ނޮވެމްބަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ނޮވެމްބަރު މަހަކީ މީލާދީ ކަލަންޑަރުގެ އެގާރަވަނަ މަހެވެ.

  • 2 ނޮވެންބަރު - 1963ދިވެހިރާއްޖެ:- ކިލެގެ ބުރުޒު، އަދި ބޮޑުކިބާ ކުޅިބަލާގެ ނަގަން ފެށުން
  • 3 ނޮވެންބަރު - 1988 - ދިވެހިރާއްޖެ:- ދިވެހީންގެ ބަޔަކާއި ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް ޙަމަލާދިނުން
  • 5 ނޮވެންބަރު - 1965ދިވެހިރާއްޖެ:- ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފުރިހަމަ މެންބަރަކަށް ރާއްޖެވުން
  • 5 ނޮވެންބަރު - 1980 - ދިވެހިރާއްޖެ:- ކަޅުވަކަރު މިސްކިތް ސަރުކާރާއި ހަވާލުކުރުމުން އަލުން ރާވައި ބެހެއްޓުމަށްފަހު ހުޅުވުން
  • 11 ނޮވެންބަރު - 2008 -ދިވެހިރާއްޖެ:- ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ކަމުގެ މަގާމުގެ ހުވާ އަލްފާޟިލް މުޙައްމަދު ނަޝީދު ކުރެއްވުން
  • 17 ނޮވެންބަރު - 2013 -ދިވެހިރާއްޖެ:- ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ކަމުގެ މަގާމުގެ ހުވާ އަލްފާޟިލް ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ކުރެއްވުން
  • 20 ނޮވެންބަރު - 1926 -ދިވެހިރާއްޖެ:- ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗާޕްޚާނާއެއް އުފައްދައި ހިންގަން ފެށުން
  • 20 ނޮވެންބަރު - 1954 - ދިވެހިރާއްޖެ:- ދައުލަތުގެ ބަޖެޓް ރައްޔިތުން މަޖުލިހަށް ހުށަހެޅިގެން ބަޖެޓް ފުރަތަމަ ފަހަރަށް ފާސްކުރުން
  • 20 ނޮވެންބަރު - 1978 - ދިވެހިރާއްޖެ:- ކަމާބެހޭ ޢިލްމީ ފާހެއްނެތް މީހުން ގުރުއާންގެ އާޔަތްތައް ތަރުޖަމާކުރުން މަނާކުރެއްވުން
  • 22 ނޮވެންބަރު - 2008 -ދިވެހިރާއްޖެ:- ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވުން
  • 29 ނޮވެންބަރު - 1892 - ދިވެހިރާއްޖެ:- އުމުރުން ފުޅުން 43 އަހަރުގައި ސުލްޠާން އިބްރާހީމް ނުރައްދީން ބަންޑާރައިން އަވަހާރަވެ، އޭނާގެ ދަރިކަލުން ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ފަސްވަނަ) ނުވަތަ އާގަނޑުވަރު މަނިއްޕުޅު ރަސްކަމަށް އިސްކުރެއްވުން
  • 29 ނޮވެންބަރު - 1962ދިވެހިރާއްޖެ:- ރާއްޖެތެރޭގެ އަތޮޅު އޮފީހަކާއި މާލެއާއި ދެމެދު ފުރަތަމަ ފަހަރަށް ރޭޑިޔޯ ޓެލެފޯންގެ ޒަރީޢާއިން ގުޅާލުން. އެއީ ހދ. އަތޮޅެވެ.