Jump to content

ޑޯޕަމީން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ޑޯޕަމީން ނުވަތަ (އިނގިރޭސި ބަހުން: Dopamine) އަކީ ސިކުނޑިގެ ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ އާކުއޭޓް ނިއުކްލިއަސް(Arcuate nucleus) އިން އުފައްދައި ދޫކުރާ ނިއުރޯ ހޯރމޯން އެކެވެ. ސިކުނޑިގެ ތެރޭގައި ޑޯޕަމީން މަސައްކަތްކުރަނީ ނިއުރޯ ޓްރާންސްމިޓަރ އެއްގެ ގޮތުގައެވެ. އެގޮތުން 5 ވައްތަރެއްގެ ޑޯޕަމީން ރިސެޕްޓަރ ތައް ހީވާގިކޮށް މުރާލި ކުރުވައެވެ. އެއީ D1,D2,D3,D4,D5 މި 5 ވައްތަރުގެ ރިސެޕްޓަރ އެވެ. ހައިޕޯތަލަމަސް އިން ދޫކުރާ ޑޯޕަމީންގެ މައިގަނޑު މަސައްކަތަކީ އެންޓީރިއޯ ޕިޓޫއިޓަރީ ލޯބް އިން ޕްރޯލެކްޓިން ދޫކުރުން މަނާކުރުމެވެ. ނުވަތަ އެމަސައްކަތަށް ހުރަސް އެޅުމެވެ. މީގެ އިތުރުން އެޑްރީނަލް މިޑުލާ ގައި ހިމެނޭ ކްރޯމަފިން ސެލް(Chromaffin cell) ތަކުން ވެސް ޑޯޕަމީން ދޫކުރެއެވެ.