Jump to content

އިންޑިޔާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ India އިން)
Republic of India
Bhārat Gaṇarājya
Three lions facing left, right, and toward viewer, atop a frieze containing a galloping horse, a 24-spoke wheel, and an elephant. Underneath is a motto: "सत्यमेव जयते".
Emblem
މޮޓޯ: "Satyameva Jayate" (language?)
"Truth Alone Triumphs"[1]
ގައުމީ ސަލާމް: Jana Gana Mana
"Thou art the rulers of the minds of all people"[2][3]
National song:
Vande Mataram
"I Bow to Thee, Mother"[lower-alpha 1][1][3]
Image of a globe centred on India, with India highlighted.
Area controlled by India shown in dark green;
claimed but uncontrolled regions shown in light green.
ވެރިރަށްNew Delhi
Largest cityMumbai
ރަސްމީ ބަސްތައް
އާންމު ސަރަހައްދީ ބަސްތައް
National languageNone
ޑިމޮނިމްIndian
ސަރުކާރުFederal parliamentary
constitutional republic[1]
 Presidentleader_title1 = President
Droupadi Murmu
Jagdeep Dhankhar
Narendra Modi
Bhushan Ramkrishna Gavai [6]
Om Birla
ޤާނޫނު ހަދާ މަޖިލިސްParliament of India
Rajya Sabha
Lok Sabha
 Dominion
15 August 1947
 Republic
26 January 1950
ސަރަޙައްދު
 Total
[convert: invalid number][lower-alpha 2] (7th)
 Water (%)
9.6
 2011 census
1,210,193,422[7] (2nd)
 Density
432.8/km2 (1,120.9/sq mi) (31st)
ޖީޑީޕީ (ޕީޕީޕީ)2015 estimate
 ޖުމްލަ
$7.997 trillion[8] (3rd)
 ބޮލަކަށް ޖެހެނީ
$6,266[8] (124th)
ޖީޑީޕީ (nominal)2015 estimate
 ޖުމްލަ
$2.308 trillion[8] (7th)
 ބޮލަކަށް ޖެހެނީ
$1,808[8] (141st)
ޖިނީ (2010)33.9[9]
medium (79th)
އެޗްޑީއައި (2013)Steady 0.586[10]
medium (135th)
ފައިސާIndian rupee (₹) (INR)
ޓައިމް ޒޯންޔޫޓީސީ+05:30 (IST)
 ސަމާ (ޑީއެސްޓީ)
ޔޫޓީސީ+05:30 (not observed)
ތާރީޚު ފޯމެޓްdd-mm-yyyy (CE)
ޑްރައިވިންގ ސައިޑްleft
ކޯލް ކޯޑް+91
އައިއެސްއޯ 3166 ކޯޑްIN
އިންޓަރނެޓް ޓީއެލްޑީ.in

އިންޑިޔާ އަކީ (ހިންދީބަހުން: भारत गणराज्य)، ނުވަތަ ޢާއްމު ބަހުރުވާގައި ކިޔާ ގޮތަށް ނަމަ އުތުރުކަރަ އަކީ ދެކުނު އޭޝިޔާ އަށް ނިސްބަތް ވާ މިނިވަން ޤައުމެކެވެ. ޖުޣުރާފީ (ޖިއޮގްރަފީ) އަކަމިނަށް ބަލާއިރު މިއީ ހަތްވަނައަށް އެއްމެ ބޮޑު ޤައުމެވެ. ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމު ވެސް މެއެވެ. އަދި ދުނިޔޭގައި މިވަގުތު އޮތް އެއްމެ ބައިގިނަ ލިބަރަލް ޑިމޮކްރަސީ އަކީ ވެސް އިންޑިޔާއެވެ. ޤައުމުގެ އިން ދެކުނު ބިތުން ގޮސް ގުޅެނީ ހިންދު ކަނޑާއެވެ. ހުޅަނގު ބިތުން ޢަރަބި ކަނޑާއެވެ. އިރުމަތީ ބިތުން ބޭ އޮފް ބެންގާލާއެވެ. އިންޑިޔާގެ ކިނާރީފަށުގައި 7000 ކިލޯމީޓަރު ހުރެއެވެ. ހުޅަނގު ބިތުގެ އިން ގުޅެނީ ޕާކިސްތާން އިމާއެވެ. އިރުއުތުރު އިން ގުޅެނީ ސީނުކަރަ އާއި ނޭޕާލާއި ބޫޓާނާ މިޤައުމުތަކުގެ އިމާއެވެ. އިރުމަތީ އިން ގުޅެނީ ބަރުމާ އާއި ބަންގާޅާ (ބަންގްލާދޭޝް) މި ދެ ޤައުމުގެ އިމާއެވެ. އިންޑިޔާ އަކީ، ހިންދު ކަނޑުގައި އޮތް އޮޅުދޫކަރަ އާއި ދިވެހިރާއްޖެއާއި އިންޑޮނޭޝިޔާގެ އަވަށްޓެރިއާ (Vicinity) އެވެ.

އިންޑިޔާ އަކީ، ސިންދު ވާދީ ރަށްވެހިކަމުގެ ގޮވައްޗެވެ. ތާރީޚީ ވިޔަފާރި މަގު ތަކުގެ ސަރަޙައްދެވެ. ބޮޑެތި އަންބަރާޠޫރިއްޔަތުތަކެއް އުފެދުނު ބިމެވެ. ހިންދުސްތާނީ ބައްރެސަޣީރުގެ ދިގު ތާރީޚުގައި އެތަން މަޝްހޫރުވެފައިވަނީ ވިޔަފާރިއާ ސަގާފީ މުއްސަނދިކަމުގެ މަންޒިލެއްގެ ގޮތުގައެވެ. ދުނިޔޭގެ މައި ދީންތަކުގެ ތެރެއިން ހިންދޫދީނާއި ބުދުދީނާއި ޖައިނިޒަމާއި ސިކުދީން އުފަންވީ އިންޑިޔާގެ ބިމުގައެވެ. މީލާދީން ފުރަތަމަ ސާސްކަފުގައި އިސްލާމްދީނާއި ޢީސާއީދީނާއި ޔަހޫދީދީނާއި ފާރިސީދީން އިންޑިޔާ އަށް ތަޢާރަފުވިއެވެ. ތަފާތުދީންތަކުގެ ސަބަބުން މި ސަރަޙައްދުގެ މީހުންގެ ސަގާފަތަށް ބޮޑެތި ބަދަލުތަކެއް އައިސް މިސަރަޙައްދަކީ ތަފާތު އެތައް ސަގާފަތެއް ފެނިގެންދާ ސަގާފީ މަރުކަޒަކަށް ވެގެން ދިއައެވެ. 18 ވަނަ ޤަރުނުގެ ކުރީކޮޅުގައި ބްރިޓިޝް އީސްޓް އިންޑިޔާ ކޮންޕެނީ މީހުން އިންޑިޔާ އަށް އައެވެ. އަދި 19 ވަނަ ޤަރުނުގެ މެދެއްހާ ތާގައި އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށަށް އިންޑިޔާ ދިއައެވެ. ތަފާތު އެތައް ދުވަހެއްގެ ޞުލްޙަވެރި ޙަރަކާތްތަކެއްގެ ފަހުން 1947 ވަނަ އަހަރު އިންޑިޔާ، ޒަމާނީ ޤައުމެއްގެ ގޮތުގައި މިނިވަން ވިއެވެ.

ދުނިޔޭގެ 12 ވަނަ އަށް އެއްމެ ބޮޑު އިޤްތިޞާދަށް ވުމުގެ އިތުރުން ހަތަރުވަނަ އަށް އެންމެ ގިނައިން މުދާ ގަންނަ ޤައުމަށް ވުމުގެ ސަބަބުން ފާއިތުވި ދަހައިގެ ތެރޭގައި އިންޑިޔާ އަށް ވަނީ ވަރަށް ބޮޑު އިޤްތިޞާދީ ކުރިއެރުން ތަކެއް ލިބިފައެވެ. ޤައުމުގެ ދިރިއުޅުމުގެ ޙާލަތު ކުރިޔަށް އޮތް ބައި ޤަރުނު ތެރޭގައި ވަރަށް ހަލުއިކޮށް ކުރިޔަށް ދާނެކަމަށް ބެލެވޭ ހިނދު، ތިމާވެށީގެ ރޮނގުންނާއި، ފަޤީރުވުމުގެ ސަބަބުން އަދި ލިޔަންކިޔަން ނުދަތުމާއި ބަނޑުހައި ހޫނުކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. ތަފާތު ބަސްބަހުން ވާހަކަ ދައްކާ ތަފާތު ނަސްލުގެ ތަފާތު ދީންތަކުގެ މީހުންގެ ގޮވައްޗެއް ކަމުގައިވާ މިޤައުމުގައި ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދު ތަކުގައި ތަފާތު އެތައް ވައްތަރެއްގެ ޖަނަވާރު ދިރިއުޅެމުން ދެއެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިންޑިޔާ އަށް ނިސްބަތްކުރެވޭ ނަންތަކުގެ އަޞްލު

އިންޑިޔާ، މިބަސް ނެގިފައިވަނީ އިންޑަސް މި ބަހުންނެވެ. މިއީ ސިންދު ކޯރުގެ ނަމަށް ނިސްބަތްކޮށް ބޯދާ ފާރިސީ ބަހުން ބޭނުންކުރެވޭ ހިންދު މި ލަފްޒުން ހެދިފައިވާ ބަހެކެވެ. ޤަދީމީ ޔޫނާނީންގެ ގާތުގައި އިންޑިޔާ މީހުންނަކީ "އިންޑޮއި" މީހުންނެވެ. ނުވަތަ ސިންދުގެ އަހުލުވެރިންނެވެ. އިންޑިޔާގެ ޤާނޫނު އަސާސީގައި ޤައުމުގެ ނަމެއްގެ ގޮތުގައި ބޭނުން ކުރެވިފައިވަނީ "ބާހރައްތް" މިނަމެވެ. "ހިންދުސްތާން" މިނަމަކީ ފާރިސީ އަޞްލުގެ ނަމެކެވެ. އުރުދޫ ބަހުންވެސް ބޭނުން ކުރަނީ "ހިންދުސްތާން" މި ނަމެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިންޑިޔާގެ ތާރީޚު

މަދްޔަ ޕްރަދޭޝްގެ ބިންބެޓްކާގައިވާ ހިލައިގެ ޒަމާނުގެ، ކުރެހުން އަޅާފައިވާ ގަލުވެހި (rock shelter) ތަކަކީ އިންޑިޔާގައި އިންސާނުން ދިރިއުޅުނުކަމަށް ފެންނަން ހުރި އެއްމެ ބޯދާ ނިޝާންތަކެވެ. ދާއިމީ ވަޒަންވެރިކަމެއްގެ ގޮތުގައި ފުރަތަމަ ފެންނަން އޮތް ވަޒަންވެރިކަމަކީ މީގެ 9000 އަހަރު ކުރީގެ ވަޒަންވެރިކަމެވެ. މި ވަޒަންވެރިކަން ހުޅަނގު ހިންދުސްތާނުގައި ސިންދު ވާދީ ރަށްވެހިކަމުގެ ގޮތުގައި ޢީސާއީ މީލާދުގެ 3300 އަހަރު ކުރިއާ ހަމައިގައި ތަރައްޤީ ވިއެވެ. މީގެ ފަހުން އައީ ވޭދީ ރަށްވެހިކަމެވެ. މި ރަށްވެހި ކަމުގައި ހިންދޫދީނާއި މުސްކުޅި ހިންދުސްތާނީ މުޖުތަމަޢުގެ ސަގާފަތުގެ ބިންގާ އެޅިގެން ދިޔައެވެ. ޢީސާއީ މީލާދުގެ 550 އަހަރު ކުރިން ފެށިގެން ބައިވަރު މިނިވަން ރަސްކަން ތަކާއި މަހަޖަނަޕަދާސްގެ ގޮތުގައި އެނގިގެންވާ ޖުމްހޫރިއްޔާތައް ޤައުމުގެ އެތަން މިތަނުގައި ޤާއިމުވިއެވެ.

މަހަރަޝްޓްރާ ގެ އައުރަންގުއާބާދުގައިވާ އަޖަންތާ ހޮހޮޅަތަކުގައިވާ ކުރެހުންތައް.

ޢީސާއީ މީލާދުގެ ތިން ޤަރުނު ކުރިން މައުރިޔާ ޚާންދާނުން ބިނާކުރި އެމްޕަޔަރ، އެމްޕެރަރ އަޝޯކާގެ ދަށުގައި ދެކުނު އޭޝިޔާގެ ބޮޑު ބައި އެއްބައި ކުރިއެވެ. ޢީސާއީ މީލާދުގެ 180 އަހަރު ކުރީން ފެށިގެން މެދުރެތޭ އޭޝިޔާ އިން ޙަމަލާތަކުގެ ސިލްސިލާއަކާ ކުރިމަތި ކުރިއެވެ. މީގެ ތެރޭގައި ބައްރެ ސަޣީރުގެ ހުޅަނގު އުތުރުގައި، ޔޫނާނީ-ހިންދު، ހިންދު-ސްކައިތިއަން، ހިންދު-ޕާރަތިއަން، އަދި ކުޝަންގެ ފަރާތުން އިސްވެ ތިބެގެން ކުރި ކަންތައްތައް ހިމެނެއެވެ. މީލާދީން ތިންވަނަ ޤަރުނުގައި ގުޕްތާ ޚާންދާނުގެ ވެރިކަމުގައި އިންޑިޔާގެ ރަންޒަމާން ކަމުގައި ބެލެވޭ ދުވަސްވަރު އައެވެ. މި ދުވަސްވަރު އުތުރުގައި މަދު އެހެނަސް ބިޔަ ރަސްކަން އުފެދިފައި އޮތެވެ. ދެކުނު އިންޑިޔާގައި ތަފާތު ޚަންދާން ތަކުގެ ރަސްކަން އޮތެވެ. މީގެތެރޭގައި ޗަލުކިޔާސް އާއި ޗޯޅާއާއި ޕައްލަވާސް އައި ޕަންޑިޔާސް ހިމެނެއެވެ. މިއިން ކޮންމެ ރަސްކަމެއް ދުވަސްވަރާއި ސަރަޙައްދުގެ ދާއިރާއަށް ބަލާއިރު އެއް ދުވަސްވަރެއްގައި އެއް ސަރަޙައްދުތަކެއް ވެރިކަމުގެ ދާއިރާ ކަމުގައި ބަލައި އުޅުނެވެ. މިރަސްކަން އޮތް ދުވަސްވަރުގައި ސައެންސާއި ހަންދަސާ (އިންޖިނިއަރިން) އާއި ފައްނާއި އަދަބިއްޔާތާއި ފަލަކީ ޢިލްމާއި ފަލްސަފާ ތަރައްޤީވެގެން ދިޔައެވެ.

މެދުތެރޭ އޭޝިޔާ އިން ދިހަވަނަ އަދި ބާރަވަނަ ޤަރުނުގައި އައި ޙަމަލާތަކުގެ ފަހުން އުތުރު އިންޑިޔާގެ ބޮޑުބައި ސަލްޠަނަތު ދިއްލީ ގެ ދަށަށް އަދި ފަހުން މުޣަލް ޚާންދާނުގެ ވެރިކަމުގެ ދަށަށް އައެވެ. މުޣަލް ރަސް ރަސްކަލުން އެބޭފުޅުންގެ ރަސްކަން ފުޅާކޮށް ބައްރެސަޣީރުގެ ބޮޑުބައި ކޮންޓްރޯލް ކުރިއެވެ. އެހެން ނަމަވެސް ދޭސީ ރަސްކަންތައް ދެކުނުގައި ފޮޅެމުން ދިޔައެވެ. މީގެ ތެރޭގައ ވިޖަޔާނަގަރަ އެމްޕައަރ ފާހަގަކޮށް ލެވެއެވެ. 17 ވަނަ ޤަރުނާއި 18 ވަނަ ޤަރުނުގައި މުޣަލް ރަސްކަމުގެ ބާރު ކުޑަވެ މަރާތާ އެމްޕައަރގެ ބާރު ގަދަވެގެން ދިއައެވެ. 16 ވަނަ ޤަރުނުން ފެށިގެން ޔޫރަޕުގެ ތަފާތު ޤައުމުތަކުން ވިޔަފާރި ވެރިންގެ ގޮތުގައި އިންޑިޔާއަށް މީހުން ފައިބަން ފެށިއެވެ. މީގެ ތެރޭގައި ޕޯޗުގަލް އާއި ހޮލެންޑާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ މީހުން ހިމެނެއެވެ. ފަހުން މި މީހުންގެ މަސައްކަތުން އިސްތިޢުމާރަށް ފުރުޞަތު ހޯދިއެވެ. 1856 ވަނަ އަހަރު އައި އިރު އިންޑިޔާގެ ބޮޑު ބައި އޮތީ ބްރިޓިޝް އީސްޓް އިންޑިޔާ ކޮމްޕެނީގެ ދަށުގައެވެ. މީގެ އަހަރެއް ފަހުން މުޅި އިންޑިޔާ ގުޅިގެން ކުރި އިންޑިޔާގެ މިނިވަން ކަމުގެ ފުރަތަމަ ހަނގުރާމަ ނުވަތަ ސެޕޮއި މިއުޓިނީގައި އިންޑިޔާ ބަލިވެ، އިނގިރޭސިންގެ ވެރިކަމުގެ ދަށަށް ފުރިހަމަ މާނާގައި އިންޑިޔާ ދިއައެވެ. އަދި ބްރިޓިޝް އެމްޕެއަރގެ ކޮލޮނީއެއްގެ ގޮތުގައި ހަމަޖެހުނެވެ.

މަހާތުމާ ގާނދީ (ކަނާތްފަރާތުގައި) އިންޑިޔާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރުލާލް ނެހުރޫ އާ އެކު.

ވިހިވަނަ ޤަރުނުގެ ކުރީކޮޅު، އިންޑިޔަން ނެޝަނަލް ކޮންގެރެސް އާއި އެހެނިހެން ސިޔާސީ މުނައްޒަމާތައް ގުޅިގެން މިނިވަންކަމުގެ ޙރަކާތް މުޅި ޤައުމުގައި ފެއްޓިއެވެ. މަހާތުމާ ގާނދީ އާ އެކު އެތައް މިލިއަން މީހުން އަހިމްސާގެ އުޞޫލުގެ މަތިން މަދަނީ ބަސްނޭހުމުގެ އެތައް ޙަރަކާތެއް ހިންގަމުން ދިޔައެވެ. އޮގަސްޓު 15، 1947 ގައި އިންޑިޔާއަށް އިނގިރޭސިންގެ ކިބައިން މިނިވަންކަން ލިބުނު އިރު އިންޑިޔާގެ މުސްލިމް އާބާދީ ބޮޑު ސަރަޙައްދުތައް ވަނީ ޕާކިސްތާނުގެ ނަމުގައި ވަކި ޤައުމެއްގެ ގޮތުގައި ހަމަ ޖެހިގެން ގޮސްފައެވެ. އިންޑިޔާއަށް މިނިވަންކަން ލިބުނުތާ ތިން އަހަރު ފަހުން، ޖެނުއަރީ 26، 1950 ގައި އިންޑިޔާ ޖުމްހޫރިއްޔަތަކަށް ބަދަލުވިއެވެ. އަދި އާ ޤާނޫނު އަސާސީއެއް ވުޖޫދަށް އައެވެ.

މިނިވަން ވުމަށް ފަހުގައި ތަފާތު މަޒުހަބީ ކުރިމަތިލުންތަކާއި ހަމަނުޖެހުންތައް ތަޖުރިބާ ކުރަމުން ދިޔަ ނަމަވެސް އެ ޤައުމުން ދަނީ ޤައުމުގެ އެއްބައިވަންތަކަމާއި ޑިމޮކްރަސީ ދަމަހައްޓަމުންނެވެ. ބޯޑަރުގެ މައްސަލަތަކެއްގެ ސަބަބުން 1962 ވަނަ އަހަރު ސީނުކަރައާ ދެމެދު ސީނީ-ހިންދު ހަނގުރާމަ އާ ކުރިމަތިލާން ޖެހުނެވެ. އަދި ހަމަ އެފަދައިން 1947، 1965، 1971، އަދި 1999 (ކާރްގިލް) ގައި ޕާކިސްތާނާ އެކު ހަނގުރާމައިގެ މައިދާނުން ބައްދަލުކުރަން ޖެހުނެވެ. އިންޑިޔާއަކީ ވަކިފަރާތަކަށް ނުޖެހޭ ޙަރަކާތުގެ މުއައްސިސުންގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި ބްރިޓިޝް އިންޑިޔާގެ ގޮތުގައި އ.ދ އުފެއްދުމުގައިވެސް އިންޑިޔާ ވަނީ މުހިއްމު ދައުރެއް ކުޅެފައެވެ. 1974 ގައި އިންޑިޔާއިން ވަނީ ބިމު އަޑީގައި ނިއުކުލިއަރ ޓެސްޓެއް ކޮށްފައެވެ. މީގެ ފަހުން 1998 ގައި މިފަދަ ފަސް ޓެސްޓު އެ ޤައުމުން ކޮށްފައި ވެއެވެ. 1991 އިން ފެށިގެން އިންޑިޔާގެ އިޤްތިޞާދަށް ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ސަބަބުން އެ ޤައުމަކީ ދުނިޔޭގައި އެއްމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އިޤްތިޞާދު އޮތް ޤައުމެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިންޑިޔާގެ ސަރުކާރު
National symbols of the Republic of India (Official)
National animal
National bird
National tree
National flower
National heritage animal
National aquatic marine mammal
National reptile
National heritage mammal
National fruit
National temple
National river
National mountain

އިންޑިޔާއަކީ ދުނިޔޭގައި އޮތް އެއްމެ ބިޔަ ޑިމޮކްރަސީ އެވެ. އިންޑިޔާގެ ޤާނޫނުއަސާސީ ބުނާގޮތުން އިންޑިޔާ އަކީ މިނިވަން، އިޝްތިރާކީ، ސެކިއުލާ، ދީމުޤުރާޠީ ޖުމްހޫރިއްޔާ އެކެވެ. އިންޑިޔާގައި އޮންނަނީ ފެޑެރަލް ގިސްމުގެ ސަރުކާރެކެވެ. ދެ ގެ ހިމެނޭ މަޖްލީހެކެވެ. މި މަޖްލީސް ހިނގަނީ ވެސްޓްމިންސްޓަރ އިސްޓައިލުގެ ބަރުލަމާނީ ނިޒާމަށެވެ. އިންޑިޔާގެ އިދާރީ އޮނިގަނޑު ބެހެވިގެން ވަނީ ތިން ގޮތްޕަށެވެ. އެއީ ޤާނޫނު ހަދާ މަޖްލީހާއި (Legislature)، ތަންފީޒުކުރާ ފަރާތާއި (Executive)، ޝަރުޢިއްޔާ (Judiciary) އެވެ.

އިންޑިޔާގެ ރައީސް އަކީ ދައުލަތުގެ ވެރިޔާ ނުވަތަ ޞާޙިބުއްދައުލާއެވެ. ފަސް އަހަރުގެ ޓާމަކަށް އިންޑިޔާގެ ރައީސް އިންތިޚާބު ކުރަނީ އިންތިޚާބީ ކޮލެޖަކުންނެވެ. ސަރުކާރު ހިންގަވާ ވެރިޔަކީ ނުވަތަ ޞާޙިބުލްޙުކޫމާ އަކީ ބޮޑުވަޒީރެވެ. އިދާރީ ހިންގުމުގެ ހިނަ ބާރުތައް ލިބިފައިވަނީ ބޮޑުވަޒީރަށެވެ. ބޮޑުވަޒީރަކަށް ބޭފުޅަކު ޢައްޔަން ކުރައްވަނީ ރައީސ އެއީ ޕާލިއަމެންޓުގެ ތިރީ ގޭގައި އެއްމެ ބައި ގިނަ ޕާޓީ ނުވަތަ ކޯލިޝަނުގެ ތާއީދު ލިބިފައިވާ ފަރާތަކަށް ވުން ލާޒިމެވެ.

އިންޑިޔާގެ ޤާނޫނު ހަދާމަޖްލީހަކީ ބައިކެމެރަލް ނުވަތަ ދެ ގެ ހިމެނޭ ޕާލިއަމެންޓެކެވެ. މަތީ ގެއަކީ އިސްޓޭޓު ކައުންސިލް ނުވަތަ ރާޖްޔަ ސަބާއެވެ. ތިރީ ގެއަކީ ރައްޔިތުންގެ ގެ ނުވަތަ ލޮކް ސަބާއެވެ. 250 މެންބަރުން ހިމެނޭ ރާޖްޔަ ސަބާގެ މެންބަރުންގެ ޓާމެއްގެ ދިގު މިނަކީ 6 އަހަރެވެ. މީގެ ތެރެއިން ގިނަ މެންބަރުން އިންތިޚާބު ކުރެވެނީ އިސްޓޭޓުގެ ޤާނޫނު ހަދާ މަޖްލީހުގެ ތެރެއިން އިސްޓޭޓުގެ އާބާދީގެ ނިސްބަތަށް ބަލައިގެނެވެ. ލޮކް ސަބާގެ 545 މެންބަރުންނަކީ ފަސް އަހަރުގެ ޓާމަކަށް އިންތިޚާބު ކުރެވޭ ބައެކެވެ. މިއީ ސީދާ ވޯޓަކުން ވަކިވަކި ކޮންސްޓިޓުއެންސީ ނުވަތަ އިންތިޚާބީ ދާއިރާތައް ތަމްސީލު ކުރެއްވުމަށް ޓަކައި އިންތިޚާބު ކުރެވޭ މެންބަރުންނެވެ.

އެގްޒެކެޓިވް ގޮފީގައި ހިމެނެނީ ރައީސް، ނާއިބް ރައީސް އަދި ބޮޑުވަޒީރު އިސްވެ ހުންނަވާ ވަޒީރުންގެ މަޖްލީހެވެ. ޕޯޓްފޯލިއޯ އެއް ފުރުއްވާ ކޮންމެ ވަޒީރަކީ ޕާލިއަމެންޓުގެ ކޮންމެވެސް އެއްގެއެއްގެ މެންބަރަކަށް ވާންޖެހެއެވެ. އިންޑިޔާގެ ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގާ ފަރާތާއި ޤާނޫނު ހަދާ މަޖްލީހާ ވަނީ ގުޅި ލާމެހިފައެވެ. ބޮޑުވަޒީރާއި ވަޒީރުންގެ މަޖްލީހުގެ ބޭފުޅުންނަކީ ޕާލިއަމެންޓުގެ ތިރީ ގެއަށް ނިސްބަތްވާ ބޭފުޅުންނެވެ.

އިންޑިޔާގެ މިނިވަން ޝަރުޢިއްޔާގެ އެއްމެ މުހިއްމު އެއް ގުނަވަނަކީ ސުޕްރީމް ކޯޓެވެ. މި ކޯޓުގައި އެންމެ އިސްކޮށް ހުންނަވަނީ އިންޑިޔާގެ އުއްތަމަ ފަނޑިޔާރު ނުވަތަ ޗީފް ޖަސްޓިސް އޮފް އިންޑިޔާ އެވެ. އިންޑިޔާގެ އެކާވީސް ހައިކޯޓުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރެވޭނީ ސުޕްރީމް ކޯޓުގައެވެ. އަދި ޤާނޫނުއަސާސީ މާނަކުރުމުގެ ބާރުލިބިފައިވާ ޤާނޫނީ ޝަޚްޞަކީ ސުޕްރީމް ކޯޓެވެ.

ސިޔާސީ މައިދާން

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިންޑިޔާގެ ސިޔާސީ މައިދާން
އިންޑިޔާގެ ޕާލިއަމެންޓު (ސަންސާދު ބަވަން)

އިންޑިޔާގެ ދިމުޤްރާތީ ތާރީޚުގެ ބޮޑުބައިގާ އިންޑިޔާގެ ފެޑެރަލް ސަރުކާރުގެ ޒަޢާމަތު ބަލަހައްޓާފައިވަނީ އިންޑިޔަން ނޭޝަނަލް ކޮންގްރެސް ނުވަތަ ކޮންގްރެސް ޕާޓީ އިންނެވެ. އިސްޓޭޓު ތަކުގެ ސިޔާސީ މައިދާނުގައި ވަރަށް ގިނަ ޤައުމީ ޕާޓީތަކުން ޙަރަކާތްތެރިވެއެވެ. މީގެތެރޭގައި އިންޑިޔަން ނޭޝަނަލް ކޮންގްރެސް، ބާރަތިޔާ ޖަނަތާ ޕާޓީ އަދި ކޮމިއުނިސްޓު ޕާޓީ އޮފް އިންޑިޔާ ހިމެނެއެވެ. އަދި މީގެ އިތުރުން ސަރަޙައްދީ ޕާޓީތައް ވެސް އިސްޓޭޓުތަކުގައި ޙަރަކާތްތެރި ވޭމެއެވެ. 1950 އިން 1990 އަށް ވަރަށް ކުޑަ ދުވަސްކޮޅެއްގައި މެނުވީ، ޕާލިއަމެންޓުގެ ބޮޑުބައި ކޮންޓްރޯލް ކުރަމުންދިޔައީ ކޮންގްރެސް ޕާޓީ އިންނެވެ. 1977 އިން 1980 އާ ދެމެދު ކާމިޔާބުކޮށް އޮތީ ޖަނަތާ ޕާޓީ އެވެ. 1989 ގައި އިންޑިޔާގެ ނޭޝަނަލް ފްރޮންޓުގެ ޤިޔާދަތުގައި އޮތީ ޖަނަތާ ދާލް އެވެ. އެހެން ނަމަވެސް މި ޕާޓީއަށް މި ގޮތުގައި އޮވެވުނީ އެއްމެ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.

1996 އިން 1998 އާ ދެމެދުގައި ފެޑެރަލް ސަރުކާރު ހިންގުމުގައި އެކިފަހަރު މަތީން އެކި އެލައެންސްތައް ޙަރަކާތްތެރި ވެފައިވެއެވެ. މިއިން ކޮންމެ ބަޔަކަށް ވެސް ވަރަށް ކުޑަ ދުވަސްކޮޅަކު މެނުވީ ދެމިއެއް ނޯވުނެވެ. 1996 ވަނަ އަހަރު ބީޖޭޕީ އިން ސަރުކާރެއް އެކުލަވައިލިއެވެ. އޭގެ ފަހުން އައީ އިންޑިޔާގެ ޔުނައިޓެޑް ފްރޮންޓުގެ ދުވަސްވަރެވެ. 1998 ވަނަ އަހަރު ބީޖޭޕީން ސަރަޙައްދީ އެތައް ޕާޓީއަކާ ގުޅިގެން ނޭޝަނަލް ޑިމޮކްރެޓިކް އެލައަންސް އުފައްދައި، ފުރަތަމަ ފަހަރަށް ކޮންގްރެސް ނޫން އެހެން ޕާޓީ އަކުން ހަމަ ކުރި ފަސް އަހަރުގެ ޓާމް ހަމަ ކުރިއެވެ. 2004 ވަނަ އަހަރުގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީން ލޮކް ސަބާގެ ވަރަށް ގިނަ ގޮނޑި ކާމިޔާބުކޮށް ބީޛޭޕީ އާ އިދިކޮޅު ވާތުފިޔައިގެ ޕާޓީތަކަކާ ގުޅިގެން ޔުނައިޓެޑް ޕްރޮގްރެސިވް އެލައަންސްގެ ނަމުގައި ކޯލިޝަނެއް އުފައްދައި ސަރުކާރު އެކުލަވައިލިއެވެ.

ޚާރިޖީ ގުޅުންތަކާއި ޢަސްކަރިއްޔާ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިންޑިޔާގެ ޚާރިޖީ ގުޅުންތައް އަދި އިންޑިޔާގެ ޢަސްކަރިއްޔާ
މެދުރާސްތާގެ އަގްނީ II ބެލިސްޓިކް މިސައިލް، 2004 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޕެރޭޑުގައި ދައްކާލަނީ

1947 ގައި މިނިވަންކަން ލިބުމަށް ފަހު އިންޑިޔާއިން ވަނީ ވަރަށް ގިނަ ޤައުމުތަކާ އެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައެވެ. 1950 ގެ އަހަރު ތަކުގައި އިންޑިޔާއިންވަނީ އެފްރިކާއާއި އޭޝިޔާގައި ހުރި ޔޫރަޕުގެ އިސްތިޢުމާރުގެ ދަށުގައިވާ ޤައުމުތަކުގެ މިނިވަންކަމަށް ޓަކައި ވަރަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. އިންޑިޔާއަކީ ވަކިފަރާތަކަށް ނުޖެހޭ ޙަރަކާތުގެ ފައުންޑަރ މެންބަރެކެވެ. ކަޝްމީރުގެ މައްސަލާގައި އިންޑިޔާ އާއިޕާކިސްތާނާ ދެމެދު ތަފާތު ކުރިމަތިލުންތައް ހިނގާފައިވެއެވެ. 1971 ވަނަ އަހަރު އިރުމަތީ ޕާކިސްތާނާއި އިންޑިޔާ ގުޅިގެންވަނީ ބަންގްލާދޭޝްގެ ނަމުގައި ވަކި ޤައުމެއް އުފެއްދުމަށް ޓަކައި ޕާކިސްތާނާއެކު ހަނގުރާމަކޮށްފައެވެ.

އަދި ސީޓީބީޓީ އާއި އެންޕީޓީ ފަދަ ނިއުކުލިއަރ މުޢާހަދާތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައެވެ. މި ދުވަސްވަރު އިންޑިޔާ އިން ވަނީ އެ ޤައުމާ އެންމެ ގުޅުން ގޯސްކޮށް އޮތް ޤައުމުތައް ކަމުގައިވާ ޕާކިސްތާނާއި ސީނުކަރަ އާއި އެމެރިކާ ފަދަ ޤައުމުތަކާ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ.

އިޤްތިޞާދީ ގޮތުން އިންޑިޔާއިން ވަނީ ދެކުނު އެމެރިކާގެ ޤައުމުތަކާއި އޭޝިޔާގެ ޤައުމުތަކާއި އެފްރިކާގެ ޤައުމުތަކާ އެކު ގުޅުން ރަނގަޅުކޮށްފައެވެ. ފާއިތުވި އަހަރުތަކުގައި އިންޑިޔާއިން ވަނީ އާސިޔާނާއި ސާރކް ގެ އިތުރުން ޑަބްލިޔޫ ޓީ އޯ ގައި ވަރަށް މުހިއްމު ދައުރެއް ކުޅެފައެވެ.

އިންޑިޔާއަކީ އަބަދުވެސް އ.ދ. ގެ ޙަރަކާތްތަކުގައި އެއްބާރުލުން ދޭ ޤައުމެކެވެ. ހަތަރު ބައްރުގައި އ.ދ. އިން ހިންގި ޞުލްޙަ ބެލެހެއްޓުމުގެ 35 މަޝްރޫޢުގައި އިންޑިޔާއިން ވަނީ އެ ޤައުމުގެ 55000 ސިފައިން ބައިވެރިކޮށްފައެވެ.

ދުނިޔޭގައި މިވަގުތު އޮތް ތިންވަނައަށް އެންމެ ބޮޑު ޢަސްކަރިއްޔާއަކީ އިންޑިޔާގެ ޢަސްކަރިއްޔާއެވެ. މީގެ ތެރޭގައި އެއްގަމުގެ ލަޝްކަރީންނާއި ކަނޑުގެ ނޭވީންނާއި ވައިގެބާރު ހިމެނެއެވެ. މީގެ އިތުރުން ޕެރަމިލިޓަރީ ފޯހާއި ކޯސްޓުގާޑު ފަދަ އޮގްޒިލިއަރީ ފޯސްތަކާއި ސްޓްރެޖިކް ފޯސެސް ކޮމާންޑަކީ ވެސް ފާހަގަކޮށްލެވޭ ބައެކެވެ. އިންޑިޔާގެ ޢަސްކަރިއްޔާގެ ސުޕްރީމް ކޮމާންޑަރަކީ އިންޑިޔާގެ ރައީސްއެވެ. 1974 ވަނަ އަހަރު ނިއުކްލިއަރ ތަޖުރިބާތަކެއް ކޮށް އެ ޤައުމުވަނީ ނިއުކްލިއަރ ދައުލަތަކަށް ވެފައެވެ. 1998 ވަނަ އަހަރު ބިމުގެ އަޑީގައި ކުރި ނިއުކްލިއަރ ތަޖުރިބާ ތަކުގެ ސަބަބުން ބައިނަލް އަޤްވާމީ ގޮތުން އިންޑިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިއެވެ. ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ 2001 ސެޕްޓެމްބަރު މަހު އުވާލާފައެވެ. އިންޑިޔާއިން ގެންގުޅެމުންދަނީ ފުރަތަމައަށް ބޭނުން ނުކުރުމުގެ ނިއުކްލިއަރ ސިޔާސަތެވެ.

އިދާރީ ބައިތައް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިންޑިޔާ ބެހިފައިވާ ބައިތައް

އިންޑިޔާއަކީ 28 އިސްޓޭޓާއި ފެޑެރަލް ސަރުކާރުން ބަލަހައްޓާ 7 ޔުނިއަން ޓެރިޓަރީގެ މައްޗަށް ބިނާވެގެންވާ ޤައުމެކެވެ. ހުރިހާ އިސްޓޭޓެއްގައާއި ޔުނިއަން ޓެރިޓަރީ އޮފް ޕުޑުޗެރީ (ޕޮންޑިޗެރީ) އާއި ނޭޝަނަލް ކެޕިޓަލް ޓެރިޓަރީ އޮފް ދިއްލީ ގައި އިންތިޚާބު ކުރެވިފައިވާ ސަރުކާރުތައް އޮވެއެވެ. އަނެއް 5 ޔުނިއަން ޓެރިޓަރީގައި ތިއްބަވަނީ މަރުކަޒީ ސަރުކާރުން ޢައްޔަން ކޮށްފައިވާ މުދީރުން (ނުވަތަ އެޑްމިނިސްޓްރޭޓަރުން)ނެވެ.

އިންޑިޔާގެ އިދާރީ ބައިތައް، 28 އިސްޓޭޓާއި 7 ޔުނިއަން ޓެރިޓަރީ ހިމެނޭ ގޮތަށް

އިސްޓޭޓުތައް:

  1. އަންދްރަ ޕްރަދޭޝް
  2. އަރުނާޗަލް ޕްރަދޭޝް
  3. އާސާމު
  4. ބިހާރު
  5. ޗައްތީސްގަޅު
  6. ގޯވާ
  7. ގުޖުރާތު
  8. ހަރިޔާނާ
  9. ހިމާޗަލް ޕްރަދޭޝް
  10. ޖައްމޫ ކަޝްމީރު
  11. ޖަރްކަންދު
  12. ކަރްނާޓަކާ
  13. ކެރެލާ
  14. މަދްޔަ ޕްރަދޭޝް
  1. މަހާރާޝްތުރާ
  2. މަނިޕޫރު
  3. މެގަލާޔާ
  4. މިޒޮރާމް
  5. ނާގަލޭންޑު
  6. އޮރިއްސާ
  7. ޕަންޖާބު
  8. ރާޖަސްތާން
  9. ސިއްކީމް
  10. ޓެމިލް ނާޑޫ
  11. ތުރިޕޫރާ
  12. އުއްތަރު ޕްރަދޭޝް
  13. އުއްތަރުކަންދު
  14. ވެސްޓު ބެންގާލް

ޔުނިއަން ޓެރިޓަރީތައް:

  1. އަންޒަމާނާއި ނައްކަވާރު
  2. ޗަންދީގަޅު
  3. ދާދްރާ އާއި ނަގަރު ހަވޭލީ
  4. ދަމަން އާއި ދީވު
  5. ލަކްޝަދްވީޕު
  6. ދިއްލީ
  7. ޕޮންޑިޗެރީ

ހުރިހާ އިސްޓޭތުތަކާއި ޔުނިއަން ޓެރިޓަރީތައް ވެސް ވަނީ މަންޠިޤާ (ޑިސްޓްރިކްޓް) ތަކަކަށް ބަހާލެވިފައެވެ. ބޮޑެތި އިސްޓޭޓު ތަކުގައި މަންޠިޤާތައް އެކުވެގެން އުފެދިފައިވާ ޑިވިޝަންތައްވެސް ހުރެދާނެއެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިންޑިޔާގެ ޖުޣުރާފީ
އިންޑިޔާގެ ޓޮޕޮގްރަފީ ޗާޓެއް

ދުނިޔޭގެ ހަތްވަނައަށް އެއްމެ ބޮޑު ޤައުމަށް ވުމުގެ އިތުރުން ބައްރެސަޣީރުގެ ބޮޑުބައިވެސް އޮތީ އިންޑިޔާގެ އިމުގެ ތެރޭގައެވެ. އިންޑިޔާގެ އުތުރުގެ އިސްޓޭޓުތަކާއި އިރު އުތުރުގެ އިސްޓޭޓުތައް ގިނައިން ހުރީ ހިމާލިޔާ ރޭންޖުގައެވެ. އިރުމަތީ އިންޑިޔާއާއި މެދުތެރޭ އިންޑިޔާއާއި އުތުރުން ބާކީ އޮތްބައި އޮތީ ބިން ރަނގަޅު ހިންދުގަންގާ ޕްލެއިން ގައެވެ. އިންޑިޔާގެ ހުޅަނގު ބޯޑަރު ގުޅެނީ އިރުދެކުނު ޕާކިސްތާނާއެވެ. މި ތާގައި އޮތީ ތަރު ސަޙަރާއެވެ. ދެކުނު އިންޑިޔާގެ ސަރަޙައްދު ގެ ބޮޑު ބައި ބިނާވެގެންވަނީ ޑެކަން ޕްލެޓޫ ގެ މައްޗަށެވެ. މި ސަރަޙައްދުގައިވާ އުސް ހިސާބުތަކަކީ ވެސްޓަން ގަޓްސް އާއި އީސްޓަން ގަޓްސްއެވެ.

އިންޑިޔާ އަކީ އެޤައުމުގެ ތެރެއިން ވަރަށް ގިނަ ފެންކޯރު ދެމިފައިވާ ޤައުމެކެވެ. މީގެ ތެރޭގައި ފާހަގަ ކޮށް ލެވޭ ކޯރުތައް ތިރީގައި މިވަނީއެވެ.

އިންޑިޔާގައި ތިން ޖަޒީރާ އޮވެއެވެ. މިއީ ހުޅަނގު ދެކުނުގައި އޮތް ލަކްޝަދްވީޕާއި، އިރު ދެކުނުގައި އޮތް އަންޒަމާނާއި ނައްކަވާރު ޖަޒީރާގެ އިތުރުން، ވެސްޓު ބެންގާލްގެ ގަންގާ ޑެލްޓާގައިވާ ސުންދަރުބާނެވެ.

އިންޑިޔާއަކީ ވަރަށް ބިޔަ ސަރަޙައްދަކަށް ފެތުރިފައި އޮތް ޤައުމަކަށް ވާތީ އެކި ސަރަޙައްދު ތަކުގައި މޫސުމީ ތަފާތު ތަކެއް ހުރެއެވެ. ޓްރޮޕިކަލް ކްލައިމެޓާއި ފިނިހޫނުމިނުގެ ތަފާތު ބޮޑު ކަމާއި ހިމާލަޔާ ސަރަޙައްދުގެ މޫސުން މިގޮތުން ފާހަގަ ކުރެވެއެވެ. ހިމާލަޔާ ސަރަޙައްދުގެ އުސް ހިސާބުގައި ދާއިމީ ގޮތެއްގައި ސުނޯ ވެހޭކަން ފާހަގަ ކުރެވެއެވެ. އިންޑިޔާގެ މޫސުމަށް އެއްމެ ބޮޑު އަސަރެއް ފޯރުވަނީ ހިމާލަޔާ ގެ ފަރުބަދަތަކާއި ތަރު ސަޙަރާއިންނެވެ. ހިމާލަޔާ އާއި ހިންދުކުޝްގެ އުސް ފަރުބަދަ ތަކުގެ ސަބަބުން މެދުތެރޭ އޭޝިޔާގެ ފިނިވައި އިންޑިޔާގެ ތެރެއަށް ވަނުން މަނާ ކުރެއެވެ. މީގެސަބަބުން މި ލެޓިޓިއުޑުގައި އޮންނަ އެހެން ސަރަޙައްދުތަކަށް ވުރެ އިންޑިޔާ ހޫނެވެ. ޖޫންމަހާއި ސެޕްޓެމްބަރު މަހާ ދެމެދު ވާރޭ ވެހުމަށް މެދުވެރިވާ ސަބަބަކީ ތަރު ސަހަރާއިން، ވައިގެތެތްކަން ހުރި ހޫނު މޫސުމުގެ ވައި، އެ ސަހަރާއާ ދިމާއަށް ގެނުވާ ގެނުވުމެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިންޑިޔާގެ ގަހާގެހި އަދި އިންޑިޔާގެ ސޫފާސޫފި
ހިންދުސްތާނީ ސާމަރާ ދޫންޏަކީ އިންޑިޔާގެ ޤައުމީ ދޫންޏެވެ.

އިންޑިޔާ އޮތް ސަރަޙައްދަކީ ތަފާތު އެތައް ވައްތަރެއްގެ ދިރުން ހުރި ސަރަޙައްދެކެވެ. އިންޑިޔާއަކީ 7.6% މަންމަލި ޖަނަވާރު ދިރިއުޅޭ ބިމެވެ. އަދި ހަމަ އެފަދައިން ދުނިޔޭގެ އުދުހޭ ދޫނިތަކުގެ ތެރެއިން 12.6% ދިރިއުޅޭ ތަނެވެ. ހަމަ އެފަދައިން 6.2% ރެޕްޓައިލް ވެސް ދިރިއުޅެނީ އިންޑިޔާގައެވެ. އެމްފީބިއަނުންގެ ތެރެއިން އިންޑިޔާގައިވަނީ 4.4% އެވެ. މަހުގެ ތެރެއިން 11.7% އެވެ. މާ އަޅާ ގަސްތަކުގެ ތެރެއިން 6.0% ގަސް ވަނީ ވެސް ހަމަ މިޤައުމުގައެވެ. އަދި ހަމަ އެފަދައިން ޝޯލާ ޖަންގަލި ފަދަ އީކޯ ސަރަޙައްދުތަކަކީ އެތަނުގެ ލާސާނީވަންތަކަން ވަރަށް ބޮޑު ސަރަޙައްދުތަކެވެ. އިންޑިޔާގައިވާ ގަސްގަހާގެހީގެ ތެރެއިން 33% އަކީ ހަމައެކަނި އިންޑިޔާއަށް ޚާއްޞަ ގަސްގަހެވެ. އިންޑިޔާގެ ޖަންގަލިތައްވަނީ އަންޒަމާނާއި ހުޅނަގު ގަޓްސް އާއި އިރު އުތުރު އިންޑިޔާގެ ޓްރޮޕިކަލް ޖަންގަލިތަކުން ހިމާލަޔާގެ ކޮނިފެރަސް ޖަންގަލިތަކާހަމައަށް ދެމިގެން ގޮސްފައެވެ. މި ޙައްދުތަކުގެ ތެރޭގައި ވަނީ އިރުމަތީ އިންޑިޔާގެ ސަލް-ޑޮމިނޭޓެޑް މޮއިސް ޑެސިޑުއަސް ޖަންގަލިތަކާއި، މެދުތެރޭ އަދި ދެކުނު އިންޑިޔާގެ ޓީކް ޑޮމިނޭޓެޑް ޑްރައި ޑެސިޑުއަސް ޖަންގަލިތަކާއި، މެދުތެރޭ ޑެއްކަން އާއި ހުޅަނގު ގެންގެޓިކް ޕްލެއިންގެ ބަބުލް ޑޮމިނޭޓެޑް ތޯން ޖަންގަލިތަކެވެ. އިންޑިޔާގެ މުހިއްމު ގަސްގަހުގެ ތެރޭގައި ރަށްފުށުގެ ފަތްޕިލާވެލީގެ ބޭސްހެދުމުގައި ބޭނުންކުރާ ހިތިގަސް ފާހަގަ ކުރވެއެވެ. މޮހެންޖޯ-ދާރޯ ގެ ސީލްގައިވާ ޕީޕަލް ފިގް ގަހަކީ ގޯތަމާ ބުއްދާ އަށް ހިދާޔަތު ލިބުނު އިރު ހިޔާދިން ގަހެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިންޑިޔާގެ އިޤްތިޞާދު
ބޮންބޭ ސޮޓޮކް އެކްސްޗޭންޖް، ބީ އެސް އީ ސެންސެކްސް

އިންޑިޔާގެ އިޤްތިޞާދަކީ މިވަގުތު އެއްމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އިޤްތިޞާދެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިންޑިޔާގެ ޑެމޮގްރަފީ
އިންޑިޔާގެ އާބާދީ އަކަބުރަ ދައްކައިދޭ ޗާޓެއް

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް މި ޤައުމަކީ ދުނިޔޭގެ ދެވަނައަށް އެއްމެ އާބާދީ ބޮޑު ޤައުމެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިންޑިޔާގެ ސަގާފަތު
އިންޑިޔާގައި ހުރި އެއްމެ ގިނަ ފަތުރުވެރިންގެ މަންޒިލް ކަމުގައިވާ ތާޖް މަޙަލް

އިންޑިޔާއަކީ ވަރަށް މުއްސަނދި ސަގަފަތެއް އޮތް ޤައުމެކެވެ.

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]
ސަރުކާރު
އާއްމު މައުލޫމާތު
އެހެނިހެން

ފަންވަތް:Wikimapia


  1. 1 2 3 4 National Informatics Centre 2005.
  2. Wolpert 2003, p. 1.
  3. 1 2 "National Symbols | National Portal of India". India.gov.in. Retrieved 6 July 2013.
  4. "Profile | National Portal of India". India.gov.in. Retrieved 23 August 2013.
  5. "Eighth Schedule" (PDF). Retrieved 1 July 2013.
  6. "Justice HL Dattu sworn in as chief justice of Supreme Court". IANS. Times of India. Retrieved 29 September 2014.
  7. Provisional Population Totals, Census 2011, p. 160.
  8. 1 2 3 4 "Report for Selected Countries and Subjects". World Economic Outlook Database, International Monetary Fund. April 2015. Retrieved 14 April 2015.
  9. "Gini Index". World Bank. Retrieved 2 March 2011.
  10. "Human Development Report 2014 Summary" (PDF). The United Nations. Retrieved 24 July 2014.
  1. "[...] Jana Gana Mana is the National Anthem of India, subject to such alterations in the words as the Government may authorise as occasion arises; and the song Vande Mataram, which has played a historic part in the struggle for Indian freedom, shall be honoured equally with Jana Gana Mana and shall have equal status with it." ފަންވަތް:Harv.
  2. "The country's exact size is subject to debate because some borders are disputed. The Indian government lists the total area as 3,287,260 km2 (1,269,220 sq mi) and the total land area as 3,060,500 km2 (1,181,700 sq mi); the United Nations lists the total area as 3,287,263 km2 (1,269,219 sq mi) and total land area as 2,973,190 km2 (1,147,960 sq mi)." ފަންވަތް:Harv.
Cite error: <ref> tags exist for a group named "lower-alpha", but no corresponding <references group="lower-alpha"/> tag was found