މާމެންދޫ (ލ. އަތޮޅު)
ހައްދުންމަތީ މާމެންދޫ އަކީ އާބާދީގައި 1200 އެއްހާމީހުން ދިރިއުލޭ ވަރަށް އެކުވެރި ބަޔަކު ދިރިއުޅެމުންގެންދާ ރަށެކލެވެ. މިރަށުގައި މިހާރު ގުރޭޑް 10 އަށް ތަޢުލީމުގެ ފުރުޞަތު ލިބެން ހުރެއެވެ. ރަށުގެ ތަޢުލީމަށްޓަކައި ރައްޔިތުން ނުހަނު ބޮޑު ގުރުބާނީއެއްވެއފައިވާ އިރު ރަށުގައި ތަޢުލީމީ ޒުވަނުން މަސައްކަތްތެރިކަމުގެ އިންޑަސްޓްރީގައި ވަރަށް ކުޅަދާނަކަމާއި އެކުގައި އުޅެމުންގެންދެއެވެ. މިރަށުގެ ރައްޔިތުންގެ މައިގައނޑު މަސައްކަތަކީ މަސްވެރިކަމެވެ. މިއީ ލ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. މިރަށަކީ މަސްވެރިރަށެކެވެ. މަސްވެރިކަންއެންމެ ޒަމާނީ ފެންވަރަށް ކުރުމުގައި މިހާރު މިފެންނަ ފައިބަރު މަސްދޯނި އެންމެ ފުރަތަމަ ބަނީ މާމެންދޫގައެވެ. އެއީ ފިތޮރޯނުމާ ކިޔާ ދޯންޏެކެވެ. ނމަވެސް މިހާރު މާމެންދޫގައި މަހަށް ފުރަންބޭނުންކުރަނީ ހުސް ފައިބަރު ދޯންޏެވެ. މިހާރު މަސްވެރިކަމުގައި ދުއްވާ 100 ފޫޓަށް ވުރެ ދިގު 6 (ހައެއް) ފައިބަރު މަސްދޫނި މާމެންދޫގައި އޮވެއެވެ. [[1]]
މާމެންދުއާބެހެ ޙަބަރު ހޯއްދެވެވުމަށް [2]