Jump to content

އިލިއަމް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އިލިއަމް
Small intestine
The cecal fossa. The ileum and cecum are drawn backward and upward.
Gray's subject #248 1171
Artery intestinal arteries
Nerve celiac ganglia, vagus [1]
Precursor midgut

ކުޑަ ގޮހޮރުގެ ފަހު ބައި ނުވަތަ އިލިއަމް(އިނގިރޭސި ބަހުން: Ileum) އަކީ ކުޑަ ގޮހޮރު ބެހިފައިވާ 3 ބައިގެ ތެރެއިން އެންމެ ފަހަތަށް އިންނަ ބަޔެވެ. އިންސާނުންގެ އިލިއަމްގެ ދިގުމިނުގައި ގާތްގަނޑަކަށް 3.5 މީޓަރު ވަރު ހުރެއެވެ.މިމިންވަރު 4-2 މީޓަރާއި ދެމެދުގެ މިނެއްގައި ހުރުމަކީ ވެދާނެ ގޮތެކެވެ. ބޮޑު ގޮހޮރުގެ ބައެއް ކަމުގައިވާ ސީކަމް އާއި އިލިއަމް ވަކިކޮށްދެނީ އިލިއޯސީކަލް ވޭލް(އިނގިރޭސި ބަހުން: Ileo-caecal valve) އިންނެވެ. އިލިއަމްގެ ޕީއެޗް ހުންނަނީ 8-7 އާއި ދެމެދުގައެވެ.

އިލިއަމްގެ ވަޒީފާ

[އުނިއިތުރު ގެންނަވާ]

އިލިއަމްގެ މައިގަނޑު ވަޒީފާއަކީ ވިޓަމިން ބީ12 އަދި ބައިލް ސޯލްޓް ހަށިގަނޑަށް ނެގުމެވެ. ނުވަތަ އެމާއްދާތައް ހަށިގަނޑަށް ދަމަނީ ނުވަތަ ނަގަނީ ކުޑަ ގޮހޮރުގެ ފަހު ބައި އިލިއަމް ގެ ތެރޭގައެވެ. މީގެ އިތުރުން ކުޑަ ގޮހޮރުގެ މެދު ބައި ޖެޖޫނަމް އިން ހަށިގަނޑަށް ނުނަގައި ހުންނަ ބައިތައް ވެސް އިލިއަމްގެ ތެރެއިން ހަށިގަނޑަށް ނަގައެވެ.

އިލިއަމްގެ އެެތެރޭގެ ތެތް ދުލިފަށުގެ ސަތަހައިގައި ކުދި އިގިލިތަކެއްހެން ނިކުމެފައިހުންނަ ނިކުތުން ތަކެއް ހުރެއެވެ. މިގޮތަށް ނިކުމެފައި ހުންނަ ބައިތަކަށް ކިޔަނީ ވިލަސް އެވެ. ނުވަތަ ވިލައި އެވެ. އަދި މިވިލަސް ތަކުގެ ފާރުގައި ހުންނަ އެޕިތީލިއަލް ސެލް ތަކުގައި އެއަށްވުރެ ކުދިކުދި އެތައް ވިލަސް ތަކެއް ހުރެއެވެ.

އިލިއަމްގެ އެތެރޭގެ ތެތް ދުލިފަށަލައިގައި ހިމެނޭ ޑިފިޔޫޒް ނިއުރޯއެންޑަކްރިން ސިސްޓަމްގެ ސެލްތަކުގައި ގެސްޓްރިން، ސިކްރީޓިން އަދި ކޯލިސިސްޓަކައިނިން އެކުލެވިގެން ވެއެވެ. މިހޯރމޯން ތަކަކީ ޕްރޮޓީން އަދި ކާބޯހައިޑްރޭޓް ހަޖަމުކުރުމުގެ އެންމެ ފަހު މަރުހަލާގައި ބައިވެރިވެ، ޝާމިލްވާ މާއްދާ ތަކެކެވެ. ބައެއް ފަހަރު މިހޯރމޯންތަކަށް އެންޒައިމް ތަކޭ ވެސް ކިޔައެވެ. މިބުނި އެންޒައިމް ތައް ހުންނަނީ އިލިއަމްގެ އެތެރޭގެ ތެތް ދުލިފަށަލަގައި ހިމެނޭ އެޕިތީލިއަލް ސެލްތަކުގެ ސައިޓަޕްލާޒަމް ގައެވެ.

ހަޖަމުކުރުމުގެ މަސައްކަތުގެ ތެރޭގައި އުފެދޭ އަމީނޯ އެސިޑް ތަކާއި ގުލްކޯޒް ވިލަސް ތަކުގެ ތެރޭގައި ހިމެނޭ ކުދި ލޭހޮޅިތަކުގެ ޒަރީޢާއިން ޕޯޓަލް ވެއިން އަށް ގެންގޮސްދެއެވެ. އަދި އެއަށްފަހު ފުރަމޭއަށް ވާޞިލް ވެއެވެ.އިލިއަމްގެ ވިލަސް ތަކުގައި ލެކްޓީއަލް އޭކިޔޭ ކުދި ލިމްފް ހޮޅިތަކެއް ވެއެވެ. ފެޓް ހަޖަމުކުރުމުގެ ތެރޭގައި އުފެދޭ ފެޓީ އެސިޑް އަދި ގްލިސަރޯލް ހަށިގަނޑަށް ނަގަނީ މިބުނި ލެކްޓީއަލް ތަކުންނެވެ.

ޖެޖޫނަމް އާއި އިލިއަމްގެ ތަފާތު

[އުނިއިތުރު ގެންނަވާ]
  • ޖެޖޫނަމް އަށްވުރެ އިލިއަމް ގައި ޖަހާފައި ހުންނަ ސަރުބީ ގިނަވާނެއެވެ.
  • އިލިއަމް ހުންނަނީ ފަނޑު ކުލައަކަށެވެ. އަދި އިލިއަމްގެ އެތެރޭގެ ހުރަސް ދިގު ވަށަމިން ޖެޖޫނަމް އަށްވުރެ ކުޑަވެފައި ހިމަވާނެއެވެ.
  • މުޅި ކުޑަ ގޮހޮރުގައި ލިމްފޮއިޑް ޓިޝޫތައް ހުންނައިރު، ޕެޔާރސް ޕެޗް ތައް އިލިއަމް ގައި ގިނަ އަދަދަކަށް ހުންނަކަން ފާހަގަ ކުރެވެއެވެ.
  • ޕްލައިކޭ ސާކިޔުލަރިސް ތައް ޖެޖޫނަމްގައި ބޮޑެތިވެފައި، ގިނަވާނެއެވެ. އަދި ޕްލައިކޭ ސާކިޔުލަރިސް ތައް އިލިއަމްގައި ކުދިވެފައި، މަދުވާނެއެވެ.
  • ވިލަސް ތައް ޖެޖޫނަމް ގައި ބޮޑެތިވެފައި، ގިނަވާނެއެވެ. އަދި ވިލަސް ތައް އިލިއަމްގައި ކުދިވެފައި، މަދުވާނެއެވެ.

އިތުރު ފޮޓޯތައް

[އުނިއިތުރު ގެންނަވާ]
  1. ފަންވަތް:GeorgiaPhysiology