މާރޗް
Appearance
މާރޗް މަހަކީ މީލާދީ ކަލަންޑަރުގެ ތިންވަނަ މަހެވެ.
ޙާދިސާތައް
[އުނިއިތުރު ގެންނަވާ]- މާރޗް 1 - 1958 - ދިވެހިރާއްޖެ:- މިދުވަހު އޮތް ރައްޔިތުން މަޖުލީހުގެ ޖަލްސާގައި އިގިރޭސިންނާއި ދެމެދު ވެވިފައިވާ އައްޑޫ އާއި ބެހޭ އެގްރީމަންޓްގައި ސޮއިނުކުރުމަށް ފާސްވުން
- މާރޗް 1 - 1979 - ދިވެހިރާއްޖެ:- ސަރުކާރުން އެހީދެއްވި ޕްރައިމަރީ ސުކޫލެއް ނ.މަނަދޫގައި ރައީސުލް ޖުމްހޫރިއްޔާ ހުޅުވައިދެއްވުން
- މާރޗް 1 - 1979 - ދިވެހިރާއްޖެ:- ހދ. ކޮމިއުނިޓީ ސުކޫލް ހދ. ކުޅުދުއްފުށީގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބުދުލް ގައްޔޫމް ހުޅުވައިދެއްވުން
- މާރޗް 2 - 1979 - ދިވެހިރާއްޖެ:- ހއ.ހޯރަފުށީ ޕްރައިމަރީ ސުކޫލް ހުޅުވުން
- މާރޗް 4 - 1942 - ދިވެހިރާއްޖެ:- ރާއްޖޭގެ އުތުރުގެ މީހުން ސަރުކާރާއި ދެކޮޅަށް މާލެއައުން. 9452 މީހުން މާލެއައީ 552 އުޅަނދުގައެވެ.
- މާރޗް 5 - 1931 -ދިވެހިރާއްޖެ:- މިސްޓަރ ބީއެޗް ބޯޑިލޯން އެޗްއެމް އެސް އެންޓަރ ޕްރައިސް ކިޔާ މަނަވަރުގައި ދިވެހި ދައުލަތުގެ ވެރިންގެ އެދުމަށް ދިވެހިރާއްޖޭގައި ގާނޫނު އަސާސީއެއް ހެއްދެވުމުގައި އެހީތެރިވުމަށް މާލެ ވަޑައިގަތުން
- މާރޗް 5 - 1979 - ދިވެހިރާއްޖެ:- ހއ. ދިއްދޫ މަދަރުސަތުލް ޣާޒީ މުޙައްމަދު އަކީ ސަރުކާރުން އެހީވެދެއްވާ މަދަރުސާއެއްކަމުގައި ހަމަޖެއްސެވުން
- މާރޗް 5 - 1979 - ދިވެހިރާއްޖެ:- ހއ. ކެލާ މަދަރުސަތުއް ޝައިޚް އިބްރާހީމް އަށް ސަރުކާރުން އެހިދެއްވާ ގޮތަށް ހަމަޖެއްސުން
- މާރޗް 6 - 1979 - ދިވެހިރާއްޖެ:- ހދ. ނޮޅިވަރަންފަރު ޕްރައިމަރީ ސުކޫލް ހުޅުވައިދިނުން
- މާރޗް 6 - 2009 - ދިވެހިރާއްޖެ:- މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް ގޮވާލައި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީން ބޭއްވި މުޒާހަރާ މިއަދުގެ 2:30 ގައި ފެށި. މި މުޒާހަރާގައި މަސްވެރިންގެ ފަރާތުން އެދުނީ ކަންނެލީގެ އެންމެ ދަށް އަގަކީ 45 ރުފިޔާ ކަމަށް ހެދުމަށާއި މިފްކޯގެ ދޯނިފަހަރުގައި މަސްވެރިކަން ކުރުން ހުއްޓާލުމަށައި މާލޭ މާރުކޭޓު ސަރަހައްދުން ބޯފެނާއި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް.
- މާރޗް 7 - 1954 - ދިވެހިރާއްޖެ:- 84 މާއްދާގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގެ ހަތަރުވަނަ ގާނޫނު އަސާސީ އަލްއަމީރު މުޙަންމަދު ފަރީދު ދީދީ ތަޞްދީގު ކުރެއްވުން
- މާރޗް 8 - 1962 – ދިވެހިރާއްޖެ : މިސްކިތް މިސްކިތުގެ ގަބުރުސްތާންގައި މީހުން ވަޅުލުން ހުއްޓާލައި، މާލޭގެ ހަތަރު އަވަށުގެ ގަބުރުސްތާން ތަކުގައި މީހުން ވަޅުލާން ފެއްޓުން
- މާރޗް 8 - 1954 - ދިވެހިރާއްޖެ:- ސުމުއްވުލް އަލްއަމީރު މުޙަންމަދު ފަރީދު ދީދީ ރަސްކަމަށް އިސްކުރެއްވުން
- މާރޗް 8 - 1954 - ދިވެހިރާއްޖެ:- ސުމުއްވުލް އަމީރު އަލްއަމީރު އިބްރާހީމް ޢަލީ ދީދީ ނުވަތަ އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ބޮޑުވަޒީރުކަމަށް އިސްކުރެއްވުން
- މާރޗް 10 - 1979 - ދިވެހިރާއްޖެ:- ރ.އުނގޫފާރު ޕްރައިމަރީ ސުކޫލް ހުޅުވުން
- މާރޗް 11 - 1903 -ދިވެހިރާއްޖެ:- ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ދެވަނަ ފަހަރަށް ރާއްޖޭގެ ތަޚްތަށް އިސްކުރެއްވުނެވެ. މިކަން ހިނގީސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަވަނަ) ނުވަތަ ހާޖީ އިމާދުއްދީން ޙައްޖު ދަތުރަށްފަހު މިޞްރުގައި ކައިވެނި ފުޅަށް ރާއްޖެއިން ބޭރުގައި ވަނިކޮށެވެ.
- މާރޗް 11 - 1979 - ދިވެހިރާއްޖެ:- ބ.ދަރަވަންދޫގައި ސަރުކަރުން އެހީވެދެއްވާ ޕްރައިމަރީ ސުކޫލެއް ހުޅުވުން
- މާރޗް 11 - 1980 - ދިވެހިރާއްޖެ:- ދިވެހިރާއްޖެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގެ މެންބަރަކަށްވުން
- މާރޗް 12 - 1964 - ދިވެހިރާއްޖެ:- މާލޭ ސިނެކޯ ރޭޑިޔޯގެ ނަމުން ރޭޑިޔޯ ސްޓޭޝަން ހިންގަން ފެށުން
- މާރޗް 12 - 1974 – ދިވެހިރާއްޖެ:- ދިވެހިރާއްޖެ އާއި އިންޑިޔާ އާއި ދެމެދު ބޮމްބޭ މާލޭ ލިންކް ހުޅުވުން
- މާރޗް 13 - 1959 - ދިވެހިރާއްޖެ:- ދިވެހި ސަރުކަރާއި އިދިކޮޅަށް އައްޑު އަތޮޅު، ހުވަދު އަތޮޅު އަދި ފުވައްމުލަކު ގަޑުބަޑުކޮށް ސަރުކާރެއް އުފެއްދުން. މިސަރުކާރުގެ ނަމަކީ ޔުނައިޓެޑް ސުވާދީބް އައިލެންޑްސް އެވެ.
- މާރޗް 13 - 1972 – ދިވެހިރާއްޖެ:- އިގިރޭސި ރާނީ ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގަތުން. މިއީ ބޭރުގެ ވެރިއަކު ރާއްޖެ އައި ފުރަތަމަ ފަހަރު އެވެ.
- މާރޗް 14 - 1908 -ދިވެހިރާއްޖެ:- ކޮންނައެއްޗެއް ގެނެސްގެން މާލޭގެ ފަޅުތެރެ ކޮންނަށް ފެށުން
- މާރޗް 14 - 1968 - ދިވެހިރާއްޖެ:- ގިރާވަރު މީހުން ހުޅުލެ އަށް ބަދަލުކުރަން ފެށުން
- މާރޗް 15 - 1954 - ދިވެހިރާއްޖެ:- އިގިރޭސި ރާނީއާއި ބައްދަލު ކުރެއްވުމަށް ރާއްޖޭގެ ވަފުދެއް ސިލޯނަށް ފުރާވަޑައިގަތުން
- މާރޗް 16 - 1957 - ދިވެހިރާއްޖެ:- ތިކިޖެހި ތާނަ ތަޢާރަފްކުރެވުން
- މާރޗް 16 - 1963 – ދިވެހިރާއްޖެ:- ނާބަޖެހުން ހުއްޓާލުން
- މާރޗް 16 - 1969 – ދިވެހިރާއްޖެ:- މަތިގެ ރޫޅަން ފެއްޓުން
- މާރޗް 17 - 1970 – ދިވެހިރާއްޖެ:- ގައުމީ ސަލާމް އަށް އިޞްލާހުގެނައުން. ގެނެވުނު އިސްލާހަކީ ދީނާއި ތަޚްތަށް އޮތްތަން ދީނާއި ވެރިންނަށް މިގޮތަށް ބަދަލުކުރުން
- މާރޗް 18 - 1958 - ދިވެހިރާއްޖެ:- މަނާކޮށްފައި އޮތުމަށްފަހު ސަރުކާރު އޮފީސްތަކަށް އަންހެނުން ވަޒީފާއަށް ވަނުމަށް އިއުލާންކުރެއްވުން
- މާރޗް 18 - 1965 – ދިވެހިރާއްޖެ:- ހދ.ކުޅުދުއްފުށީގައި ކަރަންޓްލުން
- މާރޗް 19 - 1931 -ދިވެހިރާއްޖެ:- އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ސިރީކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ ހިރިޔާ ފާތުރާ ދަށަށް ދައުލަތުގެ ބޮޑުންގެ ތެރެއިން ބައެއް ބޭފުޅުން ޙާޟިރުކުރައްވައި، އިސްލާމްދީނާއި ޚިލާފު ނުވާގޮތަށް މިރާއްޖޭގެ މުސްކުޅި އާދަތަކުގެ ތެރެއިން މިޒަމާނަށް ކަމުދާން ހުރި ގޮތްތައް ލައިގެން މިދައުލަތަށް މިހިނދަށް ލިބެންހުރި ފައިސާއެއްގެ މައްޗަށް ވިސްނާ، ރައްޔިތުންނަށް ލުއިކުރެވެން ހުރިވަރަކަށް ލުއިކޮށް ގާނޫނު އަސާސީއެއް އުފެއްދެވުމަށް އަމުރުކުރެއްވިއެވެ.
- މާރޗް 19 - 2013 - ދިވެހިރާއްޖެ:- ހ. ދިއްގާމާގޭގައި ހިންގަމުންދާ ރިލެކްސް އެންޑް ކެންގަރޫ އިން ގެސްޓްހައުސް ގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި 2 ބިދޭސީއަކާއި 2 ދިވެހިން ހައްޔަރުކުރި.
- މާރޗް 21 - 1961 - ދިވެހިރާއްޖެ:- އިގިރޭސި ތަޢުލީމް ސަރުކާރުގެ މަދަރުސާ ތަކުގައި ދޭންފެށުން
- މާރޗް 21 - 1950 - ދިވެހިރާއްޖެ:- އިންޑިޔާގެ ހައިކޮމިޝަނަރ މިސްޓަރ ވީވީ ގިރީ މާލެއައުން. ފަހުން މީނާ އަކީ އިންޑިޔާގެ ރައީސެވެ.
- މާރޗް 22 - 1931 - ދިވެހިރާއްޖެ:- ގާނޫނު ހަދާ މަޖުލިސްގެ މެންބަރުން ފުރަތަމަ ފަހަރަށް އެއްވެ މަޖުލިސް ކުރާ ގެއްކަމަށް ގުޅަކުޅޭ ފަސްގަނޑުގެ އުތުރުން ހުރި އުސްގެ ( މިހާރުގެ ސިފައިންގެ ) ހަމަޖެއްސުން
- މާރޗް 27 - 1983 - ދިވެހިރާއްޖެ:- ސްރީލަންކާގެ އާންމު ބާޒާރުގައި ރާއްޖޭގެ ހިކި ކަނޑުމަސް ވިއްކާގޮތަށް ހަމަޖެއްސުން
- މާރޗް 28 - 1978 – ދިވެހިރާއްޖެ:- ޔޫއެންޑީޕީގެ އޮފީހެއް މާލޭގައި ހުޅުވުން
- މާރޗް 29 - 1978 – ދިވެހިރާއްޖެ:- ހުޅުލޭ އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު އިންޓަރނޭޝަނަލް އެއަރޕޯޓްސް އޮތޯރިޓީ އޮފް އިންޑިޔާ އާއި ހަވާލުކުރުން
- މާރޗް 29 - 1978 – ދިވެހިރާއްޖެ:- ޓީވީ މޯލްޑިވްސް ހުޅުވުން. މިއީ ދިވެހިރާއްޖޭގައި ފުރަތަމަ ޓެލެކާސްޓް ކުރަން ފެށުނު ދުވަހެވެ.
- މާރޗް 29 - 1979 - ދިވެހިރާއްޖެ:- ދ.ކުޑަހުވަދޫ މަދަރުސަތުލް ޙުއްރިއްޔާ އަކީ ސަރުކާރުން އެހީވެދޭ ޕްރައިމަރީ ސުކޫލަކަށް ބަދަލުކުރުން
- މާރޗް 31 - 1925 -ދިވެހިރާއްޖެ:- ސުމުއްވުލް އަމީރުއިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވުމުގެ ސަބަބުން މާލޭ ބޮޑު ކޯއްޓޭ އަށް ބައިދަނޑިއަށް ފުރަތަމަ ފަހަރަށް ދިދަ ތިރިކުރުން
- މާރޗް 31 - 1944 - ދިވެހިރާއްޖެ:- ސުމުއްވުމް އަމީރުލް ޙާއްޖު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ދިވެހި ރާއްޖޭގެ ތަޚްތަށް އިންތިޚާބު ކުރެއްވުން
މަރުވި މީހުން
[އުނިއިތުރު ގެންނަވާ]- މާރޗް 31 - 1925 -ދިވެހިރާއްޖެ:- ސުމުއްވުލް އަމީރުއިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވުން. މާލޭ ބޮޑު ކޯއްޓޭ އަށް ބައިދަނޑިއަށް ފުރަތަމަ ދިދަ ތިރިކުރީ މިފަހަރު އެވެ.