Jump to content

އެންކެފަލިން

ވިކިޕީޑިއާ އިންވިކިޕީޑިއާ

އެންކެފަލިން ނުވަތަ (އިނގިރޭސި ބަހުން: Enkephalin) އަކީ ޕެންޓަޕެޕްޓައިޑް އެކެވެ. އެންކެފަލިންގެ ދެވައްތަރެއް ހުރެއެވެ. އެއީ މެޓް އެންކެފަލިން(Met-enkephalin)، އަދި ލިއު އެންކެފަލިން(Leu-enkephalin) އެވެ. މިމާއްދާ ހަށިގަނޑަށް އިހްސާސްވާ ތަނދު ކެނޑުވުމުގައި ބައިވެރި ވެއެވެ. އެޑްރީނަލް މިޑުލާގެ އިތުރުން ހަޖަމުކުރާ ނިޒާމް ގައިވެސް އެންކެފަލިން ހުރެއެވެ. އެންކެފަލިން ބައިބައިވެގެން އެހެން މާއްދާތައް އުފެދިގެން ދަނީ އެންކެފަލިނޭސް ކިޔާ އެންޒައިމެއްގެ އެހީގައެވެ. އެޑްރީނަލް މިޑުލާ ގައި އެންކެފަލިން އުފެދެނީ އޭގައި ހިމެނޭ ކްރޯމަފިން ސެލް (Chromaffin cell) ތަކޭ ކިޔާ ސެލްތަކަކުންނެވެ.