Jump to content

ފުވައްމުލައް (ޏ. އަތޮޅު)

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ Fuvammulah (Gnaviyani Atoll) އިން)
Fuvahmulah, Maldives
ފުވައްމުލައް
ޤައުމުދިވެހިރާއްޖެ
Geographic atollGnaviyani Atoll
Administrative atollGnaviyani Atoll
މާލެއާއި ހުރި ދުރުމިން494 km (307 mi)
ސަރުކާރު
 • CouncilFuvahmulah Atoll Council
Dimensions
 • Length4.5 km (2.8 mi)
 • Width1.2 km (0.7 mi)
އާބާދީ
 (June 2010)
 • Total11,140
ފަންވަތް:Pluralize from textފަންވަތް:Pluralize from text
Time zoneUTC+05:00 (MST)

ފުވައްމުލައް

ފުވައްމުލަކަކީ އަތޮޅެއް ނޫނެވެ. އެވޭލާ ޒަމާނުގައި މާކަނޑާ ގުޅިފައި އޮތް ވިލެއް އޮތެވެ. ކަނޑިންމަ ބެދުމުގެ ސަބުން މިހާރަކު ވިލެއްފަޅެއް ނެތެވެ. ފަޅުތެރޭގައި އެންމެ ފުނައް އޮތް ތާގައި އުފެދުނީ ކުޅިއެވެ. އެއީ ރަށުގެ ދެކުނުގައިވާ ބަންޑާރަކިޅި އާއި އުތުރު ކޮޅޮގައި ވާ ދަޑިމަގިކިޅިއެވެ. ފަޅު އޮތްތަން އޮތީ ޗަސްބިމުގެ ގޮތުގައެވެ.މި ދެކުޅިއާ ގުޅިފައިވާ ޗަސް ބިން ހިމެނޭ ސަރަހައްދު ވެސް އޮތީ ހިކިފަސްތަނުގެ މެދުގައެވެ.މާކަޑާ ގުޅުމެއް ނެތެވެ. ހަތަރު އުދަރެސްފެނުގެހި ވަށާގެގެން ފުއްޓަރެވެ. ދިވެހިރާއްޖޭގެ އިދާރީ ހިންގުމަށް ޓަކާ އަތޮޅެއްގެ ގޮތުގައި ބެލި ނަމެވެސް އަތޮޅެއްގެ ސިފައެއް ފުވަމުލަކުގައި ނެތެވެ.

ހޭލީ ފަށުން އުސް ރަށެކެވެ. ރަށުތެރެ އޮތީ މެދަށް ފެންފައްސިޔަކޮށެވެ. އެހެނަސް އުތުރު ފަރާތް ވަނީ ތިރިކޮށެވެ. ހޭޅީ ފަށުން އެންމެ ތިރި ކޮށްއޮތީ ރަށުގެ "ބަނޑަހާ ފަންނާ" ދިމާލުންނެވެ.އެންމެ އުހީ ހޯދަޑު އަވަށެވެ.މިރަށަކީ ފެން ހެޔޮ،ފަސްގަނޑު ރަގަޅު ދަނޑުވެރި ރަށެކެވެ.ހޭޅި ފަށުގައި ހުރީ މަގުލާއި ދިވެހި ރުކެވެ.ރުއް އެންމެ ގިނައީ ހޭޅި ފަށުގައެވެ.ދުވަސް ކޮޅެއް ކުރި ރަށުތެރޭ ގައި ބިޔަ ދަބާއި ފުނަގަސް ހުއްޓެވެ. ބިޔަދޮވިކަމާ އެކުވެ މިހާރު ވަރަށް މަދެވެ.ޗަސްބިމުގައި ހައި، އަލަނާސި، ހަނޑުއަދި އޮޅުއަލަ ހައްދައި އުޅުނެވެ.


ޒަމާނުސުރެ އިދާރީ ގޮތުން ބެހިފައިވާ އަވަށްތަކަކީ (1) – ދަޑިމަގު (2) – ހޯދަޑު (4) – މާދަޑު (6) – ދަށޮކުބާ (7) - މިސްކިތްމަގު (8) – ދޫނޑިގަން (9) – ފުނާޑު އެވެ. މީގެތެރެއިން ދަށޮކުބާ،މިސްކިތްމަގަށް އިތުރުކޮށް މިއަވަށް ވަނީ އުވާލާފައެވެ.

މީހުން އާބާދުވުން

ޙިޖްރައިން 6 ވަނަ ޤަރުނުގެ ކުރީކޮޅު،މީލާދީން 12 ވަނަ ޤަރުނުގެ ކުރިން ފުވައްމުލަކުގައި މީހުން އުޅެފައި ވާ ކަމުގެ ހެކި މިހާރުވެސް ފެންނާން އެބަހުއްޓެވެ. އެހެ ނަމަވެސް އެކިފަރުމަތިން ފުވައްމުލައް ފަޅުވިއެވެ. އޭގެ އަދަދާއި ބެހޭ ކޮތުން ޚިޔާލު ތަފާތެވެ. ހަތްފަހަރު ފަޅުވިކަމަށްވެސް ބުނެ އުޅެއެވެ.ދިރާސާ ކުރެވުނު މިންވަރުން ކަޑައެޅިއެގެއޮތީ ތިން ފަހަރެވެ.


ފުރަތަމަ ފަހަރު: ފުވައްމުލައް ފަޅުވެފައި ވަނިކޮށް އެރަށް ކޮށައި ޢިމާރާތްކޮށް އާބާދުކޮށް އެރަށުގައި ވަޒަން ވެރިވި މީހަކީ އަލީ އަޑަފިކަލޭގެ އާއި އޭނާގެ އެކުވެރީންގެ ބައެކެވެ. މިއަލީ އަޑަފިކަލޭގެ އަކީ ޔޫސުފުނާއިބުކަލޭގެ ފާނުގެ ފުތް ދޮން ޙަސަން ޚަތީބު ކަލޭގެ ފުތް ކަނބުރު އަދަރަހަން ޚަތީބުގެ ފުތް އުޠުވާނު ޚަޠީބުގެ ފުތް ސީދި ނާއިބުކަލޭގެ ފުތް އަލީ އަޑަފި ކަލޭގެ އެވެ. މީނާ ވަޒަންވެރިވެ އުޅުނީ މާދަޑި އަވަށު ކެޑޭރެ ގޭގައެވެ. މި އަލީ އަޑަފި ކަލޭގެފާނު ބިނާކުރެއްވި މިސްކިތުގެ ނަމަކީ ކެޑޭރެ މިސްކިތެވެ.


ދެވަނަ ފަހަރު:ފުވައްމުލައް ފަޅުވެފައި ވަނިކޮށް މިފަހަރު އެރަށް ކޮށައި ޢިމާރާތްކޮށް އާބާދުކޮށް އެރަށުގައި ވަޒަން ވެރިވި މީހަކީ ދޮން އަބާ ކިރާއި އޭނާގެ އެކުވެރީންގެ ބައެކެވެ. މީނާ ބިނާކުރެއްވި މިސްކިތުގެ ނަމަކީ އަބާކިރު ކަލޭގެ މިސްކިތެވެ. މިދޮން އަބާކިރަކީ ޔޫސުފު ނާއިބު ކަލޭގެ ފާނުންގެ ފުތް ޢަބްދު ނާއިބު ކަލޭގެފާނުގެ ފުތް ޔަހްޔާ ނާއިބުކަލޭގެފާނުންގެ ފުތް ޢުމަރު ފަނޑިޔާރުކަލޭގެފާނުގެ ރަންފުތުކަލޭގެ ފުތް ހާނާރު މުޙައްމަދުކަލޭގެ ފުތް ރަންފުތްކަލޭގެ ފުތް ދޮން އަބޫބަކުރު ކަލޭގެފާނު އެވެ. މީނާ މަޝްހޫރުވެފައިވަނީ ހުވަދޫ އަބާކިރުގެނަމުންނެވެ.


ތިންވަނަ ފަހަރު: ފުވައްމުލައް ފަޅުވެފައި ވަނިކޮށް މިފަހަރު އެރަށް ކޮށައި ޢިމާރާތްކޮށް އާބާދުކޮށް އެރަށުގައި ވަޒަން ވެރިވި މީހަކީ މުލަކު މޫނުފާކު މުދިން ކަލޭގެފާނު އެވެ. މޫނުފާކު މުދިންކަލޭގެފާނަކީ ޔޫސުފު ނާއިބު ކަލޭގެ ފާނުގެ ފުތް ހޯދަޑު ދޮން ޙަސަން ޚަޠީބު ކަލޭގެ ފުތް ކަބުރު އަދަރަހަން ޚަޠީބުގެ ފުތް އުޠުވާން ކަތީބުގެ ފުތް ސީދި ނާއިބު ކަލޭގެ ފުތް ޢަލީ އަޑަފިކަލޭގެ ފުތް ކެހެރި ތައި ނާއިބު ކަލޭގެ ފުތް ކެހެރި ތައި ދޮން އަބަރަހަން ޚަޠީބު ކަލޭގެ ފުތް މޫސާ ޚަޠީބު ކަލޭގެ ފުތް އިބްރާހިމް ޚަތީބުކަލޭގެ ފުތް އަނބުލެމަގި ދޮން ޙުސެން ކަތީބުކަލޭގެ ދިޔަރެހިމަގު ދޮން ޙަސަން ޚަޠީބު ކަލޭގެ ފާނުގެ ފުތް މޫނުފާކު މުދިން ކަލޭގެފާނު އެވެ. މިއީ މިހާތަނަށް ހޯދޮނު މައުލޫމާތު ތަކުން އެގުން މިންވަރެވެ.


ފަޅުވާން ދިމާވި ސަބަބު

ފަޅުވާން ދިމާވި ސަބަބަކީ ކޮންމެވެސް ބަލިމަޑު ކަމެއްގައި ގިނަ ޢަދަދަކަށް މީހުން މަރުވާން ފެށުމުން ރަށް ދޫ ކޮށްފައި ،އެކި ރަށް ރަށަށް ދިއުމުންނެވެ. ޔަޤީންކަމާއެކު އައްޑު އަތޮޅު މީދުއަށް ދިޔަކަން މީދޫގެ ތާރީޚުން އެގެއެވެ. މީދުއަށް ދިޔަ ދޯނިފަހަރުތަކުގައި ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ތިއްބެވެ. މަރުނުވެ ތިބި މީހުން ތިބީ ގަދަފަދަ ހުމެއްޖެހި، ޙާލު ދެރަވެފައެވެ. މިގޮތަށް މަރުވެގެން ގެނެވުނު ހުރިހާ މީހުން ވަޅުލެވިފައިވަނީ މީދޫގެ “މާކަންމަތި” ކިޔާ ޞަރަޙައްދުގައެވެ. އެތަނަށް ފުވައްމުލަކު މީހުންކިޔައި އުޅެނީ މުލަކު ކައްބިމެވެ. އެތަނަކީ ކޯގަންނުގެ ހުޅަގު ފަރާތުގައިވާ ވަކި ޚާއްޞަ ޞަރަޙައްދެކެވެ.މިތަން މިހާރުވެސް އެނގެން އެބައޮތެވެ.

ފުވައްމުލަކަށް ޖިއޮގްރާފީ ގޮތުން އައިސްފައިހުރި ބަދަލުތަކާއި ރަށް ފަޅުވުމާއި ގުޅުމެއް ހުރެދާނެކަމީ ލަފާކުރެވޭކަމެކެވެ. ކަޑިންމަ ބެދުމުގެ ސަބަބުން ބަލިމަޑުކަމެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ.ވިލުތެރޭގައި މަސްތައް މަރުވެ ކުނިވާނެކަމީ ހަމަޔަގީނުން ހިގާފައި ހުންނާނެ ކަންތަކެވެ. އޭގެ ސަބަބުން ބަލިމަޑުކަން އުފެދޭ ނެއެވެ. ވިލު އެއްކޮށް ބެދުނީ އެކި ފަހަރު މަތިން ކަމަށް ވެސް ވެދާނެއެވެ.މިއީ ފަޅުވުމާ މެދު އަމީއްލަ ޚިޔާލެކެވެ.



ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް