ޝީލާ ނަޖީބު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޝީލާ ނަޖީބު

ޝީލާ ނަޖީބު އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ދިވެހި ތަފާތު އެތައް ފިލްމްތަކެއްގައި ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ތަފާތު ވީޑިއޯ ލަވަތަކާއި، ޓީވީ ޑްރާމާ ސިލްސިލާ ތަކުން ވެސް ޝީލާގެ ހުނަރު ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވެއެވެ.

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

ޝީލާ ނަޖީބު ވަނީ މިހާތަނަށް 3 ކައިވެންޏެއް ކޮށްފައެވެ. ފުރަތަމަ ކައިވެނިން އަންހެން ދަރިޔަކު ލިބިފައި ވެއެވެ. އެއަށްފަހު ޝީލާ ކައިވެނި ކުރީ ދިވެހި ޓީވީގެ ޕްރޮގްރާމް ޕްރޮޑިއުސަރު އުއްމީދު ޒާހިރު އާއެވެ. އެއަށްފަހު މިހާރު ކައިވެނިކޮށްގެން އުޅެނީ ފިލްމީ ބަތަލް މުޙައްމަދު މަނިކް އާއެވެ. ދާދި ފަހުން ޝީލާ އަދި މަނިކު އަށް ވަނީ ދަރިޔަކު ލިބިފައެވެ.

ފިލްމީ ދާއިރާއަށް ނިކުތުން[އުނިއިތުރު ގެންނަވާ]

ޝީލާ ނަޖީބު ފިލްމީ ދާއިރާ އަށް ނިކުތީ ރަހުމަތްތެރިއެއް ކަމަށްވާ އެކްޓަރ ޖުނައިދުގެ ބުނުމަކަށެވެ. އެގޮތުން ފުރަތަމަ ކުޅެދިނީ ވީޑިއޯ ލަވަޔެެކެވެ. އެއީ ޖުނައިދު އާއެކު ކުޅެފައިވާ ނުދާށޭ މަގޭ ލޯބިވާ އޭ ނުރުހި ތިހެން މިލަވައެވެ.

ކުޅެފައިވާ ފިލްމްތައް[އުނިއިތުރު ގެންނަވާ]

ޝީލާ ނަޖީބު ވަނީ ފިލްމީ ދާއިރާގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ތަފާތު އެތައް ފިލްމް ތަކެއްގައި ހަރަކާތްތެރި ވެފައި ވެއެވެ. އެގޮތުން ފާހަގަ ކުރެވޭ ބައެއް ފިލްމް ތަކުގެ ތެރޭގައި، 2002 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފީރޯޒް އައިޝަތުގެ ހިތް އެދެނީ، 2003 ވަނަ އަހަރުގެ ނިކުތް ޑައިރެކްޓަރ ޢަބުދުލް ފައްތާޙު ގެ އާ އަހަރެން ވެސް ލޯބިވީމޭ، 2005 ވަނަ އަހަރު ނިކުތް ފައްތާޙުގެ އޭނާ، 2006 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފާތިމަތު ނަހުލާގެ ޒުލޭޚާ ފަދަ ފިލްމް ތައް ހިމެނެއެވެ. މީގެ އިތުރުން ހިތުގެ އެދުން އަދި ނަމޫނާ،'ކަށްވަޅަށް ދާންދެން، ދޮން ކަމަނަ މިދެ ފިލްމް ގައި ވެސް ޝީލާ ހަރަކާތްތެރި ވެފައި ވެއެވެ.

ޝީލާވަނީ ވަރަށް ގިނަ ޓީވީ ޑްރާމާ އަދި ސިލްސިލާ ތަކުގައި ވެސް ހަރަކާތްތެރި ވެފައެވެ. ފާހަގަ ކުރެވޭ ސިލްސިލާ ތަކުގެ ތެރޭގައި ތިއޭ މިހިތުގެ ވިންދަކީ، ވަގުތު ފާއިތު ނުވަނީސް، ކަލާގެ ހައްގުގައި، ފަދަ ސިލްސިލާތައް ހިމެނެއެވެ.

  • ޒަލްޒަލާ - އެނބުރިއައުން - 2010
  • ހިތްކީއްކުރާނީ - 2010
  • އުއްމީދު - 2008
  • އެދަރިފުޅު
  • ޔޫސުފް
  • ޒުލޭޚާ

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

ފާހަގަ ކުރެވޭ އެވޯޑެއް ޝީލާ އަށް އަދި ލިބިފައެއް ނުވެއެވެ.

އިތުރު ފޮޓޯތައް[އުނިއިތުރު ގެންނަވާ]

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]