Jump to content

ކާބޯތަކެތީގެ އޮށްޓަރު ބެހިފައިވާ ބައިތައް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ކާބޯތަކެތީގައި އެކުލެވޭ އޮށްޓަރުތައް ބަހާލެވެނީ އެތަކެތީން ހަށިގަނޑަށް ފުއްދައިދޭ ބޭނުމެއްގެ މައްޗަށް ބަލައިގެންނެވެ. މިގޮތުން ތިރީގައި މިވާ މައިގަނޑު ބައިތަކަށް އޮށްޓަރުތައް ބަހާލެވެއެވެ.

މަތީގައި ބަޔާންކޮށްފައިވާ 3 ބައިގެ ތެރެއިން ފުރަތަމަ 3 ބަޔަށް ޖުމްލަކޮށް ކިޔާނަމަކީ މާމިން އޮށްޓަރު(އިނގިރޭސި ބަހުން: Macronutrients) އެވެ. މާމިން އޮށްޓަރު އަކީ ވަޒަނުގެ ނިސްބަތުން ކާނާގެ ބޮޑު ބައެވެ. މިބައިގައި ހިމެނޭ 3 ބާވަތުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުވައި ދެއެވެ. އަދި ހަށިގަނޑުގެ ސެލޯށި(އިނގިރޭސި ބަހުން: Tissue) ތައް އުފެއްދުމަށް ބޭނުންވާ އެމިނޯ އެސިޑް ތަކާއި، ފެޓީ އެސިޑް ތައް ވެސް ހޯދައި ދެއެވެ.

އޮށްޓަރުގެ ތެރޭގައި ހިމެނޭ ވިޓަމިން އާއި މިނަރަލް އަށް ޖުމުލަކޮށް ކިޔާ ނަމަކީ ހިމިން އޮށްޓަރު(އިނގިރޭސި ބަހުން: Micronutrients) އެވެ. އެއީ މިމާއްދާތައް ވަޒަނުގެ ނިސްބަތުން ބޭނުންވާ މިންވަރު މަދުކަމުންނެވެ. ނަމަވެސް މިއީ އޭގެ މުހިއްމުކަން ވަރަށް ބޮޑު މާއްދާތަކެކެވެ.މިމާއްދާތަކުން ހަށިގަނޑަށް ހަކަތަ ބޭނުންކުރެވޭގޮތް ހެދުމާއި، ސެލޯށިތަކުގެ މަސައްކަތް ބަރާބަރަށް ދެމެހެއްޓުމުގައި އެހީތެރިވުން ހިމެނެއެވެ.

ފެނަކީ ހަށިގަނޑަށް ބޭނުންވާ މައިގަނޑު އެއްބައެވެ. ބޮޑުމީހެއްގެ ބަރުދަނުގެ 55 އިންސައްތަ އާއި 65 އިންސައްތައާއި ދެމެދުގެ ބަރުދަނަކީ ހަށިގަނޑުގައިވާ ފެނުގެ ބަރުދަނެވެ. ހަށިގަނޑުގައި ފެންއަދާކުރާ ވަޒީފާގެ ތެރޭގައި ހަށިގަނޑުގެ ތެރޭގައި ކެމިކަލްތައް އެއްތަނުން އަނެއްތަނަށް ގެންގޮސްދީ، އެއްކެމިކަލް އަނެއް ކެމިކަލް އާއި ގުޅުވައިދީ، އެއްކިބާކޮށްދީ ހަދައިދިނުން ހިމެނެއެވެ.





  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003