ސެޕްޓެމްބަރު
Appearance
ސެޕްޓެމްބަރު މަހަކީ މީލާދީ ކަލަންޑަރުގެ ނުވަވަނަ މަހެވެ. މި މަހުގައި އޮންނަނީ 30 ދުވަހެވެ.
ހިގާފައިވާ ހާދިސާތައް
[އުނިއިތުރު ގެންނަވާ]- ސެޕްޓެމްބަރު 1 - 1980 - ދިވެހިރާއްޖެ:- ޞިއްޙަތު ތަރައްގީ ކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެކުލަވާލި ޗާޓަރުގައި ރާއްޖެއިން ސޮއިކުރުން
- ސެޕްޓެމްބަރު 1 - 1980 - ދިވެހިރާއްޖެ:- ހެލްތު ފޯރ އޯލް މެޑަލް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް އަށް ލިބިވަޑައިގަތުން
- ސެޕްޓެމްބަރު 5 - 1948 - ދިވެހިރާއްޖެ:- ނޫޓް ހިންގުމުގެ ގާނޫނު ފާސްވެ ފުރަތަމަ ފަހަރަށް ނޫޓްހިންގަން ފެށުން
- ސެޕްޓެމްބަރު 4 - 1948 - ދިވެހިރާއްޖެ:- މާލޭގެ ހަތަރު އަވަށުގެ ކުޅިވަރު ކްލަބްތައް އުވާލުން
- ސެޕްޓެމްބަރު 7 - 1957 - ދިވެހިރާއްޖެ:- ފެތުމުގެ މުބާރާތެއް ފުރަތަމަ ފަހަރަށް ބޭއްވުން
- ސެޕްޓެމްބަރު 8 - 1981 - ދިވެހިރާއްޖެ:- ލިޔަންކިޔަން ދަތުމާ ބެހޭ ބައިނަލް އަގްވާމީ ދުވަސް ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުން
- ސެޕްޓެމްބަރު 9 - 1945 - ދިވެހިރާއްޖެ:- އަތްތެރި މަސައްކަތުގެ ފުރަތަމަ މައުރަޒު ބޭއްވުން
- ސެޕްޓެމްބަރު 20 - 1944 - ދިވެހިރާއްޖެ:- ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ކާބޯތަކެތީގެ މައުރަޒެއް ބޭއްވުން
- ސެޕްޓެމްބަރު 21 - 1965 - ދިވެހިރާއްޖެ:- ދިވެހިރާއްޖެ،އެކުވެރި ދައުލަތްތައް ނުވަތަ އދ. ގައި ބައިވެރިވުން
- ސެޕްޓެމްބަރު 28 - 2015 - ދިވެހިރާއްޖެ:- ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ ރަސްމީ ޔޮޓްގައި އެއްޗެއް ގޮއްވާލުން