ބޯރޯން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބޯރޯން(އިނގިރޭސި ބަހުން: Boron) އަކީ ގަސްގަހާއި ގެއްސަށް ބޭނުންވާ އަސާސީ މާއްދާ އެކެވެ. ނަމަވެސް އިންސާނުންނަށް ވެސް މިމާއްދާގެ ބޭނުން ބޮޑުކަން މިހާރުވަނީ އެނގި ސާބިތުވެފައެވެ. ބޯރޯން އަކީ ހަށިގަނޑުގެ ކަށިތަކާއި ހުޅުތަކުގެ ހަރަކާތްތަކަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ޚާއްޞަކޮށް ދަތުގެ ބޭރު ފަށަލަ އަށް ވަރަށް މުހިއްމު އެއްޗެކެވެ. ބޯރޯން ހަށިގަނޑުގައި މަސައްކަތްކުރަނީ ހަށިގަނޑުގައިވާ ސެލޯށި ތަކާއި އެކުއެކީގައެވެ. މިމާއްދާ ހަށިގަނޑުގައި ބޭނުންވަރަށްވުރެ އިތުރުނަމަ ކުޑަކަމުދާ ތަކެއްޗާއި އެކު ބޭރުވާނެއެވެ. އަދި ބޭނުންވާ ވަރަށް ވުރެ މަދުވެއްޖެނަމަ ހުޅުތައް ދުޅަވުން އަދި ކަށި ފީވުން އޭ ކިޔާ ބަލީގެ އުދަގޫތައް ދިމާވާގޮތް ވެއެވެ. ބޯރޯން ގިނަ އަދަދަކަށް ހުންނަ ކާނާގެ ބާވަތްތަކުގެ ތެރޭގައި، މޭވާ، ތަރުކާރީ، ސޯޔާބީން، އަދި އެކިވައްތަރުގެ މަދު ހިމެނެއެވެ. މިތަކެތީގައި މިމާއްދާ ހުންނަވަރު ބިނާވެގެންވަނީ ހައްދާ ބިމުގެ ގޮތުންނެވެ. ބޯރޯންގެ ކެލަމިން (އިނގިރޭސި ބަހުން: Recommanded Dietary intake)(ކެއުމަށް ލަފާދޭ މިންވަރު) އެއް ނޯވެއެވެ. މީހަކަށް ދުވަހަކަށް 2-7 މިލިގްރާމް އާއި ދެމެދުގެ ބޯރޯން ބޭނުންވާނޭ ކަމަށް ބެލެވެއެވެ. ބޯރޯން އަކީ ކަށީގެ ބަލިތަކަށް ފަރުވާ ކުރުމުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ. މިމާއްދާއިން ވިހަވެދާނެ ކަަމަށް ބެލެވެނީ ދުވަހަކަށް 100 މިލިގްރާމް އަށްވުރެ އިތުރަށް ކެއުމުންނެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003