Jump to content

އެޑްރީނޯ ކޯޓިކޯ ޓްރޮޕިކް ހޯރމޯން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އެޑްރީނޯ ކޯޓިކޯ ޓްރޮޕިކް ހޯރމޯން ނުވަތަ (އިނގިރޭސި ބަހުން: Corticotropin) އަކީ އެންޓީރިއޯ ޕިޓޫއިޓަރީ ގްލޭންޑް ގައި ހުންނަ ކޯޓިކޯޓްރޯޕް(Corticotrope) ސެލްތަކުން އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން ދޫކުރަން ފަށަނީ ހައިޕޯތަލަމަސް އިން ކޯޓިކޯޓްރޮޕިން ރިލީސިންގ ހޯރމޯން ދޫކުރަން ފެށުމުން އެއަށް އިޖާބަ ދިނުމުގެ ގޮތުންނެވެ. މިހޯރމޯން އަށް ކޯޓިކޯ ޓްރޮޕިން(Corticotropin) އޭވެސް ކިޔައި އުޅެއެވެ. އެޑްރީނޯ ކޯޓިކޯ ޓްރޮޕިކް ހޯރމޯން އުފެދިގެން އަންނަނީ ޕްރީ އޮޕިއޯމިލަނޯ ކޯޓިން(POMC) އިންނެވެ. މިމާއްދާ ބައިވެގެންދަނީ އެޑްރީނޯ ކޯޓިކޯ ޓްރޮޕިކް ހޯރމޯން އަދި ބީޓާ ލައިޕޯޓްރޮޕިން އަށެވެ.