Jump to content

މެގްނީޒިއަމް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

މެގްނީޒިއަމް ނުވަތަ (އިނގިރޭސި ބަހުން: Magnesium) އަކީ ކެމިކަލް ޢުންޞުރެކެވެ. މެގްނީޒިއަމްގެ ރަމްޒަކީ Mgއެވެ. މެގްނީޒިއަމް އަކީ ހަށިގަނޑުގައިވާ ސެލޯށިތަކުގައި އެކުލެވޭ މަޢުދަން ތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ސެލޯށިތަކުގައި އެކުލެވިގެންވާ މަޢުދަނެކެވެ. އާދައިގެ ބޮޑު މީހެއްގެ ހަށިގަނޑުގައި 20 އާއި 28 ގްރާމް އާއި ދެމެދުގެ މިންވަރަކަށް މިމާއްދާ ހުރެއެވެ. އަދި މިމިންވަރުގެ ތެރެއިން 60 އިންސައްތަ ހުންނަނީ ކަށިތަކުގައެވެ. އަދި ބާކީ 40 އިންސައްތަ ހިމެނެނީ މަސްތަކުގަޔާއި، މަޑު ސެލޯށި ތަކުގައި އަދި ހަށިގަނޑުގެ ދިޔަތަކުގައެވެ. މެގްނީޒިއަމް ގިނަ އަދަދަކަށް ހަށިގަނޑުގެ ސެލި ތަކުގައި އެކުލެވިގެން ވެއެވެ. ޚާއްޞަކޮށް ސިކުނޑީގެ ސެލިތަކާއި އަދި ހިތުގެ ސެލި ތަކުގައި މެގްނީޒިއަމް ގިނައެވެ. ހަށިގަނޑުގައިވާ އެންޒައިމް ތަކުގެތެރެއިން 300 އެންޒައިމް ގެ މަސައްކަތް ހަށިގަނޑުގައި ހިންގުމަށް މެގްނީޒިއަމް ބޭނުންވެއެވެ. ޚާއްޞަކޮށް ހަކަތަ އުފައްދައި ދިނުމުގައި ހަރަކާތްތެރިވާ އެންޒައިމް ތަކަށް މެގްނީޒިއަމް އަކީ ވަރަށް ބޭނުންތެރި މާއްދާ އެކެވެ. އަދި މީގެ އިތުރުން ޕްރޮޓީން ބޭނުންކުރެވޭގޮތް ހެދުމަށާއި، އިންސިއުލިން މަސައްކަތަށް އަދި ޑީއެންއޭ އުފެއްދުމަށާއި، ގުލްކޯޒު ހަޖަމުކުރުމަށް ވެސް މެގްނީޒިއަމް ބޭނުންވެއެވެ. މީގެ އިތުރުން ހަށިގަނޑަށް އެކިގޮތްގޮތުން އެތެރެވާ ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކުރުމަށް މެގްނީޒިއަމް އެހީތެރިވެދެއެވެ. މެގްނީޒިއަމް ހަށިގަނޑުން މަދުވެއްޖެނަމަ، ހިތުގެ ބަލިތައް ޖެހުން، ލޭމައްޗަށްދިއުން، ބޮލުގެ އެއްފަޅީގައި ރިހުން، ނޭވާހިއްލުން، ގުރުދާގައި ހިލައުފެދުން ފަދަ ބަލިތައް ޖެހުން ދިމާވާގޮތް ވެއެވެ. އަދި މިއާއި ޚިލާފަށް މެގްނީޒިއަމް ހަށިގަނޑުގައި ގިނަވެއްޖެނަމަ ގައިގެ ހަންގަނޑު ކުރަކިވުން، ކަރުހިއްކުން، ލޭދަށްވުން، ވަރުބަލިވުން، ނޭފަތުން ފެންފޭބުން، ހޮނޑުލެވުން، އަދި އަންހެނުންނަށް މައްސަރުގެ ކުރިން ދިމާވާ އުދަގޫތައް ބޮޑުވުން ފަދަ ކަންތައްތައް ހިމެނެއެވެ. މެގްނީޒިއަމް އެކުލެވޭ ކާނާގެ ތެރޭގައި، ނުކަނޑާ ހުންނަ ގޮވާން، ބަދަން، ދޮންކެޔޮ، އަދި އެޕްރިކޮޓް އާއި ފެހިކުލަގަދަ ފަތް ހިމެނެއެވެ. މެގްނީޒިއަމްގެ ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) ކަމަށް ބަލަނީ ފިރިހެނުންނަށް 350 މިލިގްރާމް އަންހެނުންނަށް 280 މިލިގްރާމް އެވެ. ކާބޯތަކެތީގައި ހުންނަ މެގްނީޒިއަމްގެ ތެރެއިން ހަށިގަނޑަށް ބޭނުންކުރެވެނީ ½ އެވެ. މެގްނީޒިއަމް އެކުލެވޭ ބޭސްތައް ހިތުގެ ބަލިތަކަށާއި، ގުރުދާގައި ހިލަ އުފެދޭ މީހުންނަށާއި، އަދި އަބަދު ވަރުބަލިކަން އިހްސާސްވާ މީހުންނަށް، ދީއުޅެއެވެ. އެކަމަކު ގުރުދާގެ ބަލިތައް ޖެހިފައިވާ މީހުންނާއި، ހިތުގެ ބަލިތައް ޖެހިފައިވާ މީހުންނަށް މިބޭސް ދިނުމުގައި ރައްކާތެރިވާން ޖެހެއެވެ.

އެޓަމިކް ނަންބަރަކީ 12 އެވެ.


މަޞްދަރުތައް

[އުނިއިތުރު ގެންނަވާ]
  • ފެހިކަން ގަދަ ތަރުކާރީ


ހަށިގަނޑުގައި އެކުލެވޭ މެގްނީޒިއަމް

[އުނިއިތުރު ގެންނަވާ]

ހަށިގަނޑުގައި އެކުލެވޭ މެގްނީޒިއަމްގެ 70 އިންސައްތަ ހުންނަނީ ކަށިތަކުގައެވެ. އަނެއް 30 އިންސައްތަ ހުންނަނީ ހަށިގަނޑުގައި އުފެދޭ ދިޔަތަކާއި، އެހެނިހެން ޓިޝޫތަކުގައެވެ. ލޭގައި 3-2 ގްރާމްގެ މެގްނީޒިއަމް ކޮންމެ ޑެސިލިޓަރަކަށް ހުރެއެވެ.


މެގްނީޒިއަމްގެ ވަޒީފާ

[އުނިއިތުރު ގެންނަވާ]
  • ކަށިތަކާއި ދަތްތަކުގެ އޮނިގަނޑުގެ ތެރޭގައި ފޮސްފަރަސް ހުރެއެވެ.
  • ވަރަށް ގިނަ އެންޒައިމްތައް ހީވާގިކޮށް މުރާލި ކުރުވައެވެ.
  • ސެލްގެ ބޭރު ފަށަލަ ހުރަސްކޮށް ސެލްގެ ތެރެއަށް ސޯޑިއަމް، ޕަޓޭސިއަމް އަދި ކެލްސިއަމް ފަދަ މާއްދާތައް ގެންދިއުމަށް މި އިލެމަންޓްގެ އެހީތެރިކަން ބޭނުންވެއެވެ.
  • މަސްތައް ހަރަކާތް ކުރުމާއި، ސިކުނޑިއަށް ތަފާތު ސިގްނަލްތައް ފޮނުވުމަށް މެގްނީޒިއަމް އެހީތެރި ވެއެވެ.


މެގްނީޒިއަމް ހަށިގަނޑުން ބޭރުކުރުން

[އުނިއިތުރު ގެންނަވާ]

މެގްނީޒިއަމްގެ 75 އިންސައްތަ ހަށިގަނޑުން ބޭރުކުރަނީ ބޮޑުކަމުދާ ތަކެތީގެ ޒަރީޢާއިންނެވެ.


މެގްނީޒިއަމް ހަށިގަނޑަށް ބޭނުންވާ މިންވަރު

[އުނިއިތުރު ގެންނަވާ]

އުމުރުން 18 އަހަރުވެފައިވާ ފިރިހެނަކަށް ދުވާލަކު 400 މިލިގްރާމްގެ މެގްނީޒިއަމް ބޭނުންވެއެވެ.

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003