ވިޔަފާރި

ވިކިޕީޑިއާ އިންވިކިޕީޑިއާ
Gdańsk
Intérêts des nations de l'Europe, dévélopés relativement au commerce, 1766

ވިޔަފާރި އަކީ މުދާ ނުވަތަ ޚިދުމަތް، ލިބިގަންނަ މީހާގެ ކިބައިވާ އެއްޗެއް ލިބިދޭ މީހާއަށް ބަދަލަކަށް އެހެން އެއްޗެއް ދިނުމަށް ފަހު، އެ މުދާ ނުވަތަ ޚިދުމަތް ލިބިގަންނަ ގަތުމެވެ.

ޢަރަބި ބަހުގައި ވިޔަވާރިއަށް ކިޔަނީ " އަލްބައިޢު" އެވެ. ޢަރަބި ބަހުގައި "އަލްބައިޢު"ގެ މާނައަކީ އެއްޗެއްގެ ބަދަލުގައި އެއްޗެއްދިނުމެވެ. ދިވެހި ބަސްފޮތުގައި ވިޔަފާރި މާނަކޮށްފައިވަނީ "ތަކެތި ގަނެގެން ނަފާލައިފައި ވިއްކުން" ކަމުގައެވެ. ފިޤުހު ޢިލްމުވެރިންގެ ގާތުގައި "އަލްބައިޢު"އަކީ ދެފަރާތުގެ ރުހުމާއި އެކު، (އަގެއްހުރި) މުދަލެއް އެހެންމުދަލަކާއި ބަދަލުކުރުމެވެ.


ޙުކުމް[އުނިއިތުރު ގެންނަވާ]

ފިޔަވާރި އަކީ ހުއްދަ ކަމެއްކަމުގައި މީސްތަކުންނަށް ބަޔާންކޮށްދެއްވައި ވަޙީކުރައްވާފައި ވެއެވެ. ( سورة البقرة 275) މާނައަކީ " ވިޔަފާރިކުރުން ވަނީ ﷲ ހުއްދަ ކުރައްވާފައެވެ. އަދި ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ." އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. " " (النساء 29) " އޭ އީމަންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން، ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ، ވިޔަފާރިއަކަށް ވުން ފިޔަވައި، އެހެން ބާޠިލު ގޮތްގޮތުން ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުން ކައި ނޫޅޭށެވެ. " މިކަމަކީ ކީރިތި ރަސޫލާ ޞ ގެ ސުންނަތުން ސާބިތުވާ އަދި ދީނުގެ ހުރިހާ ދައްނަބޭކަލުން އެއްބަސްވެ ލައްވާ ކަމެއްމެއެވެ.


ވިޔަފާރި ހުއްދަކުރެއްވުމުގެ ޙިކުމަތް[އުނިއިތުރު ގެންނަވާ]

އިސްލާމުދީނުގައި ކަމެއް ހުއްދަކުރައްވާނީ ނުވަތަ ޙާރާމް ކުރައްވާފައިވާނީ މަތިވެރި މަޤުޞަދުތަކަކަށްޓަކައެވެ. ވިޔަފާރި އަކީ އޭގެ ސަބަބުން އަނިޔާވެރިކަމާއި ޚިޔާނާތާއި ވައްކަށްކުރުމާއި މަގުފޭރުމާއި ތަޅާފޮޅުމާއި ކަންބޮޑުވުމާއި ބައިބައިވުމުން ސަލާމަތްކޮށްދެއެވެ. އެހެނީ އިންސާނުން ލައްވާފައިވަނީ އެކަކު އެކަނި ހުރިހާ ބޭނުމެއް ފުއްދޭފަދަ ގޮތެއްގައެއްނޫނެވެ. އެއްވެސްމީހަކީ އެހެންމީހުންގެ އެހީތެރިކަމާ ނުލާ ދިރިއުޅެވޭނެ މީހެއްނޫނެވެ. މިގޮތުން ގަނެވިއްކުމުގެ މަގު ނުވާނަމަ އެމީހެއްގެ ބޭނުންތައް ފުއްދުމަށްޓަކައި އޮތީ ދެގޮތެކެވެ. ފުރަތަމަ ގޮތަކީ އަނެކުންގެ އެހީއަށް އެދުމެވެ. މިގޮތަށް ހުރިހާ ކަމެއް ފުއްދުމަކީ ހަމަޖެގޭ އުޞޫލެއް ނޫނެވެ. ދެވަނަގޮތަކީ ނުބައި މަގުތަކުން މުދާ ހޯދަން މަޖުބޫރުވުމެވެ. އެއީ ވައްކަން ކުރުން ނުވަތަ މަގުފޭރުން ފަދަ ގޮތަކަށެވެ. މިހެންވެއްޖެނަމަ މުޖުތަމަޢުގެ ޞުލްޙަމަސަލަސްކަން ގެއްލި އިންސާނީ ދަރިފަސްކޮޅު ހަލާކެއްގެ ތެރޭގައި ވެއްޖައީހެވެ.


ވިޔަފާރީގެ ރުކުންތައް[އުނިއިތުރު ގެންނަވާ]

1- ވިޔަވާރި ކުރާ ދެމީޙުން ( ވިއްކާ މީހާއާއި ގަންނަމީހާ)

2- ބަދަލުކުރެވޭ ދޭތި ( ވިއްކާލެވޭ އެއްޗާއި އޭގެ އަގު)

3- އިޖާބާއި ޤަބޫލު ( ހުށައެޅުމާއި ޤަބޫލުކުރުން)


ވިއްކާމީހާއާއި ގަންނަމީހާގެ ޝަރުޠުތައް[އުނިއިތުރު ގެންނަވާ]

1- ބާލިޣުވުން

2- ބުއްދިސަލާމަތުން ހުރުން

3- މުދާ ރަނގަޅައް ޚަރަދުކުރަން ދަންނަމީހަކު ކަމުގައިވުން

4- މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚުތިޔާރުއޮތުން

5- މުދާ މިލްކުވެގެންވުން، ނުވަތަ އެމުދަލެއް ގަނެ ވިއްކުމުގެ ހުއްދަ ލިބިފައިވުން


ވިއްކާއެއްޗާއި އޭގެ އަގުގައިހުންނަންޖެހޭ ޝަރުޠުތައް[އުނިއިތުރު ގެންނަވާ]

1- ޝަރުޢީގޮތުން ވިއްކުން ހުއްދައެއްޗެއް ކަމުގައިވުން

2- ފައިދާއެއެ ލިބިގަނެވޭ އެއްޗަކަށްވުން

3- ވިއްކާމީހާގެ މިލްކުގައިވާ އެއްޗެއް ކަމުގައިވުން ނުވަތަ އޭގެ ވެރިފަރާތުން ވިއްކުމުގެ ހުއްދަ ދެވިފައިވާ އެއްޗެއްކަމުގައިވުން

4- ގަންނަމީހާއާއި ޙަވާލުކުރެވޭ ފަދަ އެއްޗެއްކަމުގައިވުން

5- ވިއްކާމީހާގެ އަތުގައި އޮތް އެއްޗެއް ކަމުގައިވުން

6- ވިއްކާލެވޭ އެތީގެ ސިފަ ނުވަތަ އެއިން ކުރާ ބޭނުމާއި އޭގެ އަގު އެނގުން.


ސީޣާގެ ހުންނަންޖެހޭ ޝަރުޠުތައް[އުނިއިތުރު ގެންނަވާ]

1- އީޖާބާއި ޤަބޫޅު އެއްގޮތްވުން

2- އިޖާބާއި ޤަބޫލު މެދު ނުކެނޑުން

3- ވަކިވަގުތެއް ( މުއްދަތެއް) ނުވަތަ ވަކި ޝަރުޠެއް ކަނޑަ ނޭޅުން.