Jump to content

ހިންދު ކަނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހިންދު ކަނޑު، އަކީ، ދުނިޔޭގެ ބޮޑެތި ކަނޑުތަކުގެ ތެރެއިން 3 ވަނައަށް އެންމެ ބޮޑު ކަނޑެވެ. އަދި މި ކަނޑަކީ ދުނިޔޭގައި އެކުލެވޭ ފެނުގެ 20 އިންސައްތަ އެވެ. މި ކަނޑަށް ނަން ދެވިފައިވަނީ، ކަނޑުގެ އުތުރު ބިތުގައި އޮންނަ ހިންދުކަރައިގެ ނަމުންނެވެ. ކަނޑުގެ އިރުމަތިން އޮންނަނި އޮސްޓްރޭލިޔާ އެވެ. ހުޅަނގުން އެފްރިކާ އެވެ.

މި ކަނޑުގެ އަންދާސީ އަކަމިނަކީ 292،131،000 އަކަ ކިލޯމީޓަރެވެ. (70،086،000 އަކަ މޭލެވެ.) އަދި މި ކަނޑުގައި އެތައް ޖަޒީރާތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި މަޑަގަސްކަރަ (ދުނިޔޭގެ 4 ވަނައަށް އެންމެ ބޮޑު ރަށް) ޖުޒުރުޤަމަރު، ތޭންގަދީބު، ދިވެހިރާއްޖެ، މޮރިޝަސް، އަދި އޮޅުދޫކަރަ ހިމެނެއެވެ. މީގެ އިތުރުން ކަނޑުގެ އިރުމަތި ހަވާސާގައި އޮންނަނީ އިންޑޮނޭޝިޔާ ގެ ޖަޒީރާތަކެވެ.

ޖޯގުރަފީ[އުނިއިތުރު ގެންނަވާ]

އެފްރިކާ، ހިންދުކަރަ އަދި އެންޓާޓިކާގެ ކްރަސްޓަލް ޕަލޭޓްސް ފައްތަރުވަނީ އިންޑިޔާ ކަނޑުގައެވެ.