Jump to content

ފެބްރުއަރީ 30

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފެބްރުއަރީ 30 މި ދުވަހަކީ މީލާދީ ކަލަންޑަރުގައި ނުހިމެނޭ ދުވަހެއް ކަމުގައި ވީ ނަމަވެސް ބައެއް އެހެން ކަލަންޑަރު ތަކުގައި ފެބްރުއަރީ މަހުގައި 30 ދުވަސް އޮވެއެވެ. އަދި ބައެއް ފަހަރު ފެބްރުއަރީ 30 އަދި ފެބްރުއަރީ 31 ޚިޔާލީ ތާރީޚުތަކެއްގެ ގޮތުގައި ބައެއް ވާހަކަ ތަކުގައާއި ޖޯކު ތަކުގައާއި އަދިވެސް އެހެނިހެން ޙާލަތްތަކުގައި ބޭނުން ކުރެވެއެވެ.

ކުރީގެ ޖޫލިއަން ކަލަންޑަރު[އުނިއިތުރު ގެންނަވާ]

13ވަނަ ޤަރުނު ގައި އުޅުއްވި ޢިލްމު ވެރިޔާ ސަކްރޮބޮސްކޯ ވިދާޅުވާ ގޮތުގައި 45 ބީސީ އާއި 8 ބީސީ އާ ދެމެދުގެ އަހަރުތަކުގެ ޖޫލިއަން ކަލަންޑަރުގައި ލީޕް އަހަރެއްގެ ފެބްރުއަރީ މަހުގައި 30 ދުވަސް އޮވެއެވެ. މިކަން ބަދަލުކޮށް ލެއްވީ އޮގަސްޓަސް އެވެ. އެއީ ޖޫލިއަސް ސީޒަރު ގެ ނަމަށް ނިސްބަތް ކުރެވިފައިވާ ޖުލައި މަހާއި، އޮގަސްޓަސްގެ ނަމަށް ނިސްބަތްވާ އޮގަސްޓު މަހާ، ހަމަހަމަ ކުރުމުގެ ގޮތުންނެވެ. އެހެން ވުމުގެ ސަބަބުން ފެބްރުއަރީ މަހުގެ ދުވަސްތަކުގެ ޢަދަދު 29 އިން 28 އަށް ބަދަލުވީއެވެ. އޮގަސްޓު މަހުގެ ދުވަސްތަކުގެ ޢަދަދު 30 އިން 31 އަށް ބަދަލުވީއެވެ. އަދި ހަމަ އެފަދައިން ލީޕް އަހަރެއްގެ ފެބްރުއަރީ މަހުގައި އޮންނަ ދުވަސްތަކުގެ ޢަދަދު 30 އިން 29 އަށް ބަދަލުވީއެވެ. ނަމަވެސް ބައެއް ޢިލްމު ވެރިން ސަކްރޮބޮސްކޯގެ މިބަހާ އެއްބަހެއް ނުވެއެވެ.


އަހަރުގެ މަސްތަކާއި ދުވަސްތައް
ޖެނުއަރީ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ފެބްރުއަރީ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
މާރޗް 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
އެޕްރީލް 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
މެއި 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ޖޫން 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ޖުލައި 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
އޮގަސްޓު 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ސެޕްޓެމްބަރު 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
އޮކްޓޫބަރު 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ނޮވެމްބަރު 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ޑިސެމްބަރު     1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31