ދިވެހި ބަހުގެ ގަވައިދު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ދިވެހިބަހުގެ ގަވައިދު މިއީ ދިވެހިރާއްޖޭގެ އަހުލުވެރިން މިޒަމާނުގައި (ވިހިވަނަ ގަރުނާއި ބައްދަލު ކޮށް އަދި އޭގެ ފަހުން) އެވެރިންގެ ބަހުންވާހަކަ ދައްކާ މުއާމަލާތުކޮށް ލިޔެއުޅޭ ގަވައިދުގެ މައްޗަށް ބުރަވާ ކަންކަމަށް ބުނެވޭ ގަވައިދެވެ. ދިވެހިބަހުގެ ގަވައިދު ހިމެނޭ ގޮތަށް މިފަހަކަށް އައިސްފޮތެއްގެ ސިފައިގައި ދިވެހި ބަހުގެ އެކަޑަމީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭގޮތަށް ހިމެނިފައި ވެއެވެ. ދިވެހިބަހުގެ ގަވާއިދު 12 ޖުލައި 1977.ހ ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލެޓިން އަކުރުން ލިޔެޗާޕް ކޮށް ނެރެ އަދި މީގެ ތާނަ އަކުރުގެ ފޮތެއްވެސްނެރެފައިވެ އެވެ. މިލިޔުމުގައި މިވަނީ ދިވެހި ބަހުގެ ގަވާއިދު ހިމެނޭހެން އެކި ލިޔުންތަކަށް އަލިއަޅުވާލެވި އެގަވާއިދުތައް އައިސް ފައިވާ ގޮތުގެ މުހިއްމު ބައިތަކެވެ.

ދިވެހިބަހުގެ ގަވައިދު ފޮތް[އުނިއިތުރު ގެންނަވާ]

މިފޮތުގެ އެއްވަނަބާބުގައި ހިމެނެނީ ބަހުގެބައިތަކެވެ. ބެހިގެންވަނީ 8 ބައެއްގެ މައްޗަށެވެ.

ދިވެހިބަސް ޖުމްލަކޮށް ބެހެނީ އެބަސްތަކެއް ކުރާ މަސައްކަތެއްގެ މައްޗަށެވެ. މިބައިތަކަކީ ނަން، ކަން، ނަންއިތުރު، ކަންއިތުރު، މަސްދަރު، ނަންއިތުރުގެ ނަން، އިތުރު އަދި އަކުރު މިބައިތަކެވެ.ލިޔުމުގެ ގަވާއިދާ ކިޔުމުގެ ގަވާއިދު އަދި ބަސްމަގާއި ބަސް ބުނާ ގޮތް މިއީ ދިވެހި ބަހުގެ ގަވާއިދުގެ ތެރޭ ހިމެނޭ ކަންކަން ކަމުގައި މިފޮތްޗާޕަށް ނެރުނުއިރު އޭރު މަރުކަޒުގެ ރައީސްއަކަށް ހުންނެވި މުޙައްމަދު ޖަމީލް ލިޔުއްވާފައިވެއެވެ.

ބަހުގެ ގަވައިދުގެ ތަރަހަ[އުނިއިތުރު ގެންނަވާ]

ދިވެހި ބަހުގެ ގަވައިދަށް މަސައްކަތް ކުރައްވާފައިވާ އަދީބުންގެ ވާހަކަ ބަޔާންކުރާއިރު ތަފާތެއްނެތި ގިނަ އެދުރުން ބުރަވާ ނަންތަކުގެ ތެރޭގައި އަލްވަޒީރު އެދުރު އުމަރު މާފަތް ކިލެގެފާން، ބަނޑޭރި ހަސަން މަނިކުފާނު، އައްޝައިހް މުޙައްމަދު ޖަމާލުއްދީން ނައިބު ތުއްތު، އަލްވަޒީރު އަހްމަދު ހަކުރާ މަނިކުފާނު، މަޢުލީ ހުތްއަލި ދީދީ، ފަޞީލަތުއްޝައިހު ހުސެއިން ސަލާހުއްދީން ޞާހިބުލް ފަޚާމާ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާން ހިމެނެއެވެ. މީގެ އިތުރުން ދިވެހިބަހަށް ޚާއްސަ ކަންކަން ފާހަގަ ކުރައްވައި ބަހާބެހޭގޮތުން ދިރާސާ ކުރެއްވި ބައެއް ބޭރުގެ އަދީބުންވެސް ދިވެހިބަހަށް އަގުހުރި ޙިދްމަތް ތަކެއް ކޮށްދެއްވާފައިވެއެވެ.

ދިވެހި ބަހުގެ ގަވައިދު ފޮތެއް އެންމެ ފުރަތަމަ އެކުލަވައި ލެއްވީ ނައިބު ތުއްތު، ނުވަތަ މިހާރުގެ ގިނަބަޔަކު ދަންނަ ނަމުން ނަމަ އައްޝައިހް މުހައްމަދު ޖަމާލުއްދީން އެވެ. ނައިބުތުއްތު ލިޔުއްވި ތަޤްވީމުއްލިސާން ( ރަގަޅު ބަހުރުވައާއި ހެޔޮދުލެއްގެ މަތިވެރިކަމާއި މެދު ވިސްނަވައި 05 ރަމަޟާން 1308 ހ ގައި ލިޔެ ނިންމެވި ފޮތް) އަދި ތާނަ ލިޔުމުގެ ޤަވާއިދު ( ލިޔެ ނިމުނީ 1308 ހ) މިދެފޮތް އެއީ ދިވެހި ބަހުން އެންމެ ފުަރަތަމަ ބަހުގެ ގަވައިދުތަކެއް ލިޔެވި ވުޖޫދަށް ގެނެވުނު އިރު ކަމަށް ބެލެވެއެވެ. މީގެއިތުރުން އަލްވަޒީރު އެދުރު އުމަރު މާފަތް ކިލެގެފާނު 1150.ހ ވަނަ އަހަރު ލިޔުއްވި ބޮޑުތާހީދޭ ކިޔާ ރައިވަރު ފޮތް (ޗާޕުކުރެވިފައެއް ނެތް) ، ބެނޑޭރި ހަސަން މަނިކުފާނު ލިޔުއްވި އަރުމާދު ރައިވަރާއި، ދިޔޯގެ ރައިވެރު މީވެސް ބަހުގެ ގަވާއިދުގެ އަސްލު ކަމަށް ބެލެވޭ ލިޔުންތަކެވެ.

ތަނާ ލިޔުމުގެ ގަވާއިދު ( ނައިބު ތުއްތު)

ނައިބު ތުއްތު ލިޔުއްވާފައިވާ ތަނާ ލިޔުމުގެ ގަވާއިދު ( ޗާޕް 1350ހ)، މިފޮތުގައި ބަހުގެ ގައިދަ އަދި ނަހްވު ގެ މައްޗަށް އަލި އަޅުވާފައި އޮވެއެވެ. އެއީ ބަސްތައް ކިޔުމާއި ލިޔުމާއި ދޭތެރޭ ގެންގުޅެވޭ ފަރަގަކައި ހެދި ބަހަށް އަންނަ އުނިކަމެއްގެ މިސާލު ކިޔައިދިނުމުގެ ގޮތުންނެވެ. "ދިވެހިރާއްޖޭގެ މީހުން ތާނަ ލިޔަން ފެށުމުގެ ކުރީގައި ލިޔެ އުޅުނީ ދިވެސް އަކުރެވެ. އެއީ ކުޑަތަފާތެއް ހުއްޓަކަސް ސިންގަޅަ އަކުރެވެ." މިގޮތަށް ނައިބުތުއްތު އިޝާރާތް ކުރައްވާފައި އޮތުމުން ދިވެހިންގެ ބަހާއި އިހު ސިންގަޅަ 'އިންޑޯ އާރްޔަން' މީހުންގެ ބަހުރުވަޔައާއި ގުޅުމެއް ވާކަމަށް ބެލެވޭ ބެލެވުމަކީ މުޅިއަކުން ރަނގަޅު ހިއެއް ނޫނެވެ. އެއް ޒަމާނެއްގައި މިދެބަހާއި ގުޅުންހުރި ކުރީގެ ބަހެއް އުޅެދާނެ ކަމަށް ވެއެވެ(ދިވެހި ބަސް) . ޒަމާން ތަކަކަށް ދިވެހީންގެ ބަހުރުވައިގެ ތެރެއިން މިއަދާ ހަމައަށް އައިސްފައިވާ ރައިވަރާއި، ޅެން އަދި ވާހަކަ އިން ދިވެހިންގެ އަމިއްލަ ބަހުގެ ގަވައިދުތަކެއް، އަމިއްލަ ބަސްތަކެއް ވާކަމަށް ކަށަވަރު ކުރެވެއެވެ.

ދިވެހިބަހުން (ތާނަ) އިން ލިޔާއިރު އެންމެބޮޑަށް އިޝާރާތް ކުރެވެނީ ނަމަށެވެ. އެއްޗެއް ނުވަތަ މީހެއް ނުވަތަ ތަނެއްގެ ނަމެވެ. ދެން ނަންއިތުރު، ކަން، ކަންއިތުރު އަދި އަސްލަށެވެ.


ދިވެހިބަހަށް ޚިދްމަތް ކުރެއްވި ފާހަގަކޮށްލެވޭ އަދީބުން.

އެދުރު އުމަރު މާފަތް ކަލޭގެފާނު ! ބަނޑޭރި ހަސަން މަނިކުފާނު ! މުޙައްމަދު ޖަމާލުއްދީން ! އަޙުމަދު ހަކުރާ މަނިކުފާނު ! ހުތް އަލީ ދީދީ ! ހުސެއިން ޞަލާހުއްދީން ! މުޙައްމަދު އިސްމާއިލް ދީދީ !އަހުމަދު ކާމިލް ދީދީ ! މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ! އަބްދުއްﷲ ޖަލާލުއްދީން ! ބޮޑުފެންވަޅުގޭ ސީދީ ! އިބްރާހީމް ރުޝްދީ އަލްއަޒްހަރީ ! އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު !އިބްރާހިމް ޝިހާބް ! މުޙައްމަދު ޖަމީލުދީދީ ! އާމިނަތު ޙުސައިން ! މަލިމް މުޙައްމަދުދީދީ ! އިބްރާހީމް ޙިލްމީ ! ޢަލީ އަޙުމަދު ! އައްޝައިޚް ޢުމަރު ޢީސާ ! ޢަލީ ޙުސައިން ނައިފަރީ ! މޫސާ މުޙައްމަދުދީދީ !ކަރައްޔެ ކަޅުތުއްތުދީދީ ! ބާބާގޭ ދޮންމަނިކު ! އަލް މަރްޙޫމް ޢަބްދުއްﷲ އިސްމާޢީލް ! ޔޫސުފް މުޙައްމަދުފުޅު ! ބާޑީގޭ މުޙައްމަދު އަޙުމަދުދީދީ ! ބޮޑުގަލު އިބްރާހީމް މަނިކު ! މޫސާ ފަތުޙީ !ސައިކުރާ އިބްރާހީމް ނަޢީމް ! އާމިނަތު ފާއިޒާ ! ޢަބުދުﷲ ޞާދިޤް !