ލައިޕޯޓްރޮޕިން
Appearance
ލައިޕޯޓްރޮޕިން ނުވަތަ (އިނގިރޭސި ބަހުން: Lipotropin) އަކީ އަކީ އެންޓީރިއޯ ޕިޓޫއިޓަރީ ގްލޭންޑް ގައި ހުންނަ ކޯޓިކޯޓްރޯޕް(Corticotrope) ސެލްތަކުން އުފައްދައި ދޫކުރާ ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. ލައިޕޯޓްރޮޕިން ހޯރމޯން އުފެދިގެން އަންނަނީ ޕްރީ އޮޕިއޯމިލަނޯ ކޯޓިން(POMC) އިންނެވެ. މިމާއްދާ ބައިވެގެންދަނީ އެޑްރީނޯ ކޯޓިކޯ ޓްރޮޕިކް ހޯރމޯން އަދި ބީޓާ ލައިޕޯޓްރޮޕިން އަށެވެ. ދެވައްތަރެއްގެ ލައިޕޯޓްރޮޕިން ހުރެއެވެ. އެއީ ބީޓާ ލައިޕޯޓްރޮޕިން އަދި ގާމާ ލައިޕޯޓްރޮޕިން އެވެ.