Jump to content

އޮކްސިޓޯސިން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އޮކްސިޓޯސިން ނުވަތަ (އިނގިރޭސި ބަހުން: Oxytocin) އަކީ އިންސާނާގެ ސިކުނޑިގައި ނިއުރޯ ޓްރާންސްމިޓަރ އެއްގެ ގޮތުގައި ހަރަކާތްތެރިވާ ހޯރމޯން އެކެވެ. އަންހެނުންނަށް ރިޢާޔަތްކުރާއިރު އޮކްސިޓޯސިން ދޫކުރަން ފަށަނީ ވިހެއުމުގެ ތެރޭގައި ރަހިމުގެ ކަރު ، އަދި އަންހެނާގެ ޖިންސީ ގުނަވަން ފުޅާވުމަށްފަހު ގައެވެ. އެއީ ވިހެއުން ފަސޭހަކޮށްދީ ހަލުއިކޮށްދިނުމަށްޓަކައެވެ. ހަމަމިހެން ގާތުން ދިނުން ހަލުއިކޮށް ފަސޭހަކޮށް ދިނުމަށްޓަކައި ވަށްގަނޑު ހީވާގިކޮށް މުރާލިކުރުމުން ވެސް އޮކްސިޓޯސިން ދޫކުރަން ފަށައެވެ.

ޖިންސީ އެދުން ފުއްދުމުގެ ތެރޭގައި ކުންނަށް ވާޞިލްވާ ހިނދު ދެޖިންސްގެ މީހުންގެ ހަށިގަނޑުން ވެސް އޮކްސިޓޯސިން ދޫކުރެއެވެ. ސިކުނޑިގައި އަދާކުރާ ދައުރަށް ބަލާއިރު މީހުންގެ މެދުގައި އިޖްތިމާޢީ ގުޅުން ބަދަހިކޮށް އަދި އިތުބާރު އުފެއްދުމުގައި އޮކްސިޓޯސިން ދައުރެއް ކުޅޭކަމަށް ބުނެވެއެވެ.