ޕްރޯޖެސްޓަރޯން
Appearance
ޕްރޯޖެސްޓަރޯން ނުވަތަ (އިނގިރޭސި ބަހުން: progesterone)އަކީ ސްޓީރޮއިޑް ހޯރމޯން އެކެވެ. މިހޯރމޯން އަކީ މައްސަރު ކަންތައް ލައިގަތުން، މާބަނޑުވުން، އަދި ތުއްތު ދަރިފުޅު ބަނޑުގައި ބޮޑުވަމުން އަންނަ އައުން ފަދަ ކަންތައްތަކުގައި ޝާމިލްވާ އެއްޗެކެވެ. ބޭހުގެ ގޮތުގައި ބޭސް ކާރުޚާނަތަކުން އުފައްދައި ވިއްކަން ހުންނަ ޕްރޯޖެސްޓަރޯން އަށް ކިޔަނީ ޕްރޯޖެސްޓަޖަން(progestogen) އެވެ.
ޕްރޯޖެސްޓަރޯން އުފައްދާ ތަންތަނުގެ ތެރޭގައި ބިސް ދޫކޮށްލުމަށްފަހު ބިސްރަވައިގައި އުފެދޭ ކޯޕަސް ލޫޓިއަމް، މާބަނޑު ދުވަސްވަރު ބަނޑުގައި އުފެދޭ މަސް ނުވަތަ ޕްލަސެންޓާ ހިމެނެއެވެ. މީގެ އިތުރުން ސިކުނޑި، އަދި އެޑްރީނަލް ގްލޭންޑް ގައި ވެސް މިހޯރމޯން އުފެދެއެވެ.