ނިކަލް
ނިކަލް (އިނގިރޭސި ބަހުން: Nickel)އަކީ ހަށިގަނޑަށް ބޭނުންވާ ޓްރޭސް އެލިމެންޓް ތަކުގެ ތެރޭގައި ހިމެނޭ މާއްދާ އެކެވެ. ނަމަވެސް ހަށިގަނޑުގައި ނިކަލް އަދާކުރާ ދައުރު ކަނޑައެޅިގެން އަދި ހޯދިފައެއް ނެތެވެ. މިއީ ދިރުތަކުގައި ވާރުތީ ސާމާރު އަށެގެންނެވުމަށް ބޭނުންވާ މާއްދާއެއްކަމަށް ބެލެވެއެވެ. އާދައިގެ ބޮޑު މީހެއްގެ ހަށިގަނޑުގައި ނިކަލް އެކުލެވިގެންވަނީ ގާތްގަނޑަކަށް 10 މިލިގްރާމް ގެ މިންވަރަށެވެ. އަދި ހަށިގަނޑުގައިވާ ގިނަ ސެލޯށި ތަކުގައި ނިކަލް އެކުލެވިގެންވެއެވެ. ހަށިގަނޑުގައި ހުންނަ ޕްރޮޓީން އާއެކު ނިކަލް މަސައްކަތްކުރެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ ގުލްކޯޒު ބޭނުން ހިފޭގޮތް ހެދުމަށް މަސައްކަތްކުރާ އެންޒައިމް ތަކާއެކު ހަރަކާތްތެރިވެއެވެ. ނިކަލް ހަށިގަނޑުން މަދުވުމަކުން އެއްވެސް އަލާމާތެއް އަދި ނުރައްކަލެއް ވެސް ދިމައެއް ނުވެއެވެ. ނަމަވެސް ގުރުދާ އަދި ފުރަމޭގެ ބަލިތައް ޖެހިފައިވާ މީހުންގެ ލޭގައި ނިކަލް ހުންނަވަރު މަދުވެފައި ހުންނަކަން ފާހަގަ ކުރެވިފައި ވެއެވެ. މިއާއި ޚިލާފަށް ނިކަލް ހުންނަންޖެހޭވަރަށްވުރެ ގިނަވެއްޖެނަމަ، ތައިރޮއިޑް އާއި ކެންސަރު އަދި ހިތުގެ ބަލިތައް ޖެހޭގޮތް ދިމާވެއެވެ.
ތަރުކާރީގައި ނިކަލް ހުންނަވަރު ގިނަކަން ފާހަގަކުރެވެއެވެ. ނިކަލް ގިނައިން ހުންނަ ތަކެތީގެ ތެރޭގައި ބުސްތާން (ކެއުމަށް ބޭނުންނުކުރާ ބޯތޮށިގަނޑެއް އޮންނަ ކާއޮށެއް. މިސާލަކަށް ރަންބުސްތާން، މަބުސްތާން) ކިރުކޮޕީފަތް (ލެޓިއުސް، އަދި އެކިވައްތަރުގެ މަދު ހިމެނެއެވެ. އަދި ކޮކޯ ޕައުޑަރު އާއި ބޭކިން ޕައުޑަރު ނުވަތަ ފޯޑަރުގައި ވެސް ނިކަލް ގިނައަދަދަކަށް ހުރެއެވެ. ނިކަލްގެ ކަނޑައެޅިފައިވާ ވަކި ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގެ ކެއުމުގައި ލަފާދޭ މިންވަރު ) އެއް ނޯވެއެވެ. ދުވަހެއްގެ ކެއުމުގައި ނިކަލް ހިމަނަންޖެހޭ މިންވަރާއި މެދު ތަފާތު އަދަދުތައް ހުރެއެވެ. މިއަދަދުތައް ހިމެނެނީ 200 އާއި 700 މައިކްރޯގްރާމް އާއި ދެމެދުގައެވެ.
ރިފަރެންސް
[އުނިއިތުރު ގެންނަވާ]- ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003