އަކީ ކޮންމެ ގުރުދާ އެއްގެ މަތީގައި ތިނެސްކަން ބައްޓަމަށް އިންނަ އެންޑަކްރިން ގްލޭންޑް އެކެވެ. މިގްލޭންޑް ތަކަށް ސްޕްރަރީނަލް ގްލޭންޑް(Suprarenal gland) އޭ ވެސް ކިޔައެވެ. ސްޓްރެސް ކޮންޓްރޯލް ކުރުމުގައި ހަށިގަނޑުން މަސްއޫލުވާ މައިގަނޑު އެއް ގްލޭންޑް އަކީ މިއީއެވެ. ކޯޓިކޯ ސްޓީރޮއިޑް ތައް އަދި ކެޓިކޮލަމީން ތައް އުފައްދައި ދޫކުރަނީ މިގްލޭންޑް ގެ ސެލްތަކުންނެވެ.

އެޑްރީނަލް ކޯޓެކްސް އިން ދޫކުރާ ހޯރމޯންތައް

އެޑްރީނަލް މިޑުލާ އިން ދޫކުރާ ހޯރމޯންތައް

އުރަވަޅި[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އުރަވަޅި

ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގެ ބައިތަކުގެ ތެރޭގައި ހިމެނޭ އުރަވަޅި ނުވަތަ(އިނގިރޭސި ބަހުން: Scrotum)އަކީ އޮށް އެއެއްޗެއްގެ ތެރޭގައި އޮންނަ ކޮތަޅެވެ. ފިރިހެނާ ބާލިޣުވުމުން އުރަވަޅީގެ ހަންގަނޑުގައި އިސްތަށި ފަޅައެވެ. އުރަވަޅީގެ ވަޒީފާ އަކީ އޮށުގެ ފިނިހޫނުމިން ވަކި މިންވަރެއްގައި ބެހެއްޓުމެވެ. އާއްމު ގޮތެއްގައި އޮށުގެ ފިނިހޫނުމިން ހަށިގަނޑުގެ އެހެން ހިސާބު ތަކަށްވުރެ ދަށްވާނެއެވެ. އޮށުގައި ހުންނަން ޖެހޭ ނަމޫނާ ފިނިހޫނުމިނެއް ކަމަށް ބެލެވެނީ 34.4 ޑިގްރީ ސެލްޒިއަސް އެވެ. ހަށިގަނޑު ޢާންމު ފިނިހޫނުމިން 36.7 ޑިގްރީ ސެލްޒިއަސް އަށް އޮށުގެ ފިނިހޫނުމިން ހިގައްޖެ ނަމަ ފިރިހެނާގެ ދަރިފަނި ނުވަތަ މަނަވީ ޙައިވާނަށް ގެއްލުން ލިބެއެވެ.

އުރަވަޅިން ދޫކުރާ ހޯރމޯންތައް

ބިސްރަވަ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބިސްރަވަ

ބިސްރަވަ އަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ބިސް އުފައްދާ ތަނެވެ. ކޮންމެ އަންހެނެއްގެ ދެ ބިސްރަވަ އިނދެއެވެ. ފިރިހެނުންގެ ހަށިގަނޑުގައި ބިސްރަވަ އާއި އެއްގޮތް ވަޒީފާއެއް އަދާކުރާ އެއްޗަކީ އޮށެވެ. އެއީ އޮށުގެ ތެރޭގައި ދަރިފަނި ނުވަތަ މަނަވީ ޙައިވާން ނުވަތަ މަނި އުފައްދާތީ އެވެ. ބިސްރަވަ އިން ބިސް އުފެއްދުމުގެ އިތުރުން ބައެއް ކަހަލަ ހޯރމޯންތައް އުފައްދައެވެ. މިގޮތުން ބިސްރަވަ އިން އުފައްދައިދޭ އެންމެ އާއްމު އަދި މުހިއްމު ދެ ހޯރމޯން އަކީ އެސްޓްރަޖަން(Oestrogen)އަދި ޕްރޮޖެސްޓަރޯން(Progesterone) އެވެ.

ބިސްރަވަ އިން ދޫކުރާ ހޯރމޯންތައް

ވިހާއިރު ފައިބާ މަސް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ވިހާއިރު ފައިބާ މަސް

ވިހާއިރު ފައިބާ މަސް (އިނގިރޭސި ބަހުން: Placenta) އަކީ މާބަނޑު ދުވަސްވަރު އަންހެނުންގެ ހަށިގަނޑުގައި އަށަގަންނަ ވަގުތީ ގުނަވަނެކެވެ. ކުޑަ ދަރިފުޅާ މައިމީހާ އާ ދެމެދު ގޭސްތައް ބަދަލުކުރުވައި، އަދި ކުޑަ ދަރިފުޅަށް ބޭނުންވާ ކާނާގެ ބައިތައް މަންމަގެ ހަށިގަނޑު ކުޑަދަރިފުޅުގެ ހަށިގަނޑަށް ވާޞިލްވަނީ މަސް ހުރަސް ކޮށެވެ.

މަސް އިން ދޫކުރާ ހޯރމޯންތައް

ރަހިމު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރަހިމު

ރަހިމު ނުވަތަ(އިނގިރޭސި ބަހުން: Uterus) އަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ މައި ގުނަވަނަކީ ރަހިމެވެ. ނުވަތަ މިއީ މިނިޒާމްގައި ހިމެނޭ އެންމެ މުހިއްމު އެއްގުނަވަނެވެ. ރަހިމުގެ މަތިން ކުރިންވެސް ބުނިހެން ދެފަރާތުގައި ދެ ބިސްދަތުރުކުރާ ހޮޅި ރަހިމާއި ގުޅިފައި ވެއެވެ. ރަހިމުގެ ތިރީ ބަޔަކީ ރަހިމުގެ ކަރެވެ. މިބައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނަށް ހުޅުވޭ ގޮތަށެވެ. ބިސްރަވައިގައި އުފައްދާ ބިސް ބިސްދަތުރުކުރާ ހޮޅި ކަނޑަތުކޮށް ރަހިމަށް ވާޞިލްވެ، ފިރިހެނާ ޖިންސީ ގުޅުމުގެ ތެރޭގައި އަންހެނާގެ ހަށިގަނޑަށް ދޫކޮށްލާ މަނަވީ ޙައިވާން އާ ބައްދަލުވެއްޖެނަމަ ބިސް ރަހިމުގައި ފާރުގައި މުޑުވަށްވެ، އިންދައެވެ. އަދި ރަހިމުގެ ތެރޭގައި ދަރިފުޅު އަށަގަނެ ބޮޑުވަމުން އާދެއެވެ.

ރަހިމުން ދޫކުރާ ހޯރމޯންތައް

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]