Jump to content

ގްރޯޘް ހޯރމޯން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ގްރޯޘް ހޯރމޯން ނުވަތަ (އިނގިރޭސި ބަހުން: Growth hormone) އަކީ އިންސާނާގެ ހަށިގަނޑު ބޮޑުވުމަށް ބާރުއަޅައި، ސެލްތައް އުފެއްދުމުގައި އެހީތެރިވެދޭ ޕްރޮޓީން ހޯރމޯން އެކެވެ. 191 އަމިނޯ އެސިޑް އެކުލެވޭ ސިންގަލް ޗެއިން ޕޮލިޕެޕްޓައިޑް ހޯރމޯން އެއްކަމުގައި ބެލެވޭ ގްރޯޘް ހޯރމޯން އުފައްދައި، ރައްކާކޮށް ދޫކުރަނީ އެންޓީރިއޯ ޕިޓޫއިޓަރީގެ އަރިމަތީ ފިޔައިގައި ހުންނަ ސޯމަޓަޓްރޯޕް(Somatotrope)ކިޔާ ސެލްތަކުންނެވެ. މިހޯރމޯން އަށް ކިޔައިއުޅޭ އެހެން ނަންތަކުގެ ތެރޭގައި ސޯމަޓަޓްރޯޕިން(Somatotropin/STH) ހިމެނެއެވެ.