އެޑްރީނަލް ގްލޭންޑް
އެޑްރީނަލް ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Adrenal glands) އަކީ ކޮންމެ ގުރުދާ އެއްގެ މަތީގައި ތިނެސްކަން ބައްޓަމަށް އިންނަ އެންޑަކްރިން ގްލޭންޑް އެކެވެ. މިގްލޭންޑް ތަކަށް ސްޕްރަރީނަލް ގްލޭންޑް(Suprarenal gland) އޭ ވެސް ކިޔައެވެ. ސްޓްރެސް ކޮންޓްރޯލް ކުރުމުގައި ހަށިގަނޑުން މަސްއޫލުވާ މައިގަނޑު އެއް ގްލޭންޑް އަކީ މިއީއެވެ. ކޯޓިކޯ ސްޓީރޮއިޑް ތައް އަދި ކެޓިކޮލަމީން ތައް އުފައްދައި ދޫކުރަނީ މިގްލޭންޑް ގެ ސެލްތަކުންނެވެ.
އެޑްރީނަލް ގްލޭންޑް ގެ ސައިޒަށް ބަލާއިރު އަަހަރެމެންގެ ބޮޑުވާއިގިލީގެ ނިމޭކޮޅުގައިވާ ހިސާބާއި އެއްވަރެވެ. އެޑްރީނަލް ގްލޭންޑް އިން ދޫކުރާ ހޯރމޯންތަކުން ހަށިގަނޑު ތަފާތު ކަންތައްތައް ކޮންޓްރޯލްކޮށް، ސާބިތުކަންމަތީ ބެހެއްޓުމުގައި ބައިވެރި ވެއެވެ.
އެޑްރީނަލް ގްލޭންޑް މައިގަނޑު 2 ބަޔަކަށް ބެހިގެން ވެއެވެ. އެއީ އެތެރޭގެ މަދު ނުވަތަ އެޑްރީނަލް މިޑުލާ އަދި ބޭރުން ލެވިފައިވާ ތޮށި ފަށަލަ ނުވަތަ އެޑްރީނަލް ކޯޓެކްސް އެވެ.
- އެޑްރީނަލް ކޯޓެކްސް އިން ދޫކުރާ ހޯރމޯންތައް
އެޑްރީނަލް ކޯޓެކްސް އިން ދޫކުރާ ހޯރމޯންތަކަށް ކިޔަނީ ކޯޓިކޯ ސްޓީރޮއިޑް އެވެ. ތަފާތު 3 ވައްތަރެއްގެ ކޯޓިކޯ ސްޓީރޮއިޑް އެޑްރީނަލް ކޯޓެކްސް އިން ދޫކުރެއެވެ.
- އެޑްރީނަލް މިޑުލާ އިން ދޫކުރާ ހޯރމޯންތައް
- އެޑްރެނަލިން
- ނޯއެޑްރެނަލިން
- ޑޯޕަމީން
- އެންކެފަލިން