ވިޓަމިން ބީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވިޓަމިން ބީ(އިނގިރޭސި ބަހުން: Vitamin B) ގައި އެކުލެވިގެންވަނީ މައިގަނޑު 8 ބަޔެކެވެ. މިބައިތައް އިންސާނާގެ ހަށިގަނޑު ބިނާކޮށް އައުބައުތުރަ ފިލުވައި ދިނުމުގައި އެހީތެރިވެދެއެވެ. މި8 ވިޓަމިނަކީ ފެނަށްގިރޭ ބާވަތުގެ ވިޓަމިންތަކެކެވެ. މިއީ ކޮށާރުކުރެވޭ އެއްޗެއް ނޫނެވެ. ވިޓަމިން ބީ އަކީ ކާބޯސް އާއި ފެޓް، އަދި ޕްރޮޓީން ހަކަތަ އަށް ބަދަލުކޮށް ހަށިގަނޑުގެ ސެލޯށި، ތައް އުފެއްދުމަށް ވެސް އެހީވެދޭ އެއްޗެކެވެ. އިސްތަށި، ހަންގަނޑު، ލޭހިނގާ ނިޒާމް، ލޭގައި ހުންނަ ދިރު ތަކާއި، ހަށިގަނޑުގެ ދިފާޢީ ނިޒާމް، ހޯރމޯންތައް އުފައްދާ ގްލޭންޑްތައް އަދި ހަޖަމުކުރުމުގެ ނިޒާމް ދުޅަހެޔޮކަންމަތީ ދަމަހައްޓައި ދިނުމުގައި ވިޓަމިން ބީގެ ރޯލް ވަރަށް ބޮޑެވެ. އެހެން ނަމަވެސް މިކަންކަމަށް ބޭނުންވާ ވިޓަމިން ބީގެ ވައްތަރުތައް ކުޑަކޮށް ތަފާތެވެ. އެކަމަކު މިބައިތައް ވަކިވަކިން ކެއުމަށްވުރެ، ހަށިގަނޑަށް ފައިދާ ބޮޑީ އެކުއެކީގައި ކެއުމުންނެވެ. އެހެން ކަމުން މިވިޓަމިންތަކަށް އާންމުކޮށް ކިޔާއުޅެނީ ބީކޮމްޕްލެކްސް ވިޓަމިން އެވެ.

ވިޓަމިން ބީ ގެ ވައްތަރުތައް[އުނިއިތުރު ގެންނަވާ]

ވިޓަމިންބީ6 ލޭގެ ރަތް ސެލްތައް އުފެދުމަށް އެހީތެރިވެދެެއެވެ. ހަމމިހެން ސިކުޑިއާއި، ނާރުތައް އުފެދި ފުރިހަމަވުމަށާއި، ހަށިގަނޑުގައި ހިގާ މެޓަބޮލިޒަމްގެ މަސައްކަތަށް އެހީތެރިވެދެއެވެ. ދޮންކެޔޮ، އަދި ސެރެލްއަކީ ވިޓަމިންބީ6 ހިމެނޭ ބާވަތްތަކެވެ. ވިޓަމިންބީ6ގެ 0.96މިލިގްރާމް ދުވާލަކު މާބަނޑުއަންހެނާގެ ހަށިގަނޑަށް ބޭނުންވެއެވެ. ލޭގެ ރަތް ސެލްތައް އުފެއްދުމަށާއި، ނާރުތަކުގެ ނިޒާމް ފުރިހަމަކަން މަތީ ބެހެއްޓުމަށް ވިޓަމިންބީ12އަކީ ބޭނުންތެރި މާއްދާއެކެވެ. ވިޓަމިންބީ12 ހިމެނޭ ބާވަތްތަކުގެ ތެރޭގައި އެއްގަމުމަހާއި، ކަނޑުމަސް، އަދި ކިރު ހިމެނެއެވެ. ވިޓަމިންބީ ހިމެނޭ ކާނާގެ އެހެނިހެން ބާވަތްތަކުގެ ތެރޭގައި ޗީޒްއާއި،ގޮދަނާއި، ފެހިފަތާއި، ތަރުކާރީ ހިމެނެއެވެ. މާބަނޑު އަންހެނަކަށް ދުވާލަކު 0.9މިލިގްރާމްގެ ސިއެމިން ބޭނުންވެއެވެ. ސިކުޑި ފުރިހަމަވެ ބޮޑުވުމަށް މިއީ ވަރަށް މުހިއްމު ވިޓަމިނެެކެވެ. ހިތާއި، ނާރުތަކުގެ ނިޒާމްގެ ބައިތައް އުފެދުމަށް ވެސް މިވިޓަމިން އެހީތެރިވެދެއެވެ.

މާބަނޑު އަންހެނަކަށް ދުވާލަކު 1.14މިލިގްރާމްގެ ރައިބޯ ފްލެވިން ބޭނުންވެއެވެ.މިއީ ކުޑަދަރިފުޅުގެ ހަށިގަނޑުގައި މަސްތަކާއި، ކަށިތަކާއި ނާރުތަކުގެ އުފެދި ފުރިހަމަވުމަށް މުހިއްމު މާއްދާއެކެވެ. މައިމީހާގެ ލޮލުގެ ފެނުން ރަގަޅު ކޮށްދީ ހަންގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ވެސް އެހީތެރިވެދެއެވެ. ވިޓަމިން ބީ މަދުވުމުން ހޮޑުލެވުން، ދުވަސްނުފުރާ ވިހެއުން، ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން ފަދަ ކަންތައް ކުރިމަތިވުމަކީ ވެދާނެކަމެކެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003