ވިޓަމިން ކޭ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވިޓަމިން ކޭ(އިނގިރޭސި ބަހުން: Vitamin K) ބެހިގެންވަނީ ސަރުބީއަށްގިރޭ 3 ވިޓަމިނެއްގެ މައްޗަށެވެ. އެއީ:-

  • ވިޓަމިން ކޭ1 (ފައިލޮކްއިނަން) : މިއީ ކާބޯތަކެތިން ލިބޭ ބާވަތެކެވެ.
  • ވިޓަމިން ކޭ2 (މެނަކުއިނަން) : މިއީ ގޮހޮރުގައި އުޅޭ ބެކްޓީރިޔާ އަކުން އުފައްދާ ބާވަތެކެވެ.
  • ވިޓަމިން ކޭ3 (މެނަފްތޯން ނުވަތަ މެނަޑިއޯން) : މިއީ އިންސާނުން އީޖާދުކޮށްފައިވާ ކެމިކަލް އެކެވެ.

ވިޓަމިން ކޭ ގެ ބޭނުންތަކުގެ ތެރޭގައި

  • ލޭހިލުން ހުއްޓުވުން
  • ކަށި އުފެދުމުގައި އެހީތެރިވުން
  • ގުރުދާ އޭގެ ވަޒީފާ އަދާކުރުމުގައި އެހީތެރިވުން

ވިޓަމިން ކޭ އަކީ ދުވަސްވެ މުސްކުޅިވެފައިވާ ހަށިގަނޑުގެ ކަށްޓަށް ވަރަށް މުހިއްމު އެއްޗެކެވެ. ވިޓަމިން ކޭ އަކީ ކެއުމުގައި އާންމުކޮށް ހިމަނަން ޖެހޭ މުހިއްމު ބައެކެވެ. ވިޓަމިން ކޭ ހިމެނޭ ކާބޯތަކެތީގެ ތެރޭގައި ކެބެޖް، ބޯވެލި، ފެހިކުލަ ގަދަ ފަތް، ފެހިކުލަ ގަދަ ތަރުކާރީ، ސޯޔާބީން، އަދި ސީރިއަލް ހިމެނެއެވެ. ވިޓަމިން ކޭގެ ކެލަމިން (އިނގިރޭސި ބަހުން: Recommanded Dietary intake)(ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު) ކަމަށް ބަލަނީ މީހާގެ ބަރުދަނުގެ ކިލޯއަކަށް 1 މައިކްރޯގްރާމް ވިޓަމިން ކޭ އެވެ. އަދި ބޭނުންވާ ވިޓަމިން ކޭ ގެ ½ ބައި ގޮހޮރުގައި އުފެދި އޭގެ ބޭނުން ހަށިގަނޑަށް ކުރާކަމަށް ބެލެވެއެވެ.

ވިޓަމިން ކޭ ހަށިގަނޑުން މަދުވުމަކީ ވަރަށް މަދުން ނޫނީ ބޮޑެތި މީހުންނަށް ދިމާވާ ކަމެއް ނޫނެވެ. ވިޓަމިން ކޭ މަދުވެއްޖެކަން އިނގޭ އަލާމާތްތަކުގެ ތެރޭގައި (ތަނަކުން އަންނަ) ލޭގަނޑުވުމަށް ނަގާ ވަގުތު ދިގުވުން، ފަސޭހައިން ލޭހިލުން، ލޭއަރާގޮތްވުން އަވަސްވުން ހިމެނެއެވެ. ދުވަސް ނުފުރާ ވިހާ ކުދިންގެ ގައިގައި ވިޓަމިން ކޭ މަދުވުމަކީ ދިމާވެދާނެ މައްސަލަ އެކެވެ. ވިޓަމިން ކޭ ގިނައިން ބޭނުންކުރުމުން ހަށިގަނޑަށް ގެއްލުންވާ ފަހަރު ވަރަށް މަދުން ނަމަވެސް އާދެއެވެ. މިގޮތުން ދިމާވާ ކަންތައްތަކުގެ ތެރޭގައި، މޭފާރުވުން، ވަރުދެރަވެބޯއެނބުރުން، ހިމެނެއެވެ. އަދި ދުވާލަކު 600 އައިޔޫ އަށްވުރެ ގިނައިން ބޭނުންކޮށްފިނަމަ ލޭލެވުން ފަދަ ކަންތައް ވެސް މެދުވެރިވާ ފަހަރު އާދެއެވެ. އެންޓިބަޔޯޓިކެއް ދިގުމުއްދަތަކަށް ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ނުރައްކާތެރި ބެކްޓީރިޔާ ނައްތާލުމުގެ އިތުރުން ހަށިގަނޑުގައި އުފެދޭ ފައިދާހުރި ބެކްޓީރިޔާތައް ވެސް ނައްތާލައެވެ. އޭގެ ތެރޭގައި ވިޓަމިން ކޭ އުފައްދާ ބެކްޓީރިޔާ ހިމެނެއެވެ. ވިޓަމިން ކޭ އެކުލެވޭ ބޭހެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އެކިވައްތަރުގެ މަލްޓިވިޓަމިން އެވެ. މިވިޓަމިން ބޭހެއްގެ ގޮތުގައި ދީއުޅެނީ ލޭއައުން ހުއްޓުވުމަށާއި، އަދި ކަށިފީވާބަލިން ރައްކާތެރިވުމަށެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003