ފުލިދޫ (ވ. އަތޮޅު)
ޚުލާސާ މައުލޫމާތު | |
އަތޮޅު | ފެލިދެ އަތޮޅު |
އޮންނަތަން | |
އަކަމިން | |
އާބާދީ | |
ދިގުމިން | {{{length}}} |
ފުޅާމިން | މ |
މާލެ އާއި ހުރި ދުރުމިން | ކމ |
އިދާރީ މައުލޫމާތު | |
ރަށު ކަތީބު | |
ރަށު އޮފީސް ފޯން ނަމްބަރު | (960+) |
ރަށު ފެކްސް ނަމްބަރު | (960+) |
މިއީ ވ. އަތޮޅުގައި މީހުން އާބާދުވެފައިވާ ރަށް ތަކުގެ ތެރެއިން ރަށެކެވެ. ފުލިދުއަކީ މިއަތޮޅުގެ ޖިއޮގްރަފީގެ ގޮތުން ފުރަތަމަ ރަށެވެ. ރަށް އޮންނަނީ އަތޮޅުގެ އެންމެ އުތުރުގައެވެ. މާލެއިން ދެކުނަށް ވ. އަތޮޅު ތެރެއިން ދަތުރުކުރާނަމަ މާލެ އަތޮޅު ނިމި ފުރަތަމަ ބައްދަލުވާނީ ފުލިދުއާއެވެ. މިއީ ޤުދުރަތީ ގޮތުން ވަރަށް ރީތި އަރިމައްޗެއް ލިބިފައިވާ ރީތި ރަށެކެވެ.
އާބާދީ
[އުނިއިތުރު ގެންނަވާ]ފުލިދޫގެ އާބާދީއަކީ 391 އެވެ. އަންހެނުންގެ އަދަދަކީ 182 އެވެ. ފިރިހެނުންގެ އަދަދަކީ 209 އެވެ. މީހުން ދިރިއުޅޭ 60 ގެ އެބަހުއްޓެވެ. ދިރިއުޅުމަށްޓަކައި މީހުން ކުރާ މައިގަނޑު މަސައްކަތަކީ ވިޔަފާރިއާއި ޓްވަރިޒަމް ދާއިރާގެ މަސައްކަތްތަކެވެ. މީގެ އިތުރުން ރަށުގައި ހުރި ވަޒީފާގެ ފުރުޞަތުތަކަކީވެސް ރަށުގެ އިޤްތިޞާދިއްޔަތުގެ މުހިއްމު ބަހާ އެކެވެ.
ތަޢުލީމް
[އުނިއިތުރު ގެންނަވާ]ތައުލީމަށް ބަލާއިރު މިރަށުގައި ގްރޭޑް 10 ގެފެންވަރަށް ކިޔަވައިދެވެއެވެ. މިއަތޮޅުގެ އަތޮޅު މަދަރުސާ ހުންނަނީ ފުލިދޫގައެވެ.
ކަރަންޓް
[އުނިއިތުރު ގެންނަވާ]ފުލިދޫގައިވެސް 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދެމެން ގެންދެއެވެ. މިއީ ރައްޔިތުންގެ ފަރާތުން ދެމުންގެންދާ ޚިދުމަތެކެވެ.
ޞިއްޙަތު
[އުނިއިތުރު ގެންނަވާ]ޞިއްޙީ ޚިދުމަތަށް ބަލާލާއިރު ހެލްތް ޕޯސްޓެއްގެ ޚިދުމަތް ލިބެން އެބަހުއްޓެވެ. ފުލިދުއަކީ ޞިއްޙީގޮތުން ބަލާއިރު ދުޅަހެޔޮ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ.
އިގްތިޞާދު
[އުނިއިތުރު ގެންނަވާ]ފުލިދޫގެ ތަރައްޤީއަށް ފުލިދޫގެ ރައްޔިތު އަންހެނުންނާއި ފިރިހެނުން ކުރަމުންގެންދާ އަދި ކޮށްފައިވާ މަސައްކަތްތަކުގެ ލިސްޓަކީ ދިގު ލިސްޓެކެވެ. އަންހެނުންގެ އާމްދަނީ އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައްވެސް ފާހަގަކުރެވެއެވެ. ކޮޓަރި ބަރިއެއް ޢިމާރާތްކޮށް ކުއްޔަށްދީގެން އާމްދަނީ ހޯދަމުންގެންދެއެވެ. މީގެ އިތުރުން ފިރިހެނުންކުރާ ކޮންމެ މަސައްކަތެއްގައި އަންހެނުން ބައިވެރިވަނީ ފިސާރި އިޖްތިމާޢީ ރޫޙުގައެވެ. އެއީ އަންހެނުން އެމީހުންގެ ބަދިގެތަކުގައި ކުރަމުންގެންދާ ކެއްކުމާއި އެހެނިހެން މަސައްކަތްތައް ކުރަމުންނެވެ.
ފުލިދޫގައި މިވަގުތު ތަރައްޤީގެ ގޮތުން އެންމެ ބޮޑަށް ބޭނުންވެފައިވަނީ ފާލަން މަރާމާތުކުރުމެ މަސައްކަތެވެ. މީގެ އިތުރުން ކަރަންޓްގެ ޚިދުމަތް ތަރައްޤީކުރުމަކީވެސް ކުރަންވެފައިވާ ކަމެކެވެ.
އިތުރުފާލަންތައް
[އުނިއިތުރު ގެންނަވާ][ފެލިދެ އަތޮޅުގެ މައި ވެބްސައިޓް]