ބުދުދީން
Buddhism |
|---|
| Culture |
| History |
| List of topics |
| People |
| By region |
| By country |
| Schools |
| Temples |
| Concepts |
| Texts |
| Timeline |
| Portal |
ބުދުދީން ނުވަތަ ބުޑިޒަމް އަކީ އެދީނެއްގެ ފަލްސަފާއާއި ދީނީކަންކަން އެދީނަށް އުޅޭ މީހުންގެ ސަޤާފަތާއި އާދަކާދަތަކުގެ މައްޗަށް ބަރޯސާވާ އަދި ދީނީ އަޅުކަމާއި އުޅޭގޮތް "ސިއްދަރުތާ ގޯތަމާ" އާންމުކޮށް ކިޔާގޮތުންނަމަ ލޯޑު ބުއްދާގެ އުޅުމާއި އެއްގޮތައް ބައްޓަން ކުރުމަށް ބާރުއަޅާ ދީނެކެވެ. މިދީނަކީ އިންޑިޔާގެ ދީނެއްގެ ގޮތުގައި ބެލެވެއެވެ. މިދީން އުފެއްދި ސިއްދަރުތާ ގޯތަމާ ދިރިއުޅެފައިވަނީ އިންޑިޔަން ސަބްކޮންޓިނެންޓުގެ އިރު އުތުރު ސަރަހައްދުގައި މީލީދީން 6 ވަނަ ބީސީއީ ގަރުނާއި 4 ބީސީއީ ގަރުނާއި ދެމެދުއެވެ.
ބުއްދާ މަސްހޫރުވެގެން ދިޔައީ މީސްތަކުންގެ ކިބައިން އުދަގުލާ ދަތިކަން ގެންދަވާ އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭ މީހެއްގެ ގޮތުގައެވެ. ބުދުދީނުގެ މީހުން ގަބޫލުކުރާގޮތުނަންނަމަ ބުއްދާ އަލުން ދިރިގެން އައީ ނިރުވާނާއިންނެވެ. ނިރުވާނާއަކީ ކޮބައިކަން ބުއްދާ ބުނެދީފައިވަނީ އެއީ ފުރިހަމަ ހަމަޖެހުމުގެ ވިސްނުން ސިކުޑިއަށް ގެނެސްދޭ ވަރަށް އަޑިން ވިސްނާ ވިސްނުމެއްކަމާއި އެވަގުގައި ސިކުޑީގައިވާ ރުޅިއާއި ދެކޮޅުވެރިކަމާއި އެހެނިހެން އެދުންތަކުގެ މަތިން ހަދާންނައްތާލާ ހިދުކޮޅެއްކަމަށެވެ.
udeylia 07:33, 23 މެއި 2010 (UTC)