ޖަނަ ގަނަ މަނަ
ޖަނަ ގަޱަ މަނަ (ބެންގާލީ ބަހުން: জন গণ মন ޖޯނޮ ގޯނޮ މޮނޮ — "އެންމެންގެ ވިސްނުން") މިއީ ހިންދުސްތާން ގެ ޤައުމީ ސަލާމެވެ. މި ލިޔެވިފައިވަނީ ބެންގާލީ ބަހުންނެވެ. މިއީ ނޯބެލްގެ އިނާމު ޙާޞިލު ކުރައްވާފައިވާ މަޝްހޫރު އަދީބު ރަބިންދްރަނާތު ޓޭގޯރ ހެއްދެވި ޅެމެއްގެ ފުރަތަމަ ފަސް ބައިތެވެ. ލަވައެއްގެ ގޮތުގައި އެއްމެ ފުރަތަމަ މިޅެން ހުށަހަޅާފައިވަނީ އިންޑިއަން ނޭޝަނަލް ކޮންގްރެސް ގެ ކަލްކަތާ ސެޝަނުގައި ޑިސެމްބަރު 27، 1911 ގައެވެ. ހިންދުސްތާނުގެ ޤައުމީ ސަލާމުގެ ގޮތުގައި "ޖަނަ ގަނަ މަނަ" ދުސްތޫރީ އެސެމްބްލީ އިން ކަނޑައެޅީ ޖެނުއަރީ 24، 1950 ގައެވެ. ފުރިހަމަ ގޮތެއްގައި ޤައުމީ ސަލާމް ހުށަހެޅުމަށް ނަގާ ވަގުތަކީ 52 ސިކުންތެވެ. ފުރަތަމަ ލައިނާއި ފަހު ލައިން އެކަނި ހިމެނޭ ގޮތަށް ހުށަހެޅޭ ޙާލަތްތަކުގައި ނަގާނީ 20 ސިކުންތެވެ.
ޅެން
[އުނިއިތުރު ގެންނަވާ]ބެންގާލީ ބަހުން ލިޔެވިފައިވީ ނަމަވެސް ހިންދުސްތާނުގެ ތަފާތު ސަރަޙައްދު ތަކުގެ ބަސްތަކުގެ ތަފާތު ކަމުން މި ޤައުމީ ސަލާމުގެ ގިރާއަތު އެކި ސަރަޙައްދު ތަކުގައި ތަފާތެވެ.
އިންޑިޔާގެ ތަފާތު ސަރަޙައްދު ތަކުގެ މީހުން ވާހަކަ ދައްކާ ބަސް ތަފާތު ވުމުގެ ސަބަބުން ޤައުމީ ސަލާމް ކިޔަމުން ދާއިރު ފާޅު ނުކުރާ އަޑު ތަކާއި ފާޅު ކުރާ އަޑުތައް އެއް ސަރަޙައްދާއި އަނެއް ސަރަޙައްދާ ތަފާތެވެ.
ތިރީގައި މިވާ ލިޔުމުގައި އެވަނީ އެ ޤައުމީ ސަލާމް ބެންގާލީ ބަހުން، ލެޓިނުން އަދި ކަލްކަތާ ލައިބްރަރީގައި ލިޔެފައި އޮންނަ ލިޔުން ތާނަ އަކުރުން ހުށަހަޅާ ދެވިފައެވެ.
ބެންގާލީ އަކުރުން | ބެންގާލީ ލެޓިނުން | ކަލްކަތާ ލައިބްރަރީގައިވާ ގޮތަށް ތާނައިން |
---|---|---|
|
|
ޖަނަ ގަނަ މަނަ އަދިނާޔަކަ ޖަޔަ ހޭ |
ދިވެހި ތަރުޖަމާ
[އުނިއިތުރު ގެންނަވާ]ތިބާއީ އެންމެންގެ ވިސްނުންތަކުގެ ވެރިޔާ އެވެ.،
އިންޑިޔާގެ ތަޤްދީރު ބައްޓަން ކުރާ ފަރާތެވެ.
(ތަރުޖަމާ ފުރިހަމަ ނުވޭ!)